A wide advertisement which will be shown on all devices. (700 x 100)

ދޫނޑިގަން ކައުންސިލް މެމްބަރު ޝަޒީމް ކުޑަކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި

ޝަޒީމް

ފުވައްމުލަކު ދޫނޑިގަން ކައުންސިލްގެ މެމްބަރު އަލީ ޝަޒީމް (ޝައްޓު) ކުޑަކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި މިއަދު ހަވީރު ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ.

ޝަޒީމް ގަދަކަމުން ކުޑަކުއްޖަކާ ބަދުއަހްލާގީ އަމަލުހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ކަމަށް ފުލުހުންގެ އޮފިޝަލަކުވެސް ކަށަވަރުކޮށްދެއްވިއެވެ.

ދޫނޑިގަމް އަވަށުގެ މީހަކު ބުނިގޮތުގައި ރޭގެ ވަގުތެއްގައި ޝަޒީމް އާއި ކުޑައަންހެންކުއްޖަކު ދޫނޑިގަން ގެއްގައި ބަދުއަހްލާގީ އަމަލު ހިންގަމުންދަނިކޮށް ފުލުހުންވަނީ އެތަނަށްގޮސް އެކުއްޖާ ގެންގޮސްފައިވާ ކަމަށެވެ. އަދި ޝަޒީމް ހައްޔަރުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

މިއަދު ހަވީރުގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށުން ޝަޒީމް ހޮސްޕިޓަލަށް ގެންދިޔަ މަންޒަރު މިކަލް ނޫހުގެ ރިޕޯޓަރަކަށް ފެނިފައިވެއެވެ. ޝަޒީމް އަކީ ޕީޕީއެމް ޓިކެޓްގައި ދޫނޑިގަން ކައުންސިލަށް އިންތިހާބުވެފައިވާ ކައުންސިލްގެ މެމްބަރެކެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !