20 އޯގަސްޓް 2019 ( އަންގާރަ )

އެޗްޕީއޭ ފުވައްމުލަކު ޔުނިޓުން މަދިރި އުފެދޭތަންތަން ފާހަގަ ކުރަނީ.

ދެމެހެއްޓެނިވި ގޮތަކަށް ފުވައްމުލައް ސިޓީއިން މަދިރި މަދުކުރުމުގެ ޕްރޮގަރާމެއް ފަށަނީ

ދެމެހެއްޓެނިވި ގޮތަކަށް ފުވައްމުލައް ސިޓީއިން މަދިރި މަދުކުރުމުގެ ޕްރޮގަރާމެއް ފެއްޓުމަށް ތައްޔާރުވެއްޖެއެވެ.

ފުވައްމުލައް ސިޓީގައި ތިމާވެށީގެ ކަންކަމުގައި ހަރަކާތްތެރިވާ ވަން-ފުވައްމުލައް ޖަމްއިއްޔާއާއި ޑރ. ޖަމްޝީދު، ފުވައްމުލައް ސިޓީ ކައުންސިލު، ފުވައްމުލައް ސިޓީ ޕަބްލިކް ހެލްތު ޔުނިޓާއި ފުވައްމުލަކު ހޮސްޕިޓަލް ގުޅިގެން ކުރިޔަށް ގެންދިއުމަށް ރޭވިފައިވާ މި ޕްރޮގްރާމުގައި ބަލާނީ ކެމިކަލްސް ބޭސް ބޭނުން ނުކޮށް ދެމެހެއްޓެނިވި ގޮތެއްގައި މަދިރި ކޮންޓްރޯލް ކުރުމުގެ ގޮތްތަކެއް ހޯދުމަށެވެ.

މި ޕްރޮގްރާމުގައި ރަށުގައި އުޅޭ މަދިރީގެ ބާވަތްތަކާއި މަދިރި އާލާވާ ގޮތްތަކާއި، މަދިރި މަދުކުރުމަށް ތިމާވެއްޓާއި އެންމެ ރައްޓެހި ގޮތްތަކަކީ ކޮބައިތޯ ދެނެގަނެވޭނެ ކަމަށް ވަން-ފުވައްމުލައް ޖަމްއިއްޔާގެ އިސްމެންބަރެއް ކަމުގައިވާ އަޝްރަފު ނޫމާނު ހާމަކުރެއްވިއެވެ.

ގިނަ ދުވަސްތަކަކަށް ނުހިނދި އޮންނަ ފެންގަނދު ތަކުން މަދިރި އާލާވާކަމަށް ބެލެވޭ. އެގޮތުން ފވމ އޮޅާއި ކުޅިތައް ބެލެވިދާނެ ބާ؟

މިޕްރޮގްރާމުގައި އެޗްޕީއޭގެ “އެންޓެމޮލޮޖިސްޓަކު” ބައިވެރިވާނެ ކަމަށް ވެއެވެ. އެންޓެމޮލޮޖިސްޓުންނަކީ ސުފާސޫފީގެ (އިންސެކްޓް) އިލްމު ގެ މާހިރުންނެވެ.

މިޕްރޮގްރާމު ކުރިޔަށް ގެންދިއުމަށް ވޮލަންޓިއަރުންގެ އެހީތެރިކަމަށް ވަން-ފުވައްމުލައް ޖަމްއިއްޔާއިން ވަނީ ގޮވާލާފައެވެ. މި ޕްރޮގްރާމުގައި އަމަލީގޮތުން ބައިވެރިވާން އެދޭ ފަރާތްތަކުން އެޖަމްއިއްޔާ އާއި ގުޅުއްވުމަށް ފުވައްމުލަކުގެ 3 ހިސާބަކުން މީހުން ކަނޑައަޅައި އެޖްމައިއްޔާގެ އާއްމު ވައިބަރ ގްރޫޕްގައި ވަނީ ހިއްސާކޮށްފައެވެ. މިހަރަކާތުގައި ބައިވެރިވުމަށް ބޭނުންވާ ވޮލަންޓިއަރުން ވަން ފުވައްމުލަކުގެ ރައީސް އިސްމާޢީލް ރަފީގު 7773712 އާއި ނާއިބް ރައީސް އަޝްރަފު ނުއުުމާނު (އައްރާ) 9891019 އާއި ސެކްރެޓްރީ އަބްދުﷲ ވަސީމު 9953613 އަށް ގުޅުއްވުމަށް ވަން ފުވައްމުލަކުން އެދެއެވެ.

މިޕްރޮގްރާމްގައި ބައިވެރިވާ ވޮލަންޓިއަރުންގެ މަސައްކަތާއި ގުޅޭ ގޮތުން ތަމްރީނު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މަދިރީގެ މައްސަލައަކީ ފުވައްމުލަކުގައި ހައްލެއް ނުލިބި ގިނަ ދުވަސްވެފައިވާ މައްސަލައެކެވެ.



ކިޔުންތެރިންގެ ޚިޔާލު