A wide advertisement which will be shown on all devices. (700 x 100)

އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ވަޒީފާއިން ވަކިކުރި ފަހުމީއަށް 4 ލައްކަ ރުފިޔާ ދޭން ހުކުމް ކޮށްފި

ޖިންސީގޯނާކުރި ކަމުގެ ތުހުމަތުގައި އިތުބާރު ނެތިގެން ފަހުމީ ވަޒީފާއިން ވަކިކުރީ ގަވާއިދާއި ޚިލާފަށް- ސްޕްރީމް ކޯޓް

ސިވިލް ސާރވިސް ކޮމިޝަނުގެ ރައީސްގެމަގާމުގައި ހުންނަވައި އެކޮމިޝަނުގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖުލީހުން އިތުބާރު ނެތްކަމުގެ ވޯޓުން ވަކިކުރި މުހައްމަދު ފަހުމީ ހަސަން ވަޒީފާއިން ވަކިކޮށްފައި ވަނީ ނުގަވާއިދުން ކަމަށާއި އެކަމުގެ ބަދަލެއްގެ ގޮތުން އެނާއަށް 4 ލައްކައަށްވުރެ ގިނަ ރުފިޔާ ދޭން އިއްޔެ ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ސިވިލް ކޯޓުން އިއްޔެ ހުކުމް ކޮށްފައި ވަނީ ފަހުމީ މަގާމުން ވަކިކޮށްފައި ވަނީ ގާނޫނާއިި ޚިލާފަށް ކަމަށް ވާތީ، އެކަމުގެ ބަދަލެއްގެ ގޮތުން 421733 ރުފިޔާ 2 މަސްދުވަހުގެ ތެރޭގައި ދައުލަތުން އޭނާއަށް ދިނުމަށެވެ. އަދި މިހާރު އޭނާ ހުރީ ދައުލަތުގެ ސަފީރުކަމުގައި މެލޭޝިއާގައި ކަމުން މިއަދަދަކީ އޭނާ ސަފީރުކަމަށް އައްޔަން ކުރުމާއި ހަމަޔަށް، އޭނާއަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ކަމަށެވެ.

ފަހުމީ ސީއެސްސީގެ ރައީސްކަމުގައި ހުންނަވައި އެކޮމިޝަނުގެ އަންހެން މުވައްޒިފެއްގެ ބަނޑުގައި އަތްލި ކަމަށާއި އަދި އޭނާގެ އޮފީހުގެ ކޮޓަރިއަށް ގެންގޮސް ޖިންސީގޮތުން ގޯނާކުރިކަމުގެ އެތައް ވާހަކަތަކެއް ރައްޔިތުންގެ މަޖުލީހުގެ ސިއްރު ކޮމެޓީގައި އެއަންހެން މުވައްޒަފުވަނީ ދައްކާފައެވެ. އަދި އެއިގެބައެއް ވާހަކަތައް  މީޑީއާއަށް އޭނާ ވަނީ ކިޔައިދީފައެވެ.

އެމައްސަލައިގައި ރައްޔިތުންގެ މަޖުލީހުން ފަހުމީގެ އިތުބާރުނެތްކަމަށް ވޯޓަށްއަހައި އޭނާމަގާމުން ވަކިކުރިއެވެ. އަދި އެކަން ފަހުމީ ސްޕްރީމް ކޯޓަށް ހުށަހެޅުމުން އެކޯޓުން ވަނީ ފަހުމީ މަގާމުން ވަކިކުރީ ނުގަވާއިދުން ކަމަށް ބުނެ ފަހުމީއާއި އެއްކޮޅަށް ހުކުމް ކޮށްފައެވެ. އެއީ ފަހުމީގެ މައްޗަށް އެއްވެސް ކުށެއް ސާބިތުވެފައި ނެތުމުން ކަމަށް ބުރަވެގެން ނެވެ.  

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !