A wide advertisement which will be shown on all devices. (700 x 100)

ދީން ޙިމާޔަތް ކުރުމުގެ ނަމުގައި ޖަމްޢިއްޔަތުއްސަލަފުން ބާއްވަން އުޅުނު ފޯރަމް ހުއްޓުވައިފި

ދީން ޙިމާޔަތް ކުރުން، މި މައުޟޫއަށް ޖަމްޢިއްޔަތުއްސަލަފުން މިރޭ ބާއްވަން އުޅުނު ފޯރަމް ހުއްޓުވައިފި ކަމަށް އެޖަމްއިއްޔާއިން ބުނެފިއެވެ.

އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކުގެތެރެއިން ’ދީން ޙިމާޔަތް ކުރުން‘ މި މައުޟޫއަށް ޖަމްޢިއްޔަތުއްސަލަފުން މިރޭ ޢަރަބިއްޔާސްކޫލު ހޯލުގައި ކުރިއަށްގެންދިއުމަށް ރާވައި، ވަރަށްބޮޑަށް އިޝްތިހާރު ކޮށްފައިވާ މި ފޯރަމް ހުއްޓުވާފައިވަނީ އިސްލާމިކް މިނިސްޓްރީއިން ނަގަން ޖެހޭކަމަށް ބުނާ ހުއްދައެއް ނުނަގާ ބާއްވަން އުޅުމުގެ ސަބަބުންނެވެ.

ޖަމްޢިއްޔަތުއްސަލަފްގެ އިސް އޮފިޝަލަކު ވިދާޅުވިގޮތުގައި، ފޯރަމަށް ޢަރަބިއްޔާސްކޫލު ހޯލު ތައްޔާރު ކުރުމަށް މިއަދު މެންދުރުފަހު އެ ސްކޫލަށް ދިއުމުން އެތަނަށް ވަނުން މަނާކޮށްފައިވާކަމަށާއި އަދި މިރޭގެ ފޯރަމް އެ ސްކޫލު ހޯލުގައި ކުރިއަށް ނުގެންދެވޭނެކަމަށް ސްކޫލުގައި އެވަގުތު ހުރި ގާޑު މީހާ ބުނެފައިވާކަމަށެވެ. އަދި އެމީހާއަށް އެކަން އަންގައި އަމުރުކޮށްފައިވަނީ ސްކޫލުގެ މުދީރުކަމަށެވެ.

މި ފޯރަމް ކެންސަލުވުމާއި ގުޅިގެން، ޖަމްޢިއްޔަތުއްސަލަފްގެ ނައިބުރައީސް ދެއްވި އިންޓަވި އެއްގައި ވިދާޅުވެފައިވަނީ ދަރުސް ބޭއްވުމަށް އިތުރު ހުއްދައެއް ނަގަން ނުޖެހޭނެ ކަމުގައެވެ. އަދި މިހާތަނަށް ޖަމްޢިއްޔާއިން ބާއްވާފައިވާ ހުރިހާ ދަރުސްތަކާއި ފޯރަމްތައްވެސް ބާއްވަމުން ގެންގޮސްފައިވާނީ، ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތަށް ޖަމްޢިއްޔަތުއްސަލަފަށް ލިބިފައިވާ ހުއްދައިގެ ދަށުން، ރާއްޖޭގައި ދީނީ ނަޞޭޙަތް ދިނުމުގެ ހުއްދަ އޮންނަ ޢިލްމުވެރިން މެދުވެރިކޮށެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިރޭ ބޭއްވުމަށް ހަމަޖައްސާފައި އޮތީ ސަލަފް ފޯރަމްގެ 6 ވަނަ ފޯރަމެވެ. ފާއިތުވި 5 ފޯރަމްވެސް ބާއްވާފައިވާނީ ލިބިފައިވާ ހުއްދައިގެ ދަށުން، އެވިދާޅުވާ އިތުރު ހުއްދައަކާއި ނުލައި ކަމަށް އެޖަންއިއްޔާއިން ހާމަކުރެއެވެ.

މިރޭގެ ފޯރަމްގައި ވާހަކަ ދައްކަވަން ހަމަޖެހިފައިވަނީ އައްޝައިޚް އަޙްމަދު ސަމީރު، އައްޝައިޚް ޙަސަން މޫސާ ފިކްރީ އަދި އައްޝައިޚް ޢަބްދުއްސަލާމް ދާޥޫދު އެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !