A wide advertisement which will be shown on all devices. (700 x 100)

ޝަޒީމްގެ ބަންދަށް 15 ދުވަސް

ފުވައްމުލަކު ޕޮލިސް ސްޓޭޝަން

ފުވައްމުލަކު ދޫނޑިގަން ކައުންސިލްގެ މެމްބަރު އަލީ ޝަޒީމް މުހައްމަދު (ޝައްޓު)ގެ ބަންދަށް 15 ދުވަސް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓްއިން ޖަހައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުވައްމުލަކުގައި ކުޑަކުއްޖަކާ ގަދަކަމުން ބަދުއަހްލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 28 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓްއިން ދީފައިވާ ކަމަށެވެ.

އަލީ ޝަޒީމް މުހައްމަދު (ޝައްޓު) ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކުޑަކުއްޖަކާ ގަދަކަމުން ބަދުއަހްލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި އިއްޔެގެ ވަގުތެއްގައި ކޯޓް އަމުރެއްގެ ދަށުންނެވެ.

ޝަޒީމްގެ އާއިލީ ބޭފުޅުންނާއި ބައެއް ރައްޓެހިން ސޯޝަލް މީޑިއާގައި ހާމަކުރާގޮތުން ޝަޒީމްގެ މިމައްސަލައަކީ ބަޔަކު ރާވައިގެން އޭނާ ފްރޭމް ކޮށްލީ ކަމަށެވެ. އަދި އެއީ ސިޔާސީގޮތުން އޭނާ އާއި ވާދަވެރިފަރާތްތަކުން އޭނާގެ ނަން ހަޑިކޮށްލުމަށް ކުރަމުންދާ މަސައްކަތެއް ކަމަށެވެ. ޝަޒީމް ދޫކޮށްލުމަށް އެދި ސޯޝަލް މީޑިއާގައި ފްރީ ޝަޒީމް ކެމްޕެއިނެއްވެސް އޭނާގެ ރައްޓެހިން ކުރިއަށް އެބަގެންދެއެވެ. އަދި ޝަޒީމް އަކީ ސޯޝަލް މީޑިއާގައާއި އިޖުތިމާއީ ކަންތައްތަކުގައި ވަރަށް ހަރަކާތްތެރި ކައުންސިލަރެއްކަންވެސް ފާހަނގަ ކުރެވެއެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !