A wide advertisement which will be shown on all devices. (700 x 100)

އައިބޭ ކަޕްގެ ނަމުގައި ފުޓްސަލް މުބާރާތެއް ބާއްވަނީ

މަލީހުގެ ޔޫތު މިނިސްޓަރު ކަމުގައި ފުވައްމުލަކުގައި ވަނީ 3 ފުޓުސަލް ދަޑު އަލާފައެވެ.

މި ނޮވެމްބަރު މަހު 28 ން އަންނަ ޑިސެމްބަރު މަހު 5 ށް ފުވައްމުލަކު ދަޑިމަގު ފުޓްސަލް ދަނޑުގައި “އައިބޭ ކަޕް”ގެ ނަމުގައި ޒުވާނުންނަށް ފުޓްސަލް މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ. މިމުބާރާތް އަމާޒު ކުރެވިފައި ވަނީ 17 އަހަރުން ދަށުގެ ފަރާތްތަކަށެވެ.

މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ފުވައްމުލަކުގެ 8 އަވަށުގެ ޓީމުތަކަށް ވެސް މިހާރު ވަނީ ހުޅުވާލާފައެވެ. މިހަތަނަށް 6 ޓީމަކުން އެޕްލިކެޝަން ފޯމު ގެންގޮސްފައިވާކަމަށާއި ބޭނުންވަނީ ވިހާވެސް ގިނަ ފަރާތްތަކަށް ފުރުސަތު ދިނުން ކަމަށް މުބާރާތް އިންތިޒާމުކުރުމުގައި އިސްކޯސް އުޅުއްވާ ހަސަން އިޔާޒު މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ހާމކުރިއެވެ.

މިމުބާރާތް ކުޅުމަށް ހަމޖެހިފައި ވަނީ ގްރޫޕްތަކަކަށް ޓީމުތައް ބަހާލައިގެން ސެމީފައިނަލް އަދި ފައިނަލް ވެސް ކުޅޭގޮތަށެވެ.

ސްކޫލް ނިންމާ އުމުރުގެ ކުދިންނަށް އަމާޒުވާ މިމުބާރާތުގައި ކޮންމެ ޓީމަކަށްވެސް 18 އަހަރުގެ ދެކުޅުންތެރިއަކަށް ކުޅުމުގެ ފުރުސަތު ދޭގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށް ވެއެވެ. އަދި އެހެން އަވަށެއްގެ ދެ ކުޅުންތެރިން ކޮންމެ ޓީމެއްގައި ވެސް ހިމެނުމުގެ ފުރުސަތު ދީފައިވާކަމަށް އިޔާޒު ބުންޏޭވެ.

މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ވެސް ޓްރޮފީ ސެޓްފިކެޓް އަދި މެޑެލް ދެގިޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށާއި، ފެއަރ ޕްލޭ ޓީމަށް، އަދި ކޮންމެ މެޗެއްގެ މޮޅު ކުޅުންތެރިޔާއަށް ވެސް ޓްރޮފީއެއް ހުށަހެޅިފައިވާ ކަމަށް އިޔާޒު މައުލޫމާތު ދިނެވެ. އަދި މުބާރާތުގައި އެންމެ ގިނަ ގޯލުޖަހާ ކުޅުންތެރިއަކަށް ރަން ބޫޓެއްވެސް ވަނީ ހުށަހަޅާފައެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފީނިކްސް  ޒޯން އިން ލިބެން ހުންނާނެކަމަށާއި މުބާރާތާއި ގުޅޭ އިތުރު މައުލޫމާތު  9979779 ން ލިބޭނެކަމަށް އިޔާޒު ހާމަކުރިއެވެ. މުބާރާތުގައި ބައިވެރިވެ ވޭނެ ސުންގަޑި އަކީ 26 ނޮވެމްބަރު (ބުރާސްފަތި) ދުވަހުގެ ހަވީރު 6:00 އަށް ކަމަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !