A wide advertisement which will be shown on all devices. (700 x 100)

އެސްއެމްއީ ބޭންކުގެ ޚިދުމަތް އަންނަ މަހު ފަށަނީ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން އުފައްދާ ބޭންކުގެ ޚިދުމަތް އަންނަ މާޗުމަހުގެ ތެރޭ ފަށާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިހެން ވިދާޅުވީ “އެޖެންޑާ ނަވާރަ”އިގެ ނަމުގައި އެމްޑީޕީން ކުރިއަށްގެންދާ މަޖްލީސް އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވޭތުވެދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުން ކޮށްފައިވާ ކަންތައްތަކަށް އަލިއަޅުއްވާ ލައްވަމުން ރައީސް ވިދާޅުވީ މަސްވެރިންނަށް ޑީސަލުން ޑިއުޓީ ކަނޑާލާފައިވާ ކަމަށާއި ސްކޫލް ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ފެށިފައިވާ ކަމަށާއި އެސްއެމްއީ ބޭންކްގެ ޚިދުމަތް އަންނަ މާރޗްމަހުގެތެރޭގައި ފަށާނެ ކަމަށެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އުފެއްދުމަށް ނިންމާފައިވާ އެސްއެމްއީ ބޭންކުގެ ޚިދުމަތް ދޭންފެށުމަކީ ސަރުކާރުގެ ސަތޭކަ ދުވަހުގެ ވަޢުދުތަކުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީކުރުމަށް އެހީވެދިނުމުގެ ގޮތުން އަލަށް އުފައްދާ ބޭންކްގައި ފުވައްމުލައް ސިޓީގެ ހިއްސާ ވެސް އޮންނާނެ ކަމަށް، ގެސްޓް ހައުސް ސިމްޕޯޒިއަމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިޙު ވަނީ މިދިޔަ ޑިސެމްބަރު މަހު ވިދާޅުވެފައެވެ. އެރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މާތް ﷲގެ ވާގިފުޅާއެކު، އެބޭންކުން ލޯނު ދޫކުރުމުގެ މަސައްކަތް 2019 ވަނަ އަހަރުގެ ފެބްރަވަރީ މަހުގައި ފެށިގެން ދާނެކަމަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !