އަންނަ އެޕްރީލްމަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ ޙުސެއިން އާއި މުމްތާޒު ކާމިޔާބު ކޮށްފިއެވެ.
ވިއްސާރަ ދުވަހެއް ނަމަވެސް ވޯޓުލުން މެންދުރުފަހު 2.30 އިން ފެށިގެން ވޯޓުލުން ފިސާރި ފޯރީގައި ކުރިއަށް ދިޔައެވެ.
މި ޕްރައިމަރީ ކުރިއަށް ގޮސްފައިވަނީ ފުވައްމުލަކު މެދު ދާއިރާއާއި ދެކުނު ދާއިރާގައެވެ. ފުވައްމުލަކު އުތުރު ދާއިރާއަށް އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާތީ އެދާއިރާގެ ޕްރައިމަރީއެއް ނުބާއްވައެވެ.
ފުވައްލަކު މެދު ދާއިރާގެ ވޯޓު ފޮށި ބަހައްޓާފައިވަނީ މެދު ދާއިރާގެ އެމްޑީޕީ ހަރުގޭގައެވެ. ދެކުނު ދާއިރާގެ ވޯޓު ފޮށި ބަހައްޓާފައިވަނީ ދޫނޑިގަމު އެމްޑީޕީ ހަރުގޭގައެވެ.
މާލޭގައި ބަހައްޓާފައިވާ ދެ ވޯޓު ފޮށިވެސް ބަހައްޓާފައިވަނީ ހިރިޔާ ސްކޫލުގައެވެ.
އެމްޑީޕީ މެންބަރުން އެންމެ ގިނަ މެދު ދާއިރާއިން އެމްޑީޕީގެ ރަޖިސްޓްރީގައި ވަނީ 1461 މެންބަރުންނެވެ. އަދި ދެކުނު ދާއިރާގެ ރަޖިސްޓްރީވެފައިވަނީ 1152 މެމްބަރުންނެވެ.
22:57
ވަގުތީ ނަތީޖާ ދައްކާ ގޮތުން ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓަކަށް ހުސައިން މުހައްމަދު ހޮވިއްޖެއެވެ. އާތިޔާ ނަސީރާއި މުހައްމަދު މުސްތަފާ ހުސެއިން މުހައްމަދަށް ފުރިހަމައަށް ތާއީދު ކުރާނެ ކަމަށް ބުނެފި
22:54
ފުވައްމުލަކު މެދު ދާއިރާގެ މެމްބަރުން ވޯޓުކުމަށް ފުވައްމުލަކުގައި ބެހެއްޓުނު ވޯޓުފޮށީގެ ނަތީޖާ، ހުސެއިން 348 ވޯޓު، އާތިޔާ 279 ވޯޓު، މުސްތަފާ 198 ވޯޓް، ބާތިލު 6 ވޯޓް، ޖުމްލަ 631 ވޯޓު.
22:42
ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރުން ވޯޓުލުމަށް ފުވައްމުލަކުގައި ބެހެއްޓުނު ވޯޓު ފޮށީގެ ނަތީޖާ، މައުރޫފު 238 ވޯޓް، އިސާމު 132 ވޯޓް، އުމަރު 111 ވޯޓް، މުމްތާޒު 197 ވޯޓް، ބާތިލް 6 ވޯޓް، ޖުމްލަ 682 ވޯޓް.
22:08
ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރުން ވޯޓުލުމަށް މާލޭގައި ބެހެއްޓުނު ވޯޓް ފޮށީގެ ނަތީޖާ. މައުރޫފު 29 ވޯޓު، އިސާމު 56 ވޯޓު، އުމަރު 31 ވޯޓު، މުމްތާޒު 90 ވޯޓު.
22:05
މެދު ދާއިރާގެ މެމްބަރުން ވޯޓުލުމަށް މާލޭގައި ބެހެއްޓުނު ވޯޓު ފޮށީގެ ނަތީޖާ. ޙުސައިން މުހައްމަދު 160 ވޯޓު، އާތިޔާ ނަސީރު 132 ވޯޓު، މުސްތަފާ 84 ވޯޓު، ބާތިލު 5. ޖުމްލަ 381 ވޯޓް
21:45
ފުވައްމުލަކުގައި ބެހެއްޓި ދެ ވޯޓު ފޮށިވެސް ގުނަންފަށައިފި. މެދު ދާއިރާގެ ވޯޓުފޮއްޓަށް ލާފައިވަނީ 831 ވޯޓު
21:35
މާލޭގައި ބެހެއްޓި ދެފޮށީގެ ވޯޓުލުން ނިމި ވޯޓް ގުނަން ފަށައިފި