A wide advertisement which will be shown on all devices. (700 x 100)

ދަނޑުވެރިކަމާއި ގުޅޭ މައުލޫމާތު ސެޝަނެއް ބާއްވަނީ

ފުވައްމުލަކު އަލައޮޅުތަކަށް ޖެހިފައިވާ ބަލި - ލީފްބަލައިޓް

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އަދި އެގްރިކަލްޗަރ އާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން ދަނޑުވެރިކާއިގުޅޭ މައުލޫމާތު ސެޝަނެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މިސެޝަނުގައި ފުވައްމުލަކުގައި ގިނަ އަދަދަކަށް ހައްދާ އަނބުގަހަށް ދިމާވެފައިވާ މައްސަލަތަކާއި ފުވައްމުލަކުގެ އޮޅުތަކަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅޭ ގޮތުން ކަމުގެ މާހިރުން މެދުވެރިކޮށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ސިޓީ ކައުންސިލުން  ހާމަކޮށްފައި ވެއެވެ.

މިސެޝަންގައި ބައިވެރިވާން އެދޭ ފަރާތްތަކުން ސިޓީ ކައުންސިލްގައި ނަން ނޯޓް ކުރުމަށް އެދިފައިވެއެވެ. ނަން ނޯޓުކުރުމަށް 7437436 ނުވަތަ 6865001 ގުޅުއްވުމަށް ސިޓީ ކައުންސިލުން އެދެއެވެ.

ފުވައްމުލަކުގެ އަލަ އޮޅުތަކަށް ވަނީ “ލީފް ބްލައިޓް” ގެ އަސަރުކޮށްފައެވެ. ލީފް ބްލައިޓަކީ ފަތުގައި ރީނދޫ ކުލައިގެ ލަފެއް ޖަހައި އެލަފު ބޮޑުވެ ކުލަ ގަދަވަމުން ގޮސް ދަބަރު ކުލައަށްވާ ބައްޔެކެވެ. މިބަލީގައި ފަތް މުޅިންހެން އަނދައިގެން ދެއެވެ. މިއާއެކު ފަތްތަކުން އުފައްދަން ޖެހޭ ކާނާ ނުއުފެއްދުމުގެ ސަބަބުން ‘އަލަވާ ގޮތެއް’ ނުވެއެވެ. “އަލަބިހުގެ” ފަތްތައް އެނދުމުގެ ސަބަބުން ފޮޓޯސިންތަސިސް އަށް ބޭނުންވާ ފެހިބައިތައް ނެތުމާއި އެކު އަލަވުމަށް ބޭނުންވާ ކާނާ އަލަބިހަށް ނުއުފެއްދެއެވެ.

ސިއްހަތު ރަނގަޅު އަލަބިހެއްގައި 5-7 ފަތް ހުރެއެވެ. ނަމަވެސް ބަލި ޖެހުމުން ފަތް އަނދައި ގިނަ އަލަބިހުގައި ހުންނަނީ 2-3 ފަތެވެ.

މިބަލީގެ ފަރުވައެއްގެ ގޮތުގައި ލޮޔާއި، މެންގަނީޒް އަދި ޒިންކް ހިމެނޭ ކެމިކަލް ސްޕްރޭއެއް ބޭނުންކުރެއެވެ. މީގެ އިތުރުން ޖެނެޓިކް ގޮތުން މިބަލި ނައަރާ ގޮތަށް އަލަގަސްތައް އުފައްދައިގެން ވެސް ބޭނުންކުރެއެވެ. އެއީ މިބަލީގެ ދާއިމީ ހައްލެކެވެ.

ލީފްބަލައިތްގެ ލައިފްސަިކަލް – ފްރެޑް ބްރޫކްސް 2015- އެފްއޭއޯ

އަލައަކީ ދުނިޔޭގެ 14 ވަނައަށް އެންމެ ގިނައިން ކާން ބޭނުންކުރާ ތަރުކާރީ/ފަލަމަޑީގެ ބާވަތެވެ.

ކިޔާލަން: ފުވައްމުލަކުގެ އަލައޮޅު ދަނޑުތައް ނުރައްކަލެއްގައި

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !