A wide advertisement which will be shown on all devices. (700 x 100)

ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒާއި ބެހޭ މައުލޫމާތު ކައުންސިލްތަކާއި ހިއްސާކޮށްފި!

މައުރަޒާއި ބެހޭ މައުލޫމާތު އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ފުވައްމުލަކު ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލާއި މިއަދު ހިއްސާކުރައްވަނީ- ފޮޓޯ އިކޮނިމިކް މިނިސްޓްރީ

ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު 2015 އާއި ބެހޭ މައުލޫމާތު އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ފުވައްމުލަކު ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލާއި މިއަދު ހިއްސާކޮށްފިއެވެ.

މިއަދު ފުވައްމުލަކު ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލާއި ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީއިން ވިދާޅުވީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު2015 ބޭއްވުމަށް ހަމަ ޖެހިފައިވަނީ  މިއަހަރުގެ ޑިސެމްބަރ މަހުގެ 22 އިން 28 އަށް، ދަރުބާރުގޭގައިކަމަށެވެ. މި މައުރަޒުގައި 6 ދާއިރާއިން 65 ގިންތިއަކުން ތަކެތި ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލާކަމަށެވެ.

މިގޮތުން މިމައުރަޒު ހުޅުވާލެވިފައިވަނީ އަމިއްލަ ފަރުދުންގެ ދާއިރާ، އަތޮޅުތަކުގެ ދާއިރާ، ވިޔަފާރިވެރިންގެ ދާއިރާ، ތައުލީމީ މަރުކަޒުތަކުގެ ދާއިރާ، ޙާއްސައެހީއަށް ބޭނުންވާ މީހުންގެ ދާއިރާ އަދި ކުލަބް ޖަމްއިއްޔާތަކުގެ ދާއިރާއެވެ.

“މިފަހަރުގެ މައުރަޒުގައި އެންމެ މަތީ މާރކްސް ހޯއްދަވާ ފަސް ފަރާތްތަކަށް އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ދޫކުރަމުންގެންދާ ކުދި އަދި މެދު ފަންތީގެ ލޯނު ދިނުމަށް ހަމަޖެހިގެން ދާނެ، އަދި އަދި މި މައުރަޒުގެ ކޮންމެ ގިންތިއަކުން 85 އިންސައްތަށްއަށްވުރެން މަތިން މާރކްސް ހޯއްދަވާ ފަރާތްތައް ޤައުމީ އިނާމަށް ވާދަކުރެވޭނެ” އިކޮނޮމިކް މިނިސްޓްރީ އިން ވިދާޅުވިއެވެ.

އެމިނިސްޓްރީ އިން އިތުރަށް ވިދާޅުވީ 2016 ވަނަ އަހަރު ޗައިނާގެ ކުންމިންގައި ބާއްވާ ކުންމިން ފެއާގައި  އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. އަދި ހަމަ އެއަހަރު ޖަރުމުނުގައި އޮންނަ ބާލިންފެއާގައި 2 ފަރާތަކަށް އެބޭފުޅުންގެ މަސައްކަތްތަށް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ވިދާޅުވިއެވެ.

މި މައުރަޒުގައި ބައިވެރިކުރުމަށް ބޭނުންވާ ފުވައްމުލަކު ރައްޔިތުންގެ ތަކެތި ބަލައިގަންނާނީ 1 ޑިސެމްބަރުގެ ނިޔަލަށް ފުވައްމުލަކު އަތޮޅު ކައުންސިލުންނެވެ.

އަދި މި މައުރަޒުގެ ޤަވާއިދާއި ބައިވެރިވުމަށް އެދޭ ފޯރމް ފުވައްމުލަކު ރަށުކައުންސިލް ތަކުންނާއި އަތޮޅު ކައުންސިލްތަކުން ލިބޭނެ އިނތިޒާމް މިހާރު ހަމަޖެހިފައިކަމަށް މިކަލް ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި މައުރަޒުގެ ލޯގޯ އަދި ތީމް ލަވަ އިފްތިތާހުކުރުމުގެ ރަސްމިއްޔާތު މިރޭ 21:00 ގައުމީ ޓީވިން ދުރައް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !