20 ސެޕްޓެމްބަރ 2019 ( ހުކުރު )

ދިވެހިންގެ ތެރެއިން ޓްވިޓާ ގައި އެންމެ ގިނަ ބަޔަކު ފޮލޯކުރާ ދެވަނަ މީހަކަށް ފުވައްމުލަކު މީހެއް

ދިވެހިންގެ ތެރެއިން ޓްވިޓާ ގައި އެންމެ ގިނަ ބަޔަކު ފޮލޯކުރާ ދެވަނަ މީހަކަށް ފުވައްމުލަކު ދިގުވާނޑު ކެއުޅުގެ އަލީ އިބްރާހިމް ދީދީ ހިމެނިއްޖެއެވެ.

ދިވެހިންގެ ތެރެއިން ޓްވިޓާ ގައި އެންމެ ގިނަ ބަޔަކު ފޮލޯކުރާ ފަރާތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. ނަޝީދުގެ ފޮލޯވަރސް ގެ އަދަދު ދެލައްކައިން މައްޗަށް ގޮސްފައިވާއިރު ނަޝީދު އާއި އެންމެ ގާތުން ދެން ފޮލޯވަރސް ލިބިފައިވަނީ އިސްލާމިކް ޔުނިވާސިޓީގެ އިސްބޭފުޅެއްކަމަށްވާ އަލީ އިބްރާހިމް ދީދީ އެވެ. އަލީ އިބްރާހިމް ގިނަ އިން ޓްވީޓްކޮށްފައިވަނީ އަރަބި ބަހުންނެވެ.

އަލީ އިބްރާހިމް ވިދާޅުވީ ޓްވިޓާގައި ފޮލޯވަރސް އިތުރުކުރުމަށް މަސައްކަތްތަކެއް ނުކުރައްވާ ކަމަށެވެ. އަލީ އިބްރާހިމް ދީދީގެ ފަހަތުން ތިންވަނަ އަށް އެންމެ ގިނަ ފޮލޯވަރސް ލިބިފައިވާ ދިވެއްސަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއެވެ.


ކިޔުންތެރިންގެ ޚިޔާލު