18 އޮކްޓޯބަރ 2019 ( ހުކުރު )

banner

2014ގައި އެމްޑީޕީން ބޭއްވި އުތުރު ދާއިރާގެ ޕްރަމަރީ ވޯޓުލުން

އެމްޑީޕީ ފުވައްމުލައް ސިޓީ ޕްރައިމަރީގައި 4 ވޯޓު ފޮށި ބަހައްޓަނީ

އަންނަ ހުކުރު ދުވަހު ބާއްވާ އެމްޑީޕީ މަޖުލިސް ޕްރައިމަރީގައި ފުވައްމުލައް ސޓީގެ 4 ވޯޓު ފޮށި ބަހައްޓަން ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން 2 ފޮށި ފުވައްމުލަކުގައި ބަހައްޓާ އިރު އަނެއް 2 ފޮށި ބަހައްޓަނީ މާލޭގައެވެ.

މި ފަހަރުގެ އެމްޑީޕީ މަޖްލިސް ޕްރައިމަރީ އޮންނާނީ ފުވައްމުލަކު މެދު ދާއިރާއާއި ދެކުނު ދާއިރާގައެވެ. އުތުރު ދާއިރާއިން ވާދަކުރީ އެންމެ ކެންޑިޑޭޓަކަށް ވުމުން ޕްރައިމަރީ ނުބާއްވާ ގޮތަށް ވަނީ ނިމިފައެވެ.

ޕްރައިމަރީގައި ވޯޓު ލުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުުރު ދުވަހު މެންދުރު ފަހު 2:30 އިން ރޭގަނޑު 8:30 އަށެވެ.

މި ޕްރައިމަރީގައި ފުވައްލަކު މެދު ދާއިރާގެ ވޯޓު ފޮށި ބަހައްޓަނީ މެދު ދާއިރާގެ އެމްޑީޕީ ހަރުގޭގައެވެ. ދެކުނު ދާއިރާގެ ވޯޓު ފޮށި ބަހައްޓާނީ ދޫނޑިގަމު އެމްޑީޕީ ހަރުގޭގައެވެ.

މާލޭގައި ބަހައްޓާ ދެ ވޯޓު ފޮށިވެސް ބަހައްޓާނީ ހިރިޔާ ސްކޫލުގައި ކަމަށް މެދު ދާއިރާގެ ވޯޓު ފޮށްޓާއި ހަވާލުވެގެން ހުންނެވި ޑެޕިއުޓީ މިނިސްޓަރ ޚާލިސް ޝަރީފު ވިދާޅުވިއެވެ. މާލޭގައި ބެހެއްޓޭ ދެ ވޯޓު ފޮށްޓާއި ހަވާލުވެފައި ވަނީ ކޮންބައެއް ކަމެއް އަދި އެމްޑީޕީން ހާމައެއް ނުކުރެއެވެ.

ފުވައްމުލަކު ދެކުނު ދާއިރާގެ ވޯޓު ފޮށްޓާއި ހަވާލުވެފައި ވަނީ އެމްޑީޕީ އުތުރު ދާއިރާގެ ރައީސް އިބްރާހިްމ ސައީދުއެވެ.

އެމްޑީޕީ މެންބަރުން އެންމެ ގިނަ މެދު ދާއިރާއިން އެމްޑީޕީގެ ރަޖިސްޓްރީގައި 1461 މެންބަރުން ހިމެނެއެވެ. މި އެންމެން ވޯޓު ލާނީ މާލޭގައި ހިރިޔާ ސްކޫލުގައި ބެހެއްޓޭ ފޮށްޓަަށާއި މެދު ދާއިރާގެ ހަރުގޭގައި ބެހެއްޓޭ ފޮށްޓަށެވެ.

ދެކުނު ދާއިރާގެ ރަޖިސްޓްރީގަިއ ތިބީ 1152 މީހުންނެވެ. މިއެންމެވެސް  ވޯޓު ލާނީ ދޫނޑިގަމު ހަރުގޭގައި ބެހެއްޓޭ ފޮށްޓަށާއި މާލޭ ހިރިޔާ ސްކޫލުގައި ބެހެއްޓޭ ފޮށްޓަށެވެ.

ފާއިތުވި 2014 ވަނަ އަހަރުގެ އެމްޑީޕީ މަޖުލިސް ޕްރައިމަރީގައި އުތުރު ދާއިރާއިން 3 ކެންޑިޑޭޓަކު އަދި މެދު ދާއިރާއިން 2 ކެންޑިޑޭޓަކު ވާދަކުރިއެވެ. އެފަހަރު ދެކުނު ދާއިރާއިން ކުރިމަތިލީ އެންމެ ކެންޑިޑޭޓެކެވެ. 2014ގެ ޕްރަމަރީގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މިފަހަރުގެ ޕްރަމަރީގައި ވާދަކުރަނީ މެދު ދާއިރާއިން މުސްތަފާ އެކަންޏެވެ.

2014 ވަނަ އަހަރު ބޭއްވުނު މެދު ދާއިރާގެ އެމްޑިޕީ ޕްރަމަރީގެ ނަތީޖާ

ޕްރައިމަރީގައި އެފަހަރު މުހައްމަދު މުސްތަފާއަށްް ލިބިފައި ވަނީ %26.3 ވޯޓެވެ. އެފަހަރުގެ ޕްރައިމަރީ ކާމިޔާބުކުރި އަހުމަދު އިބްރާހިމް ދީދިއަށް ވެސް މަޖުލިސް އިންތިޚާބު ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. ފުވައްމުލަކުން އެމްޑީޕީ ޓިކެޓްގައި ނުކުމުގެން މިހާތަނަށް މަޖުލިސް ގޮނޑިއެއް ހޯދިފައި ވަނީ 2009 ވަނަ އަހަރު ކާމިޔާބު ކުރެވުނު މެދު ދާއިރާގެ ގޮނޑި އެކަންޏެވެ.

މިފަހަރު އުތުރު ދާއިރާއިން 1 ކެންޑިޑޭޓް، މެދު ދާއިރާއިން 3 ކެންޑިޑޭޓުން އަދި ދެކުނު ދާއިރާއިން 4 ކެންޑިޑޭޓަކު މި ޕްރައިމަރީގައި ވާދަކުރެއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި މުޅި ރާއްޖެއިން 279 ކެންޑިޑޭޓުން ވާދަކުރއެވެ. އަދި މި އިންތިޚާބުގައި ވޯޓު ލުމަށް 270 ވޯޓު ފޮށި ބަހައްޓާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި އިނތިޚާބުގައި ވޯޓު ލުމުގެހައްގު ލިބިގެންވާ 86091 މެންބަރުން ތިބިކަމަށް އެމްޑީޕީން ބުނެއެވެ.

ފުވައްމުލަކުގައި އެމްޑީޕީ 3561 މެންބަރުން މިހާރު އެބަތިއްބެވެ.

ފުވައްމުލަކުގައި ތިބި އެމްޑީޕީ މެންބަރުން 2019 ޖެނުއަރީ



ކިޔުންތެރިންގެ ޚިޔާލު