17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

އެމްއެންޑީއެފް އިން ބޭއްވި ފޮޓޯ މައުރަޒެއްގެ ތެރެއިން. ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފް އިން ފޮޓޯ މައުރަކަޒާއި ކުޑަކުދިންގެ ހަވީރެއް ބާއްވަނީ

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފޮޓޯ މައުރަކަޒާއި ކުޑަކުދިންގެ ހަވީރެއް ފުވައްމުލަކުގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ 16 ވަނަ އެމްއެންޑީއެފް ފޮޓޯ މަޢުރަޒު، އެމްއެންޑީއެފް ސަދަން އޭރިއާ، ފުވައްމުލަކުގައި އޮންނާނީ ނޮވެމްބަރ 20 އިން 21 (ހުކުރު އަދި ހޮނިހިރު) އަށް ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ކަމަށެވެ.

” މި ފޮޓޯ މަޢުރަޒުގައި 1988 ނޮވެމްބަރ 3 ވަނަ ދުވަހު ރާއްޖެއަށް ދިން ޢުދުވާނީ ހަމަލާއާ ގުޅުންހުރި ފޮޓޯތަކާއި، ޤުދުރަތީ އެކިއެކި ކާރިސާތަކުގައި ސިފައިން ކޮށްފައިވާ ބައެއް މަސައްކަތްތައް ދައްކުވައިދޭ ފޮޓޯތަކާއި، އިޖުތިމާޢީ އެކިއެކި ހަރަކާތްތަކުގެ އިތުރުން ސިފައިންގެ ތާރީޚާއި، ސިފައިންގެއަށް ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކުގެ ފޮޓޯތައް ހިމެނޭނެ” އެމްއެންޑީއެފް އިންވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މިފޮޓޯ މަޢުރަޒު ހުޅުވިފައި ހުންނާނީ ހުކުރު ދުވަހުގެ ހަވީރު 4:30 އިން 6:00 އަށެވެ. އަދި އެރޭ ރޭގަނޑު 8:00 އިން 10:00 އަށެވެ. ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 12:00 އަށް އަދި މެންދުރުފަހު 2:00 އިން 6:00 އަށް ކަމަށެވެ. އަދި މިފޮޓޯ މަޢުރަޒުގެ ތެރެއިން ޢާއިލީ ހަވީރެއް ހުކުރު ދުވަހާއި ހޮނިހިރު ދުވަހުގެ ހަވީރު 4:30 ގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ. މި ޢާއިލީ ހަވީރުގައި ސިފައިންގެ ޚިދުމަތްތަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ސްޓޯލްތަކާއި ކުޑަކުދިންނަށް ޚާއްޞަ ބައެއް ކުޅިވަރުތަކުގެ އިތުރުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއްވެސް މި ފޮޓޯ މަޢުރަޒުގެ ތެރެއިން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އެންއެންޑީއެފް އިން ވިދާޅުވިއެވެ.

ނޮވެމްބަރ 22 ވާ އާދީއްތަ ދުވަހު ހަވީރު ކުޑަކުދިންނަށް ހާއްސަކޮށްގެން އެންއެންޑީއެފްގެ ޝިޕް ޝަހީދު އަލީ އަށް ޒިޔާރަތްކޮށް ބަލާލުމުގެ ފުރުސަތު ފުވައްމުލަކު ބަނދަރުގައި އޮންނާނެ ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ސިފައިންގެ ފޮޓޯ މަޢުރަޒެއް އެންމެ ފަހުން ބާއްވާފައިވަނީ މިއަހަރުގެ ސިފައިންގެ ދުވަހާ ގުޅިގެން ށ.ކޮމަންޑޫގައެވެ.

banner

ކިޔުންތެރިންގެ ޚިޔާލު