A wide advertisement which will be shown on all devices. (700 x 100)

ސިތާނާ ސްޓޯރގެ ފަރާތުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ޓޮޕް އެޗީވާރސް އެވޯޑްދީފި

ސިތާނާ ސްޓޯރ ގެ ޓޮޕްއެޗީވަރސް އެވޯޑް ލިބުނު ބައެއް ކުދިން. ފޮޓޯ: ސިތާނާ ސްޓޯރ

ފުވައްމުލަކު ޕްރައިމަރީ އަދި ސެކަންޑަރީ ސްކޫލްތަކުން 2014 ވަނަ އަހަރު އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ސިތާނާ ސްޓޯރގެ ފަރާތުން ޓޮޕްއެޗީވަރސް އެވޯޑް ދިނުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ.

ސިތާނާ ސްޓޯރ އިން ރޭ ބޭއްވި ހަފްލާގައި ފުވައްމުލަކު ސްކޫލްތަކުން 2014 ވަނަ އަހަރު އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރި 42 ދަރިވަރަށް އެވޯޑް ދީފައިވެއެވެ.

ޓޮޕްއެޗީވަރ އެވޯޑްގެ އިތުރުން ދަރިވަރުންނަށް ޑިސްކައުންޓް ކާރޑްއެއްވެސް ރޭ ވަނީ ހަވާލުކޮށްފައެވެ. މި ކާޑު ބޭނުން ކޮށްގެން ސިތާނާ ސްޓޯރުން ކުރާ ވިޔަފާރިތަކުގެ ތެރެއިން ސްކޫލަށް ބޭނުންވާ ހުރިހާ އައިޓަމްތަތަކުން %20 ޑިސްކައުންޓް އަދި އެހެނިހެން އައިޓަމްތަކުން ވެސް ކަނޑައެޅޭ ޑިސްކައުންޓެއް ލިބިގެން ދާނެކަމަށާއި އަދި މިޑިސްކައުންޓް ކާރޑް ދަރިވަރުންގެ މަތީ ސާނަވީ ކިޔެވުން ނިމެންދެން ބޭނުން ކުރެވޭނެ ސިތާނާ ސްޓޯރ އިން ވިދާޅުވިއެވެ.

ޏ. އަތޮޅު ތަޢުލީ މަރުކަޒުގައި ބޭއްވި މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ފަލާހް ޝަރީފްއެވެ. ޝަރަފްވެރި މެހެމާނުގެ ވާހަކަފުޅުގައި ތަޢުލީމު އުގެނި އޭގެ ބޭނުން މުޖުތަމާޢުއަށް އެންމެ އެދެވޭ ގޮތެގައި ހިފުމަށް ދަރިވަރުންނަށް ގޮވާލެއްވިއެވެ. އަދި ރަނގަޅު މުޖުތަމަޢުއެއް ބިނާކުރުމަށް ކުދިން ތަރުބިއްޔަތު ކުރުމުގައި މުދައްރިސުންނާއި ބެލެނިވެރިން ސަމާލުކަން ދޭން ޖެހޭ މުހިންމު ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދެއްކެވިއެވެ.

ފުވައްމުލަކުގައި ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ސިތާނާ ސްޓޯރ ގެ އިން ވިދާޅުވީ ސިތާނާ ސްޓޯރ ޓޮޕްއެޗީވާ އެޥޯޑަކީ ސްކޫލް ކުދިންގެ މެދުގައި ކިޔެވުމާއި އިތުރު ޙަރަކާތްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ މަޤްޞަދުގައި އެފިހާރާއިގެ ފަރާތުން 2012 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !