17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި މީހުންގެ ދަފްތަރުގައި ހިމެނޭ ފުވައްމުލަކު 5 މީހުން

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި މީހުންގެ ދަފްތަރުގައި ފުވައްމުލަކު ފަސްމީހުން

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާމީހުންގެ ދަފަތަރެެއް މިނިސްޓްރީ އޮފް ޖެންޑަރ އިން ފެމިލީއިން އާންމުކޮއްފިއެވެ.

މިދަފްތަރަކީ ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މީހުންނާ މެދު ޙާއްސަ އުސޫލްތަކަކަށް އަމަލުކުރުމުގެ ޤާނޫނުގެ 57 ވަނަ މާއްދާ އާއި ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މީހުންނާ މެދު ޙާއްސަ އުސޫލްތަކަކަށް އަމަލުކުރުމުގެ ގަވާއިދުގެ 07 ވަނަ މާއްދާގެ ދަށުން އެކުލަވާލި ދަފްތަރެކެވެ

މި ދަފްތަރުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ކުށް ޝަރީއާތުން ސާބިތުވެފައިވާ 75 މީހެއްގެ މައުލޫމާތު ވަނީ ހިމަނާފައެވެ. މި ދަފްތަރުގައި ފުވައްމުލަކު 5 މީހެއްގެ ނަންވަނީ ހިމަނާފައެވެ. އެ ފަރާތް ތަކަކީ އަލީ ޝިޙާބް، ތުއްފާހުގެ، އަބްދުﷲ ނަޒީރު، އަކިރި، ޙަސަން ސައީދު، ވެލިގާ، އިބްރާހިމް ޝިފާޒު، ފެހިދޫލަ އަދި ސައިދާ ހަސަން، މަރިޔާޒުގެ، އެވެ. މީގެ ތެރެއިން މި ދަފްތަރުގައި ހިމެނިފައިވާ ހަމައެކަނި އަންހެން ބޭފުޅަކީވެސް ސައިދާ ހަސަން، މަރިޔާޒުގެ، އެވެ

މިދަފްތަރު އާންމުކޮއްފައިވަނީ offenders.mv ނަމަކަށް ކިޔާ ވެބްސައިޓްއެއްގައި އެވެ. މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެޓަރނީ ޖެނެރަލް އަނިލް ވިދާޅުވީ ކުރިޔަށް އޮތްތާގައި މި ދަފްތަރު އިތުރަށް ފުރިހަމަކޮށް، މި ދަފްތަރުގައި ހިމެނޭ މައުލޫމާތު އާންމުންނަށް ފަސޭހައިން ބެލޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށެވެ.

banner

ކިޔުންތެރިންގެ ޚިޔާލު