ކަމިޝަނާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސައިން ފުވައްމުލަކު ސިޓީ ކައުންސިލާއި ބައްދަލު ކުރައްވައިފިއެވެ. މިބައްދަލުވުމުގައި ބައްދަލުވުމުގައި އިމިގްރޭޝަނުން ފުވައްމުލަކުގައި ދެމުންގެންދާ ޚިދުމަތް އިތުރަށް ފުޅާކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނެވެ. އަދި މުވައްޒަފުން އިތުރުކުރުމާއި އިތުރު ވަސީލަތްތައް ގާއިމުކުރުމުގެ ގޮތުން ޖާގަ އިތުރުކުރުމާއި ގުޅޭގޮތުން ހުރި ފުރުސަތުތައް ބައްލަވާލެއްވުނެވެ.
ކަމިޝަނާގެ މިދަތުރު ފުޅުގައި ފުވައްމުލަކު ފުލުހުންނާއިވެސް ބައްދަލު ކުރެއްވިއެވެ. ފުލުހުންނާއެކު ބޭއްވި ބައްދަލުވުމުގައި ފުވައްމުލަކުގައި ގަވާއިދާ ޚިލާފަށްއުޅޭ ބިދޭސީން މަދުކުރުމުގެ އަމަލީ މަސައްކަތް ފެށުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ.
+1
+1
ޚިޔާލުތައް