18 އޯގަސްޓް 2019 ( އާދީއްތަ )

އައިޔޫއެމް ފުވައްމުލައް ސިޓީ ލާނިން ސެންޓަރުގެ ފަހި ދުވަހުގެ ޕޯސްޓަރެއް

އައިޔޫއެމްގެ ފުވައްމުލައް ސިޓީ ލާނިންސެންޓަރުން ފަހި ދުވަސް ބާއްވަނީ

އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) ގެ ފުވައްމުލައްސިޓީ ލާރިން ސެންޓަރުން ފުވައްމުލައް ސިޓީގައި ފަހި ދުވަސް ބާއްވަން ތައްޔާތު ވެއްޖެއެވެ. ފަހި ދުވަހު އެ ޔުނިވަރސިޓިން ކުރިޔަށް އޮތް ޓާމުގައި ފެށޭ ކޯސްތަކުގެ މައުލޫލާތު ފޯރުކޯސްދިނުން އޮންނާނެއެވެ. އަދި އެޔުނިވަރސިޓގެ ކޯސްތައް ޕްރޮމޯޓް ކުރުމުގެ ގޮތުން ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވެއެވެ.

ފުވައްމުލައް ސިޓީ ކައުސިލްގެ އިދާރާގައި ބާއްވާ މައުލޫމާތު ދިނުމުގެ މިސެޝަނުގައި އަލށް ފަށާ އެލާރނިން ސެންޓަރުން ހިންގާ ކޯސްތަކާއި ބެހޭ މައުލޫމާތު ދިނުމުގެ އިތުރުން ކޯސްތަކަށް ވަންނަ އެދޭ އެޕްލިކޭޝަން ބަލައިގަތުމާއި ސެޓްފިކެޓްތައް ވަގުތުން އެޓެސްޓް ކޮށްދިނުން އެތަނުން ކުރިޔަށް ގެންދެވޭނެ ކަމަށް ވެއެވެ.

މައުލުޟާތު ދިނުމުގެ 3 ސެޝަނެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ފުރަތަމަ ސެޝަން މާދަމާ (ހުކުރު ދުވަހު) ހަވީރު 4:00 ން އިރުއޮއްސި 6:00 އަށް އަދި ރޭގަނޑު ސެޝަން 8:00 ން 10:00ކުރިޔަށް ގެންދިއުމަށ ްވަނީ ރޭވިފައިެވެ. މީގެ އިތުރުން ހނިހިރު ދުވަހު ހެނދުނު 8:00 ން މެންދުރު 12:00 ވެސް މައުލޫމާތު ދިނުމުގެ ސެޝަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވެއެވެ.

އައިޔޫއެމްގެ ކޯސްތައް ބޮޑަށް މަޝްހޫރުވެފައި އޮންނަނީ ދީނީ އެކި ދާއިރާތަކުގެ ކޯސްތައްކުގައި ކިޔެވުމަށެވެ.

ފުވައްމުލައް ސިޓީގައި ކުރިންވެސް ކުރިޔަށް ގެންދާ ގުރުއާނާ ބެހޭ މަރުކަޒުގެ ފުވައްމުލަކު ގޮފިން ވެސް ދީނީ އެކިކަންކަމާއި ގުޅޭ ކޯސްތައް ހިންގައެވެ. ޚާއްސަކޮށް ގުރުއާން ކިޔެވުމުގެ އެކި ކޯސްތަކެވެ.ކިޔުންތެރިންގެ ޚިޔާލު