24 ޖުލައި 2019 ( ބުދަ )

ކިޑްސް ހައުސް ކޮންސެޓްގެ އިޝްތިހާރެއް

ކިޑްސް ހައުސް އިން ކޮންސެޓެއް ބާއްވަނީ

ފުވައްމުލަކު ޕްރީ ސްކޫލެއް ކަމަށްވާ ކިޑްސް ހައުސް އިން އެސުކޫލްގެ ތިން ވަނަ ކޮންސެޓް” ނޫރު 1437″ގެ ނަމުގައި ހުކުރު އަދި ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

ކިޑްސް ހައުސް އިން ވިދާޅުވީ އެސުކޫލްގެ ތިންވަނަ ކޮންސެޓް ކުރިއަށްގެންދާނީ މިމަހު 13 އަދި 14 ވަނަ ދުވަހު ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި ކަމަށެވެ. އަދި ކޮންސެޓަށް ވަނުމުގެ ޓިކެޓްގެ އަގަކީ 15 ރުފިޔާ ކަމަށެވެ.

“މިއީ ފުވައްމުލަކު ބޭއްވޭ އިސްލާމިކް އެންމެ ރަނގަޅު ކޮންސެޓް، މިކޮންސެޓަށް ޒިޔާރަތްކޮށްގެން އާއިލާއާއި އެކު އުފާވެރި ވަގުތުތަކެއް ހޭދަކުރެވިދާނެ، ކޮންސެޓްގައި ކުޑަކުދިންގެ ހުނަރު ދައްކާލުން، އިސްލާމް ދީނާއި ގުޅޭ ލަވަތައް، ގުރޫޕް މަދަހަ، ދިވެހި އަދި އިގިރޭސި ޑްރާމާ، އަދި އާދަޔާ ހިލާފް އުފެއްދުންތަކުގެ ހެދުންތައް ދައްކާލުން އޮންނާނެ” ކިޑްސް ހައުސް އިން ނެރެފައިވާ އިޝްތިހާރެއްގައި ބުނެފައިވެއެވެ.

މިކޮންސެޓްގެ ޓިކެޓް ކިޑްސް ހައުސްގެ އޮފީހުން ލިބޭނެ ކަމަށްވެސް ކިޑްސް ހައުސްއިން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ޚިޔާލު