16 ޑިސެމްބަރ 2018 ( އާދީއްތަ )

banner

ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ފަލާހް ޝަރީފް

އަތޮޅު ކައުންސިލްގެ ރައީސް ފަލާހް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ފަލާހް ޝަރީފް މިރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަބްދުﷲ ފަލާހް ޝަރީފް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ ކްރިމިނަލް ކޯޓްގެ ހުކުމެއް ތަންފީޒް ކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ހާޟިރު ކުރުމަށް ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރު ކުރުމާއި ގުޅިގެން ކަމަށެވެ.

ކްރިމިނަލް ކޯޓުން 18 ނޮވެމްބަރ 2015 ގައި ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރުގައި ބުނެފައިވަނީ “ވައްކަން ކުރުމުގެ ކުށުގެ މައްސަލައަކާއި ގުޅިގެން ހެއްކެއްގެ ގޮތުގައި ހާޟިރުކުރަން ބޭނުންވެ، ކޯޓަށް ހާރިޟުކުރެވިފައި ނުވާ މީހެކެވެ. ވީމާ މީނާ ބަންދުގައި ބަހައްޓައިގެން 29 ނޮވެމްބަރ 2015 ވަނަ ދުވަހުގެ 10:00އަށް މިކޯޓަށް ހާޟިރުކުރުމަށް އަމުރުކުރަމެވެ.” ކޯޓް އަމުރުގައި ބުނެފައިވެއެވެ.

ފަލާހްގެ ގާތް ރައްޓެއްސަކު ބުނިގޮތުގައި ހެއްކެއްގެ ގޮތުގައި ފަލާހް ކޯޓަށް ހާޟިރުކުރުމަށް ކޯޓް އަމުރު ނެރެފައިވާ މައްސަލައަކީ 2009 ވަނަ އަހަރު ހިނގި މައްސަލައެއް ކަމަށެވެ. މިމައްސަލައާއި ގުޅިގެން ފަލާހްގެ ދެބެއިންގެ ދެ ދަރި ކޮއްކޮ އެއްކަމަށްވާ ރޯޑް ކޯޕަރޭޝަންގެ ފުވައްމުލަކު އޮފީހުގެ ޑެޕިއުޓީ މެނޭޖަރ ޝަފާޒް ޝަރީފް ވެސް މިރޭ ހައްޔަރުކޮށްފައިވެއެވެ.

ފަލާހް އަކީ އެމްޑީޕީގެ ޓިކެޓްގައި އަތޮޅު ކައުންސިލަށް އިންތިހާބުވެފައިވާ ކައުންސިލަރެކެވެ.

banner

ކިޔުންތެރިންގެ ޚިޔާލު