20 ސެޕްޓެމްބަރ 2019 ( ހުކުރު )

ފަތުރުވެރިކަމާއި ގުޅޭ މަޝަވަރާ ބައްދަލުވުމުގައި ބައިވެރިން ޚިޔާލު ފާޅު ކުރައްވަނީ

ޑައިވާރސް ޓްވަރިޒަމް ސެކްޝަނެއް އުފައްދަނީ

ފަތުރުވެރިކަމާބެހޭ މިނިސްޓރީގައި ޑައިވާރސް ޓްވަރިޒަމް ސެކްޝަނެއް އުފައްދަން ނިންމާފައިވާ ކަމަށް ޓްވަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ގޮތުން ފުވައްމުލަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރެވޭ ޑައިވިންއަށް މިސެކްޝަނުން އިތުރު ލުއިތަކެއް ހޯދައިދެވޭނެ ކަމަށ ބެލެވެއެވެ. ޑައިވީންގެ ކަންކަމުގެ އިތުރުން މިއީ ސްޕޯރޓްސް، ކަލްޗަރަލް، އެޑްވެންޗަރަލް މިފަދަ ޓްވަރިޒަމްގެ ބާވަތަކަށް ޚާއްސަކުރެވިގެން އުފައްދާ ސެކްޝަނެއް ކަމަށް ވިދާޅުވިއެވެ.

ޓްވަރިޒަމްގެ އެކި ވައްތަރުތައް ރާއްޖޭއަށް ތައާރަފުކޮށް އެކަންކަން ކުރިއެރުވުމަށް މަސައްކަތްކުރާ ތަނެއްގެ ގޮތުގައި މިސެކްޝަން ހަމަޖެހިގެން ދާނެކަމަށެވެ. މީގެ ކުރިން މިފަދަ ތަނެއް ނެތުމުން ތަފާތު ބާވަތްތަކުގެ ފަތުރުވެރިކަން އެކުގައި ކުރިޔަށް ގެންދަން ޖެހިފައިވާ ކަމަށް ވެއެވެ.

މިފަދަ ސެކްޝަނެއްގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގެ ކަންކަން ފަސޭހަވެ މާކެޓް ކުރުމުގައި އެކި ދާއިރާތަކަށް ފުރުސަތު ދެވިގެން ދާނެއެވެ.

މީގެ ކުރިން މިނިސްޓަރު އައްޑޫ ސިޓީގައި ވިދާޅުވެފައި ވަނީ ޓްވަރިޒަމް މިނިސްޓރީގައި ޕަބްލިކް ރިލޭޝަން ޑިވިޝަނެއް އުފައްދަވައި އެތަނުގެ ދަށުން އައިލެންޑް ޓްވަރިޒމް ސެކްޝަނެއް ގާއިމުކުރާނެ ވާހަކައެވެ. އެއިގެ ސަބަބުން އަތޮޅުތަކުގެ ފަތުރުވެރިކަމުގެ ކަންތައްތައް އެއްތަނަކުން އަވަހަށް ނިމިގެންދާނެ ކަމަށެވެ.

ޑައިވާރސް ޓްވަރިޒަމް ސެކްޝަން ވެސް ހިމެނެނީ ސީދާ ކޮން ބައެއްގެ ދަށުގައި ކަމަށް މިނިސްޓަރު ވިދާޅެއް ނުވެއެވެ. ނަމަވެސް ބެލެވެނީ މިސެކްޝަން ވެސް ހިނގާނީ ޕަބްލިކް ރިލޭޝަން ޑިވިޝަންގެ ދަށުންކަމަށެވެ.

“އައިލެންޑް ޓްވަރިޒމް ސެކްޝަނެއް، އައްޑޫގައި އިއުލާން ކުރީ. އޭރުން ގެސްޓް ހައުސްތަކާއި ގުޅޭ ގޮތުން އެދޭ ކަންތައްތައްތަކުގެ އެންމެހާ ޚިދުމަތްތަކެއް މިނިސްޓރީގެ އެސެކްޝަނުން ދެވި އަވަހަށް ކަންކަން ނިމިގެންދާނެ” ކަމަށް އިއްޔ ެރޭ ފުވައްމުލަކުގައި ބޭއްވުނު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވިއެވެ.

މިކަމަށް ގިނަ ދުވަސްތަކެއް ނުނަގާނެކަމަށް އިޝާރަތް ކުރައްވައި “މިހާރު އެކަން މިހާރު މި ތައާރަފުކުރީ. ދެން ނަގާނީ ސިވިލް ސާވިސްގެ ދަށުން އެކަން ކުރުމަށް ނަގާ ވަގުތެއް، އެއީ މިބަލަނީ ގާތްގަޑަކަށް ދޮޅު މަސް ދުވަސް ވަރު ކަމަށް” މިނިސްޓަރު ވިދާޅުވިއެވެ.

ފުވައްމުލަކުަގެ ފަތުރުވެރިކަމުގައި މަސައްކަތް ކުރާ ފަރާތްތަކުން އެދެނީ، ފުވައްމުލަކުގެ ޑައިވިން ދުނިޔޭގެ ފެންވަރުގައި މާކެތްކުރުމުގައި އެހީތެރިވެ ދިނުމަށާއި ފުވައްމުލަކުގައި ގެސްޓް ހައުސް ތަރައްގީކޮށް ފުޅާކުރުމަށް ސަރުކާރު މެދުވެރވެެގެން ގޮތްތަކެއް ހޯދައިދިނުމަށެވެ.



ކިޔުންތެރިންގެ ޚިޔާލު