14 ނޮވެމްބަރ 2018 ( ބުދަ )

banner

2016 ވަނަ އަހަރު ފުވައްމުލަކަށް ކަނޑައެޅިފައިވާ ބަޖެޓް

ދައުލަތުގެ ބަޖެޓުން 2016 ވަނަ އަހަރު ފުވައްމުލަކު ބައެއް މަޝްރޫއުތަކާއި އޮފީސްތަކަށް މިދިޔަ އަހަރަށްވުރެ ބޮޑު ބަޖެޓެއް ކަނޑައަޅާ ފިނޭންސް މިނިސްޓްރީ އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު ހުށަހެޅުއްވި ބަޖެޓްގައި ފުވައްމުލަކު އަތޮޅު ކައުންސިލަށް 6،989،039 ރުފިޔާ ހިމަނާފައިވެއެވެ. ޏ، އަތޮޅު ތައުލީމީ މަރުކަޒަށް 16,233,770 ރުފިޔާ ، ފުވައްމުލަކު ހޮސްޕިޓަލަށް 29,916,812 ރުފިޔާ ހިމަނާފައިވެއެވެ. ހާފިޒް އަހްމަދު ސުކޫލަށް ހިމަނާފައިވަނީ 11,734,256 ރުފިޔާ އެވެ. އެމްޖޭއެމް އަށް 11,410,981 ރުފިޔާ އެވެ. ފުވައްމުލަކު ސުކޫލްގެ ބަޖެޓް ހިމެނެނީ އެޑިއުކޭޝަން މިނިސްޓްރީގެ ބަޖެޓްގެ ތެރޭގައެވެ.

ރަށު ކައުންސިލް ތަކުގެ ތެރެއިން އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ ދޫނޑިގަން ކައުންސިލަށެވެ. އެއީ 4،112،165 ރުފިޔާއެވެ. ދެވަނަ އަށް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ 4،084،447 ރުފިޔާ ކަނޑައަޅާފައިވާ ދަޑިމަގު ކައުންސިލެވެ. މީގެ އިތުރުން ދިގުވާނޑު ކައުންސިލަށް 3،630،654 ރުފިޔާ، ހޯދަޑު ކައުންސިލަށް 3،341،403 ރުފިޔާ މާދަޑު ކައުންސިލަށް 3،958،988 ރުފިޔާ، މިސްކިތްމަގު ކައުންސިލަށް 3،873،683 ރުފިޔާ، އެންމެ ކުޑަ ބަޖެޓެއް ކަނޑައަޅާފައިވާ މާލެގަން ކައުންސިލަށް 3،200،843 ރުފިޔާ އަދި ފުނާޑު ކައުންސިލަށް 3،990،329 ރުފިޔާއެވެ.

މީގެ އިތުރުން ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގުރާމްގެ ދަށުން މިހާރުވެސް ހިގަމުންދާ ޕްރޮޖެކްޓެއްގެ ގޮތުގައި ފުވައްމުލަކު ބޮޑެތި މަގުތައް ހެދުމަށް 10،057،864 ރުފިޔާ އާއި އެމްޖޭއެމްގެ މަލްޓިޕާޕަސް ބިލްޑިންގ ހެދުމަށް 2،669،963 ރުފިޔާ ހިމަނާފައިވާ އިރު ހާފިޒް އަހްމަދު ސުކޫލްގެ 3 ބުރި އިމާރާތް ކުރުމަށް 716،912 ރުފިޔާ ހިމަނާފައިވެއެވެ. މުޅިން އަލަށް ފަށާ މަޝްރޫއެއްގެ ގޮތުގައި މާލެގަން ކައުންސިލް އިދާރާ އިމާރާތް ކުރުމަށް 4،028،000 ރުފިޔާ ހިމަނާފައިވެއެވެ. އަދި މިހާރުވެސް ހިނގަމުންދާ މަސައްކަތެއްގެ ގޮތުގައި 3،094،498 ރުފިޔާގެ ސްޕޯޓްސް އެރީނާ (4 ބަށިކޯޓް، އިންޑޯ ކޮމްޕްލެކްސް) އަކާއި ފެނާއި ނަރުދަމާގެ ނިޒާމަށް 20،291،726 ރުފިޔާގެ އިތުރުން ލޯން އެހީގެ ގޮތުގައި އެމަޝްރޫއަށް 16 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. ކުނިނައްތާލުމުގެ ނިޒާމަށް 2،240،175 ރުފިޔާ އާއި ފުވައްމުލަކު ހޮސްޕިޓަލުގެ ބެކަޕް ޖަނެރޭޓަރާއި ސިންކްރޮނައިޒް ސިސްޓަމް ބެހެއްޓުމަށް 950،450 ރުފިޔާ އާއި ހަމަ އެހޮސްޕިޓަލް ބޮޑުކުރުމަށް 4،357،708 ރުފިޔާ ހިމަނާފައިވެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު