A wide advertisement which will be shown on all devices. (700 x 100)

އެވިޑް ކޮލެޖް އިން ސެޓްފިކެޓް ލެވެލް 3ގެ ކޯސްތައް ހިލޭ ކިޔަވައިދެނީ

އެވިޑް ކޮލެޖް އިން ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގެ ތެރެއިން.

އެވިޑް ކޮލެޖް އިން ސެޓްފިކެޓް ލެވެލް 3ގެ ކޯސްހަދާ 150 ދަރިވަރުންނަށް މުޅިކޯސް ހިލޭ ކިޔަވައިދޭ ގޮތަށް ކޮލެޖުގެ ޗެއާމަން ނިންމާފައިވާ ކަމަށް އެކޮލެޖް އިން ވިދާޅުވެއްޖެއެވެ.

އެވިޑް ކޮލެޖް އިން ވިދާޅުވީ އެވިޑް ކޮލެޖުގެ ތަޢުލީމް ފޯރުކޮށްދިނުމުގައި އެއްވެސް މެދުކެނޑުމެއްނެތި 10 އަހަރު ފުރުމުގެ އުފާވެރި މުނާސަބަތާ ގުޅިގެން ސެޓްފިކެޓް ލެވެލް 3 ގެ ހުރިހާ ކޯސްތަކަށް ވަނުމަށް އެންމެ ފުރަތަމަ ފޯރމު ހުށަހަޅާ 150 ދަރިވަރުންނަށް މުޅިކޯސް ހިލޭ ކިޔަވައިދޭ ގޮތަށް ކޮލެޖުގެ ޗެއާމަން ނިންމަވާފައިވާ ކަމަށެވެ.

“އެވިޑް ކޮލެޖުގައި ހިންގާ ސެޓްފިކެޓް ލެވެލް 3 ގެ ކޯސްތަކުގެ ތެރޭގައި އާރލީ ޗައިލްޑްހުޑް އެޑިއުކޭޝަން، ހިއުމަން ރިސޯސް މެނޭޖްމަންޓް އަދި މެނޭޖްމަންޓް ކޯހުން ހިލޭ ކިޔެވޭނެ ފުރުޞަތު ލިބޭނެ، މީގެ އިތުރުން ކޮލެޖުގައި ހިންގާ އެޑްވާންސް ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސް ލެވެލައަށް ޖެނުއަރީ އިންޓޭކް 2016 އަށް ފޯމު ހުށަހަޅާ ކޮންމެ ދަރިވަރަކަށް %50 ޑިސްކައުންޓް ފުރަތަމަ ޕޭމަންޓުން ލިބޭގޮތަށް ވަނީ ހަމަޖެހިފައި، އެގޮތުން ކޯސްތައް ހިންގޭ ދާއިރާ ތަކުގެ ތެރޭގައި ޓީޗިން، މެނޭޖްމަންޓް އަދި ކައުންސިލިން ހިމެނޭ” އެވިޑް ކޮލެޖް އިން ވިދާޅުވިއެވެ.

އެވިޑް ކޮލެޖު އިން ވިދާޅުވީ އެކޮލެޖުއިން ހިންގޭ ކޮންމެ ކޯހަކީވެސް ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ދިވެހިރާއްޖޭގެ މާޙައުލަށް ފެތޭގޮތަށް ދަރިވަރުންނަށް ފަސޭހައިން ކިޔެވޭނެހެން ރޭވިގެން ކުރިޔަށް ގެންދާ ކޯސްތަކެއް ކަމަށެވެ. އަދި ވަޒީފާގައި ބުރަކޮށް އުޅުއްވަމުންވެސް ލުއިފަސޭހަ ގޮތްތަކަށް ކިޔެވޭނެ ފުރުޞަތު އެކޮލެޖުން ތަނަވަސް ކޮށްދީފައިވާކަމަށާއި ދަރިވަރުންނަށް އޮންލައިން ލައިބްރަރީގެ ޚިދުމަތްވެސް އެވިޑް ކޮލެޖުގައި ޤާއިމްކޮށްފައިވާކަމަށެވެ.

އެވިޑް ކޮލެޖުގައި ހިންގޭ ހުރިހާ ކޯސްތަކަކީވެސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ޤަބޫލުކުރާ ކޯސްތަކެކެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !