“ދަ މެސެޖް” ގެ ނަމުގައި އިސްލާމިކް މިނިސްޓްރީން ކުރިޔަށް ގެންދަވާ ދަރުސެއް މިރޭ ޏ. އޭއީސީ ހޯލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިރޭގެ ދަރުސްގައި ދަރުސް ދެއްވާނީ ރާއްޖެއިން ބޭރުން ވަޑައިގެން އުޅުއްވާ ޕްރޮފެސަރ ތާރިޤު ރަމަޟާން އެވެ.
މިރޭ، (9 ނޮވެމްބަރު 2015) 8:30 ގައި ބޭއްވޭ މިދަރުސަށް ވަނުން އާއްމުކޮށް ވަނީ ހުޅުވާލާފައެވެ. މިދަރުސްގައި ބައިވެރިވުމަަށް އަވަށު ކައުންސިލްތަކުން ރައްޔިތުންނަށް އާއްމު ދައުވަތެއް އަރުވާފައިވެއެވެ.
މިއީ ދީނީ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށް އިސްލާމިކު މިނިސްޓްރީން ސިލްސިލާކޮށް ކުރިޔަށް ގެންދަވާ ދަރުސެއްގެ ބައެއްކެވެ.
+1
+1
ޚިޔާލުތައް