20 އޯގަސްޓް 2019 ( އަންގާރަ )

މިއަދު ގެ އެމްޑީޕީ ގައުމީ މަޖުލީހުގެ ޖަލްސާއަށް ފަހު ރައށީް ނަޝީދު މީޑިއަގައި ވާހަކަ ދައްކަވަނީ

ފުވައްމުލަކު ދެކުނު ދާއިރާގެ މަޖުލިސް އެމްޑީޕީ ޓިކެޓަށް ވަނީ ކިހިނެތް ބާ؟

ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތިންގެ މަޖުލިީހުގެ އެމްޑީޕީ ޓިކެޓަށް ވަނީ ކިހިނެތްކަމާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފިއެވެ. ވަރުގަދަ ޕްރައިމަރީއަކަށް ފަހު އެ ދާއިރާގެ ޓިކެޓް ހާސިލުކޮށްފައި ވަނީ ދޫނޑިގަމު ޒީނިޔާ މުހައްމަދު މުމްތާޒެވެ. މުމްތާޒުއާއި އެންމެ ކައިރިން ވާދަކުރީ ފުނާޑު އަވަށު ފަޅަގަނޑިގޭ މައުރޫފު އެވެ.

ޓިކެޓް ލިބޭ ފަރާތަކާއި މެދު ސުވާލު އުފެދެނީ މި ދެ ފަރާތުގެ ކަމަކުން ނޫނެވެ. އަދާލަތު ޕާޓިން އެމްޑީޕީއާއެކު މަޖުލިސް އިންތިޚާބުގައި މަސައްކަތް ކުރުމަށް، އެޕާޓީއަށް މަދު އަދަދެއްގެ ސީޓް ތަކެއް ދޫކޮށްލަން އެދި ހުށަހެޅުމުންނެވެ. އަދާލަތު ޕާޓީން އެދިފައި ވަނީ މަޖުލީހުގެ 5 ނޫނީ 6 ދާއިރާ އެޕާޓީއަށް ދޫކޮށް ދިނުމަށް ކަމަށް ވެއެވެ. އަދި އެއާއެކު އެހެން ދާއިރާތަކުގައި އަދާލަތު ޕާޓީގެ ސަޕޯރޓް އެމްޑީޕީއަށް ދޭގޮތަށް ކަމަށް ވެއެވެ. އެގޮތުން އަދާލަތު ޕާޓީއަށް ދޫކޮށްލުމަށް އެދި ހުށަހަޅާފައިވާ ދާއިރާތަކުގެ ތެރޭގައި ފުވައްމުލަކު ދެކުނު ދާއިރާ ހިމެނޭތީ އުފެދޭ ސުވާލެވެ.

މި ހުށަހެޅުން އެމްޑީޕީން ވަނީ ބަލައިގަނެ މަޝްވަރާ ކުރަން ފަށާފައެވެ. އަދި މީޑިއާގައި އެޕާޓީގެ ބަސްމަގު ހުރިގޮތަށް ބަލާއިރު އެ 5 ނޫނީ 6 ގޮނޑި އަދާލަތު ޕާޓީއަށް ދޫކޮށް ލުމަށް ނިންމުމަކީ  ކައިރިކަމެއް ކަމަށް ބެލެވެއެވެ. އެގޮތުން އެމްޑީޕީން ދެކޭ ގޮތުގައި އަދާލަތު ޕާޓީއާއެކު މަޝްވަރާ ކުރަން އެހެން ޕާޓީތަކަށްވުރެ ފަސޭހައެވެ. އެއީ އެޕާޓީގެ ކަންކަން ވެސް އުސޫލެއްގެ ތެރެއިން ތަރުތީބުވެގެން ކުރިޔަށް ގެންދާތީ ކަމަށް އެމްޑީޕީން ބުނެއެވެ.

މިކަމާއި މެދު މަޝްވަރާ ކުރުމަށް މިއަދު ވަނީ އެމްޑީޕީގެ ގައުމީ މަޖުލީހުގެ ނުރަސްމީ ބައްދަލުވުމެއް ބާއްވާފައެވެ. އެހެނީ އެމްޑީޕީން 86 ދާއިރާއަށް ވާދަކުރާނެ ކެންޑިޑޭޓުން ހޮވައި، ބޮޑު ރަސްމިއްޔާތެއް ބާއްވައި އެމީހުން ރަސްމީކޮށް ރައްޔިތުންނަށް އަދި އެމްޑީޕީގެ މެންބަރުންނަށް ވަނީ ތައާރަފު ކުރެވިފައެވެ.

އެމްޑީޕީން ވެސް ގަބޫލުކުރާ ގޮތުގައި އެޕާޓީގެ ޓިކެޓަށް ހޮވިފައިވާ އެއްވެސް މީހަކު ބާކީ ކުރުމުގެ ބާރެއް އެޕާޓީގެ ލީޑަރ ޝިޕަކަށް ވެސް ނެތެވެ. ދޫދިނުމުގެ ހުރިހާ ބާރެއް ވެސް މިހާރު އޮތީ އެދާއިރާގެ އެމްޑީޕީ މެންބަރުންނާއި އެ ދާއިރާއެއްގެ ޓިކެޓް ލިބިފައިވާ ފަރާތަށެވެ. އެފަރާތުން ދޫދީގެން ނޫން ގޮތަކަށް މިކަން ހާސިލުކުރުމަކީ ނުވާނެ ފަދަ ކަމެކެވެ.

އަދާލަތު ޕާޓީއާއެކު މަޖުލިސް އިންތިޚާބުގައި މަސައްކަތް ކުރުމަކީ އެމްޑީޕީއަށް ވެސް އެންމެ ފައިދާހުރި ގޮތްކަމަަށް އެމްޑީޕީގެ ލީޑަރ ޝިޕުން ގަބޫލުކުރާ ހިނދު އަދާލަތު ޕާޓީގެ އެންމެ ފަހުގެ އެދުމަށް ފުރަގަސް ދޭނެ ކަމަކަށް ނުބެލެވެއެވެ. އެކަމުގެ ހެއްކަކީ އެމްީޕީިގެ އެތެރޭގެ މަޝްވަރާތައް މިކަމަށް އިސްވެގެން ދިއުމެވެ.

އެގޮތުން މިއަދު ބޭއްވި ގައުމީ މަޖުލީހުން ވަނީ މިކަމުގައި ގޮތެއް ހޯދުމަށް މަޝްވަރާ ކުރުމުގެ ބާރު އެޕާޓީގެ ރައީސް، ރައީސް ނަޝީދަށް ދީފައެވެ. ރައީސް ނަޝީދު މީޑިއާގައި ވިދާޅުވި ގޮތުން އެކަމުގައި އެބޭފުޅާއަށް ގޮތެއް ހޯއްދެވޭނެއެވެ.

މިއަދުގެ ބައްދަލުވުމަށް ފަހު ރައީސް ނަޝީދު ވިދާޅުވީ “އަޅުގަނޑުުމެންގެ ޕާޓީއަކީ ވަކިވަކި ގޮނޑި ތަކަކަށް ބޭފުޅުން އިންތިޚާބުވެފައި ތިބި ނަމަވެސް، ޖުމްލަކޮށް ޕާޓީގެ ފައިދާއަށް ބައްލަވާނެ، ގައުމީ މަޖުލީހުގެ ހުރިހާ ބޭފުޅުން، އިންތިޚާބުވެފައި ތިއްބެވި ހުރިހާ ބޭފުޅުން ވެސް”. މިއާއެކު ހާމަވެގެން ދަނީ އެޕާޓީން މިކަމުގައި ދޫދޭން ވިސްނާ ކަމެވެ.

އުސޫލެއްގެ ގޮތުން މަދު ގޮނޑިތަކެއް އަދާލަތު ޕާޓީއަށް ދޫކޮށްލުމަކީ ރަނގަޅު ކަމެއްކަމަށް ޕާޓީގެ ހުރިހާ މެންބަރުން ވެސް ގަބޫލު ކުރައްވާ ކަމަށާއި ގައުމީ މަޖުލީހުގެ މެންބަރުންގެ ރުހުން ވެސް މިކަމުގައި، ވާހަކަދައްކައިގެން ގޮތެއް ހޯދުމަށް އޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް މަޖުލިސް އިންތިޚާބުގައި އަދާލަތު ޕާޓީއަށް ދޫކޮށް ލާނީ ކޮން ގޮނޑިިތަކެއް ކަމެއް ކަނޑަނާޅާކަމަށް ވިދާޅުވިއެވެ.

ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި އާއި ގުޅޭ ގޮތުން ރައީސް ނަޝީދު މަޝްވަރާ ކުރަން ހުރި އެއް ފަރާތަކީ އެދާއިރާގެ އެމްޑީޕީ ރައީސް ސައުދުﷲ އަޙުމަދެވެ. ޕްރައިމަރީގައި ސައުދުﷲ އަކީ މިހަރު ހޮވިފައިވާ މުމްތާޒާއި އެންމެ ވާދަވެރި ކެންޑިޑޭޓްގެ ކެމްޕޭން އިސް ހަރަކާތްތެރިއެކެވެ. ވުމާއެކު ސައުދުﷲ ގެ ވިސްނުން މިދާއިރާގެ ޓިކެޓް އަދާލަތު ޕާޓީގެ ކެންޑިޑޭޓަށް ދޫކޮށްލުމަށް ހުރެދާނެކަމަށް ބެލެވެއެވެ.

މިއަދުގެ އެމްޑީޕީ ގައުމީ މަޖުލިހުގެ ޖަލްސާގައި ފުވައްމުލަކު 3 ދާއިރާގެ ރައީސުން ވެސް ބައިވެރިވިނަމަވެސް މިހާލަތުގައި ދާއިރާގެ ރައީސްގެ އެކަނި ބަހަށް ކަން ނިންމާލެވޭނެ ހިސާބެއްގައި ނޫންކަން މިހާރު ކަންތައްތައް އޮތީ، ރައީސް ނަޝީދުގެ މިއަދުގެ މީޑިއާ އިންޓަވިއުއިން ވެސް ހާމަވިއެވެ.  ދެން އޮތީ ދާއިރާގެ ރައްޔިތުންގެ ބަސް އެހުމެވެ. ދާއިރާގައި ވޯޓު ދޭން ތިބި މެންބަރުންގެ ބަސް އެހުން އެއީ ފަސޭހައިން ކުރެވިދާނެ ކަމެއް ކަމެއްބާވައެވެ؟

އެންމެ ފަސޭހަކޮށް ދާއިރާގެ ޓިކެޓް އަދާލަތު ޕާޓީއަށް ދޫކޮށްލެވޭނީ އެދާއިރައިން ހޮވިފައިވާ ކެންޑިޑެޓް މުމްތާޒު އެކަމަށް އެއްބަސްވުމުންނެވެ.

ނަމަވެސް ސިޔާސީ ކަންކަމަކީ ގިނަ ބައެއްގެ ރުހުމާއެކު ނުނީ ކާމިޔާބުކުރެވޭ ކަމަކަށް ނުވާތީ މިފަދަ ދަނޑިވަޅުތަކުގައި ކޮޅު ގަދަކޮށް ހިފާ ބާރުކުރިޔަސް އާޚިރުގައި ފައިދާއެއް ނުލިބިދާނެއެވެ.

އެގޮތުން ބަލާއިރު އަދާލަތު ޕާޓީން ވާދަކުރަން އިޢުލާން ކޮށްފައިވާ 13 ގޮނޑިން 5 ގޮނޑި ދޫކޮށް އަނެއް 7 ގޮނޑިއަށް ވާދަކުރުމަށް އެމްޑީޕީގެ ސަޕޯރޓު މުހިންމުކަން އެ ވަނީ ގަބޫލުކޮށްފައި ކަމަށް ބަލައިގަންނަން ޖެހެއެވެ. އެހެނީ އެމްޑީޕީން ދޫކުރުމަށް އެދިފައިވާ 5 ނޫނީ 6 ގޮނޑިއާއި އެމްޑީޕީން ވާދަނުކުރާ 1 ގޮނޑިއާއެކު 6 ނޫނީ 7 ގޮނޑި އަށް ވާދަކޮށް  އެމްޑީޕީގެ ތާއިދާއެކު އިތުރު ގޮނޑިތަކެއް އެޕާޓީއަށް ވެސް ލިބުމުގެ އުއްމީދު ބޮޑުވެގެން ދާނެތީއެވެ.

ހަމަ އެގޮތަށް އެމްޑީޕީން 86 ގޮނޑިއަށް ވާދަކުރުމުގެ ބަދަލުގައި 5 ނޫނީ 6 ގޮނޑި އަދާލަތު ޕާޓީއަށް ދޫކޮށް، 80 ގޮނޑިއަށް އަދާލަތު ޕާޓީގެ ތާއިދާއެކު ވާދަކުރުމުން ގިނަ ގޮނޑިތަކެއް ކާމިޔާބު ކުރެވިދާނެ ކަމަށް ބެލެވެއެވެ.

މީގެ ކުރިން އެމްޑީޕީގެ އިސް ފަރާތްތަކަށް ގަބޫލުކުރެވިފައި އޮތީ 86 ދާއިރާއަށް ވާދަކުރި ކަމުގައި ވިޔަސް، ފުރުސަތު އޮތީ 53 ދާއިރާ ކާމިޔާބުކުރުމުގައި ކަމަށެވެ. އަދާލަތާއެކު މިބަދަލު ގެނެވި މަޖުލީހުގެ 60 ހާ ގޮނޑި ލިބިއްޖެ ނަމަވެސް އެމްޑީޕީއަށް މާ ރަނގަޅު ކަމަށް އެޕާޓީގެ މެންބަރުން ވެސް ގަބޫލުކުރާނެ ކަމަށް ބެލެވެއެވެ.ކިޔުންތެރިންގެ ޚިޔާލު