މިނިވަންކަމަށް 50 އަހަރު ފުރުން ފާހަނގަކުރުމަށް ހިންގި ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ފުނަ ހަރަކާތުގައި ފުވައްމުލަކުން ބައިވެރިވި ފަރާތްތަކުގެ ތެރެއިން 1 ވަނައަށް ގޮސްގެން ފައިނަލަށް ހޮވިފައި ވަނީ ހާފިޒު އަހުމަދު ސްކޫލްގެ ހަރަކާތެވެ. ފާއިތުވި ބުދަ ދުވަހު ޓީވީ މޯލްޑިވްސްގައި ބޭއްވި ނަތީޖާ ފާޅުކުރުމުގައި އިއުލާން ވެގެން ދިޔަ ގޮތުން ރާއްޖޭގެ 20 އަތޮޅުން މިހަރަކާތުގައި ބައިވެރިވެ 19 އަތޮޅެއްގެ ހަރަކާތްތައް ވަނީ ބޭއްވިފައި ވެއެވެ.
މިހާތަނަށް 279 ހަރަކާތް ދައްކުވައިދީފައިވާ ފުނަ ހަރަކާތުގެ އއ. އަތޮޅުގެ ފުނަ ހަރަކާތް ޑިސެމްބަރު މަހު މެދެއްހާ ހިސަބުގައި ބޭއްވޭނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ އާއްމުކޮށްފައެވެ.
ހޭޒުން 1 ވަނަ ހޯދީ “މިނިވަން ބަދަހި ގުޅުން” ގެ ނަމުގައި ދިވެހި އަމިއްލަ ރާގަކަށް، އަމިއްލައަށް ލަވަ ހަދައި، ކިޔައި، އެލަވަޔަށް ފުވައްމުލަކުގެ ސަގާފަތާއި ގުޅޭ ގޮތަށް 64 ދަރިވަރުންގެ ޑާންސް ހަރަކާތެއް ހުށަހަޅައި ދީގެންނެވެ. ހޭޒްގެ ލަވަ ހަދާފައި ވަނީ ކަނީރު އަބްދުއްރަހީމާއި އެސްކޫލުގެ ޓީޗަރެއް ކަމަށްވާ އާމިނަތު ޒުހައިރާ އެވެ. މިޔުޒިކް ހަދާފައި ވަނީ އަޙުމަދު ޝަފީގު (ޝަފަގޭ)، އަދި ލަވަ ކިޔާފައި ވަނީ ހާޒްގެ ގްރޭޑް 7 ގެ ދަރިވަރެއް ކަމަށްވާ ޒީން އަލީ މުޙައްމަދާއި ޝަފީގުއެވެ.
ހޭޒްގެ އިތުރުން އެމްޖޭއެމާއި ފުވައްމުލަކު ސްކޫލް އަދި ޏ.އޭއީސީންގެ އިތުރުން ފުނާޑު އަންހެނުންގެ ކޮމެޓީ، ފުނާޑު އަވަށުގެ އައިޓަމެއްގެ އިތުރުން މިސްކިތްމަގު އަވަށުން ވަނީ މިހަރަކާތުގައި އައިޓަމްތައް ބައިވެރިކޮށްފައެވެ.
މީގެތެރެއިން ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް މިސްކިތްމަގު އަވަށުން ހުށަހެޅި ފުވައްމުލަކުގެ ސަގާފީ އާލާތްތައް ދައްކުވައިދިން ޕެރޭޑަށް ލިބިގެން ދިޔައެވެ. ނަމަވެސް އެޕެރޭޑަށް ފާޑުކިއި މިހުންވެސް މަދެއް ނޫނެވެ. އެޕެރޭޑްގައި ވަކި ތީމެއް ހިފެހެއްޓިފައި ނުވާއިރު ބައެއް ކެރެކްޓަރ ތަކުގެ ސަބަބުން އައިޓަމްގެ ފުރިހަމަކަން ގެއްލި ހަމައެކަނި ޖޯކަކަށް ވެގެން ގޮސްފައިވާ ކަމަށް މިކްލ ނޫހަށް ކިޔައިދިން މީހަކު ބުންޏެވެ.
ސަގާފީ ކުޅިވަރުތަކާއި މަސައްކަތްތެރިކަން ދައްކާލުމަށް އަތޮޅުތަކުގެ ފެންވަރުގައި ބޭއްވި ފުނަ ހަރަކާތުގެ ޖަޖުން އައިޓަމްތަކަށް މާކްސް ދީފައިވާ ގޮތާއި މެދު ބެލުންތެރިންގެ ވަރަށް ބޮޑު ފާޑު ކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އެގޮތުން އެފަރާތްތަކުން ފާހަގަކުރާ ގޮތުގައި ބައެއް ހިސާބުތަކުން އެއްވަނައަށް ގޮސްފައި ވަނީ ހަމައެކަނީ ބޭރު ބައެއްގެ ރާގެއްގެ ޓްރެކަކަށް ޑާންސް ކޮށްގެނެވެ. އެއައިޓަމް ތަކަކީ ދިވެހި ސަގާފަތާއި މަސައްކަތް ދަށްކުވައިދިނުމުގެ މާބޮޑު ރޯލެއް ކުޅެފައިވާ އައިޓަމްތަކަކަށް ނުވާހިނދު އެއްވަނަ ދޭންވީ ގޮތެއް ނޭނގުނު ކަމަށް އެފަރާތުން ހާމަކުރެއެވެ.
ފުނަ ހަރަކާތުގެ އެންމެ ފަހު ބައި އަތޮޅުތަކުގެ ފައިނަލް ބުރު އަންނަ ޖެނުއަރީ މަހު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިހަރާތުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާގޮތަށް ވަނީ ހަމަޖެހިފައެވެ.
ހޭޒްގެ އައިޓަމް.
ޚިޔާލުތައް