25 އޭޕްރީލް 2019 ( ބުރާސްފަތި )

banner

ދިވެހި ޕާސްޕޯރޓް. ކުރިން ގަދަ ނޫކުލައިގައި އާދައިގެ ޕާސްޕޯރޓް އޮތް އިރު މިހާރު އާއްމު ޕާސްޕޯރޓް ވަނީ ރަތަށް ބަދަލުކޮށްފައި

އޮންލައިންކޮށް ޕާސްޕޯރޓް ފޯމު ބަލައިގަންނަން ފަށަނީ

އަންނަ ހަފުތާއިން ފެށިގެން އީމެއިލުން ޕާސްޕޯރޓަށް އެދޭ ފޯމު ބަލައިގަންނަ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކުރައްވައިފިއެވެ.

އޭރުން ފޯމު ހުށަހަޅަން ކިއުގައި ޖެހިގެން ތިބޭކަށް ނުޖެހޭނެއެވެ. އެކަމަކު ޕާސްޕޯޓް ދޫކުުރާނީ މިހާރުވެސް އެކަން ހަމަޖެހިފަިއވާ 4 ސަންޓަރު، މާލެ ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށިން މިހާރުވެސް އަމަލުކުރަމުން ދާ ގޮތަށެވެ.

ކުރިޔަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ފުވައްމުލައް ސިޓީ ކައުންސިލަށް ވެސް ޕާސްޕޯރޓް ފޯމު ހުށަހެޅި ސިސްޓަމަށް ޑޭޓާ އެޅުމުގެ މަސައްކަތް ކުރެވިގެން ދާނެކަމަށް އަލަށް ހަވާލުވި އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހްމަދު ހުސައިން ވިދާޅުވިއެވެ.

އިމިގްރޭޝަނާއި ގުޅޭ ޝަކުވާތައް ހުށަހެޅުމަށް މިއަދުން ފެށިގެން އީމޭލައެއް ހުޅުވާލެވޭނެ ކަމަމަށް ވިދާޅުވިއެވެ.

ކުރިޔަށް އޮތްތަނުގައި އިމިގްރޭޝަންގެ ގިނަ ޚިދުމަތްތައް އޮންލައިންކޮށް ލިބޭނެ ގޮތް ތައާރަފު ކުރާނެ ކަމަށް ކޮންޓްރޯލަރު ވިދާޅުވި އެވެ. މިއާއެކު ރައްޔިތުންނަށް އިމިގްރޭޝަނުން ދޭ ޚިދުމަތް ހޯދުމުގައި ލުއި ގޮތްތަކެއް ހަމަޖެހިގެން ދާނެކަމަށް ވެއެވެ.

މީގެ އިތުރުން އަންނަ ހަފުތާއިން ފެށިގެން އައްޑޫ ސިޓީން ބިޒިނަސް ވިސާ ދޫކުރަން ފަށަން ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

banner


ކިޔުންތެރިންގެ ޚިޔާލު