26 ޖޫޏް 2019 ( ބުދަ )

ފުވައްމުލައް ސިޓީ ކައުނސިލްގެ ޓައުންހޯލު ބައްދަލުވުން

ފުވައްމުލައް ސިޓީގެ ފަތުރުވެރިކަމާއި ގުޅޭ ހުޅުވާލެވިފައިވާ ބައްދަލުވުމެއް މިރޭ

ފުވައްމުލައް ސިޓީގެ ފަތުރުވެރިކަމާއި ގުޅޭގޮތުން އާއްމުކޮށް ހުޅުވާލެވިފައިވާ ބައްދަލުވުމަކަށް ސިޓީ ކައުންސިލުން ގޮވާލައިފިއެވެ. އެ ކައުންސިލުން އާއްމުކޮށްފައިވާ ދައުވަތުގައި ވާ ގޮތުން މިރޭ 9:30ގައި އެބައްދަލުވުން ބާއްވަނީ ކުރުނދުމާ މާލަމުގައެވެ.

މިކަލް ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ޓްވަރިޒަމް މިނިސްޓަރު ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކުރިޔަށް ގެންދެވޭ އާއްމު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ޓްވަރިޒަމް މިނިސްޓަރު އަލީ ވަހީދު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މި ރޭ މަޝްވަރާކުރުމަށް ހަމަޖެހިފައި ވަނީ ފުވައްމުލަކުގަައި ފަތުރުވެރިކަން ތަރައްގީކޮށް ކުރިއެރުވުމާއި ގުޅޭ ގޮތުންނެވެ.

މި ބައްދަލުވުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްސަ ކުރެވިފައިވީ ކަމުގައި ވިޔަސް އާއްމުންނަށް ވެސް ވަނީ ހުޅުވާލެވިފައި ވެއެވެ.



ކިޔުންތެރިންގެ ޚިޔާލު