22 ނޮވެމްބަރ 2018 ( ބުރާސްފަތި )

banner

ހޯދަޑު ކައުންސިލްގެ ރައީސް މާލެ އަށް ކުރެއްވި ދަތުރެއްގައި ޗައިނާގެ އެމްބެސެޑަރާއި ބައްދަލުކުރައްވަނީ

ހޯދަޑު ކައުންސިލުން ތައުލީމީ އެވޯޑް ދެނީ

ފުވައްމުލަކު ހޯދަޑު ކައުންސިލުން އެއަވަށުގެ ރައްޔިތުންގެ ތެރެއިން ތައުލީމީ ގޮތުން ރަނގަޅު ކާމިޔާބީ ހޯދާ ފަރާތްތަކަށް ތައުލީމީ އެވޯޑެއް ދޭން ނިންމައިފިއެވެ.

ހޯދަޑު ކައުންސިލްގެ ރައީސް އަބްދުﷲ ނާސިރު އަހްމަދު ވިދާޅުވީ ހޯދަޑު އަވަށު ރައްޔިތުންގެ ތެރެއިން ތައުލީމީ ގޮތުން ރަގަޅު ކާމިޔާބީ ހޯދާ ދަރިވަރުންނަށް ތައުލީމީ އެވޯޑް ދިނުމަށް ނިންމައި މިއަންނަ ހޮނިހިރު ދުވަހު އެކަމަށް ހާއްސަ ހަފްލާއެއް ކުރިއަށް ގެންދާގޮތަށް ހަމަޖައްސާފައިވާ ކަމަށެއެވެ.

“ހޯދަޑު އަވަށަށް ނިސްބަތްވާ ކުދިންގެ ތެރެއިން 2014 ވަނަ އަހަރު އޯލެވެލް އަދި އޭލެވެލް ނިންމި ދަރިވަރުންނަށް އަމާޒުކޮށްގެން މިއަހަރު އެވޯޑް ދޭ ގޮތަށް ހަމަޖައްސާފައިވަނީ، އެގޮތުން އޯލެވެލް އަދި އޭލެވެލްގެ އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރަކަށް ރަގަޅު ފެންވަރެއްގެ ލެޕްޓޮޕަކާއި ހަނދާނީ ޝީލްޑް ލިބިގެންދާނެ، މީގެ އިތުރުން އޯލެވެލް އަދި އޭލެވެލްގެ އެންމެ މޮޅު ނަތީޖާ ހޯދި ތިން ދަރިވަރުންނަށްވެސް އިނާމް ލިބިގެންދާނެ” އަބްދުﷲ ނާސިރު ވިދާޅުވިއެވެ.

ހޯދަޑު ކައުންސިލުން ވިދާޅުވީ މިއެވޯޑަށް ހޯދަޑު ކޮންމެ ކުއްޖަކަށްވެސް ކުރިމަތިލެވޭނެ ކަމަށާއި އަދި ރަށުން ބޭރުންވެސް ތައުލީމް ހާސިލް ކުރި ދަރިވަރުންނަށް ކުރިމަތި ލެވޭނެކަމަށެވެ. މިއެވޯޑަށް ކުދިން ހޮވާފައިވަނީ ތައުލީމީ އެވޯޑަށް ނަން ހުށަހެޅުމަށް އިއުލާން ކުރުމަށްފަހު އެކަމަށް ކުރިމަތިލި ފަރާތްތަކުންނާއި ނަންތައް ހުށަހެޅި ފަރާތްތަކުގެ މެދުގައެވެ. އަދި އެވޯޑަށް ކުރިމަތިލި ފަރާތްތައް ފައިނަލް ކޮށްފައިވަނީ އެކަމަށް ކަނޑައެޅުނު ހާއްސަ ޕެނަލަކުންނެވެ. އެޕެނަލްގައި ތިއްބަވަނީ ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނެވެ.

ހޮނިހިރު ދުވަހުގެ ރޭ އޮންނަ ހާއްސަ ހަފްލާގައި ފުވައްމުލަކު ތައުލީމަށާއި އަދި ކީރިތި ގުރުއާން އުގަންނައި ދިނުމަށް 60 އަށްވުރެ ގިނަ އަހަރު ހިދުމަތްކުރެއްވި ހޯދަޑު ރައްޔިތަކަށްވެސް ހާއްސަ އެވޯޑެއް ދިނުމަށް ހަމަޖެހިފައިވެއެވެ. އެވޯޑް ދިނުމުގެ ހަފްލާ އޮންނާނީ ހޯދަޑު ނައިބް އަބޫބަކުރު ސުކޫލްގައި ކަމަށްވެސް ހޯދަޑު ކައުންސިލުން ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މިއެވޯޑް ފުޅާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

banner

ކިޔުންތެރިންގެ ޚިޔާލު