16 ޖޫޏް 2019 ( އާދީއްތަ )

ފެނަކައިން ކަރަންޓް ކޭބަލްތަކެއް ގުޅުމުގެ މަސައކަތުގައި. ފޮޓޯ ފެނަކަ-ފުވައްމުލައް

ކަރަންޓްގެ ޚިދުމަތް މެދުކުރެނޑޭނީ ޚިދުމަތް އަޕްގްރޭޑް ކުރާތީ

ފެނަކަ ކޯޕަރޭޝަނުން ފުވައްމުލައް ސިޓީގައި ދެމުންދާ ކަރަންޓްގެ ޚިދުމަތް މިދުވަސްކޮޅު މެދުކެނޑެނީ ކަރަންޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންދާތީ ކަމަށް ފެެނަކަ ކޯޕަރޭޝަނުން ހާމަކޮށފިއެވެ.

ފެނަކައިގެ ފުވައްމުލަކު ބްރާންޗުން މިއަދު ނެރެފައިވާ ބަޔާނުގައި ވާގޮތުން ފުނާޑު ސަރަހައްދުގައި ބެހެއްޓިފައިވާ އެ ކޯޕަރޭޝަންގެ 4 ނަމްބަރު ސަބް ސްޓޭޝަންގައި އަލަށް ބެހެއްޓުނު ޓްރާންސް ފޯމަރަށް ލޯ ވޯލްޓޭޖް ކޭބަލް (އެލްވީ ކޭބަލް) ގުޅުމަށް އަންނަ ހޮނިހިރު، (19 ޖެނުއަރީ 2019) ވަނަ ދުވަހު ހެނދުނު 9:00 ން 11:00 އަށް އެ ސަރަހައްދުން ކަންރަންޓް ކަނޑާލެވޭނެ ކަން އަންގާފައި ވެއެވެ. އެއާއެކު ފުނާޑު އަދި މިސްކިތްމަގުގެ ބަޔަކުން ކަރަންޓްގެ ޚިދުމަތް މެދުކެނޑިގެން ދާނެކަމަށެވެ.

މިއީ އެ ބްރާންޗުން ދެމުންގެންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް އިތުރަށް ފުޅާ ކުރުމުގެ ގޮތުން ކުރެވޭ މަސައްކަތެއްކަމަށް ބަޔާނުގައި ވެއެވެ.

އެއްްވެސް ސަބަބަކާއި ހުރެ ކަރަންޓް ކެނޑިިއްޖެނަމަ ކޮންމެ ފަހަރަކުވެސް ކަރަންޓް އައުމުގެ ކުރިން އިލެކްޓްރޯނިކް އަދި އިލެކްޓްރިކް އާލާތްތައް ނިއްވާފައި ބެހެއްޓުން ސަލާމަތީގޮތުން ރަގަނޅު ކަމަށް  ފެނަކައިން އިރުޝާދު ދެެއެވެ.

ކަރަންޓް ކެނޑުމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންނަމަ 6865009 އަށް ގުޅުއްވުމަށް އެދިފައި ވެއެވެ.

އިއްޔެ ވަނީ ދިގުވާނޑު ދަޑިމަގު އެމްޖޭއެމް އާއި ކްރިކެޓް ސްޓޭޑިއަމް ސަރަހައްދުން ކަރަންޓްގެ ޚިދުމަތް މެދުކަނޑާލައި ކަރަންޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކޮށްފައެވެ. އަދި އެއިގެ ކުރިން މި ޖެނުއަރީ މަހު 14 ގައި މާލެގަމު ސަރަހައްދުގައި ވެސް ކަރަންޓް އަޕްގްރޭޑް މަސައްކަތް ކުރުމަށް ޚިދުމަތް މެދުކަނޑާލާފައި ވެއެވެ.



ކިޔުންތެރިންގެ ޚިޔާލު