A wide advertisement which will be shown on all devices. (700 x 100)

އެޖެންޑާ 19: ފުވައްމުލައް ސިޓީގެ 3 ދާއިރާގެ ކެންޑިޑޭޓުން ވެސް ފޯމު ހުށަހަޅައިފި

މަޖުލިސް 19 ކެންޑިޑޭންސީ ފޯމު ހުށަހެޅުން

ކުރިޔަށް އޮތް ރައްޔިތުންގެ މަޖުލިހުގެ އެމްޑީޕީން ތަމްސީލުކުރާނެ ފުވައްމުލަކުގެ 3 ދާއިރާގެ ކެންޑިޑޭޓުން ވެސް ފޯމު އިލެކްޝަންސް ކަމިޝަނަށް މިއަދު ހުށަހަޅައިފިއެވެ. އެޖެންޑާ 19 ގެ ނަމުގައި އެމްޑީޕީން ކުރިޔަށް ގެންދާ ހަރަކާތުގެ ތެރެއިން މިއަދު ވަނީ އެޕާޓީގެ ޓިކެޓްގައި މަޖުލީހަށް ކުރިމަތިލާން ޓިކެޓް ދީފައިވާ ހުރިހާ ކެންޑިޑޭޓުންގެ ފޯމް ވެސް ޚާއްސަ ރަސްމިއްޔާތެއްގައި ހުށަހަޅާފައެވެ.

މިއަދު ހެނދުނު އެމްޑީޕީ އޮފީސް ކައިރިން ތަރުތީބުވެގެން ދިޔަ ސަފުތަކުގައި މަޖުލީހުގެ 86 ދާއިރާގެ ކެންޑިޑޭޓުންނާއި އެކެންޑިޑޭޓުންގެ އޭޖެންޓުން އަދި އެ ކެންޑިޑޭޓުންނާއި ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވި ފަރާތްތައް ވެސް އެކުގައި ހިގާފައި ފޯމު ހުށަހަޅަން ދިޔުން ވަނީ ބާއްވާފައެވެ.

މިފަދަ ބޮޑު ސިޔާސި ހިނގާލުމަކާއެކު ފޯމު ހުށަހެޅުމުން ޕާޓީގެ ހައިބަތާއި ކެންޑިޑޭޓުންގެ ބާރުވެރިކަން ދައްކުވައދޭ ކަމަށް އެމްޑީޕީ ސަޕޯޓަރަކު މިކަލް ނޫހަށް ބުންޏެވެ.

މިއަދުގެ ހިނގާލުމުގައި ފުވައްމުލަކު އުތުރު ދާއިރާގެ ކެންޑިޑެޓް މުހަމްނަދު ރަޝީދު (ދޮންބެ) އާއި އެދާއިރާގެ ރައީސް އަދި ސަޕޯޓަރުން ބައިވެރިވިެއެވެ. މިދާއިރާގައި ޕްރައިމަރީ އެއް ބާއްވާފައެއް ނުވެއެވެ.

ފޯމު ހުށަހެޅުމަށް ފުވައްމުލަކު އުތުރު ދާއިރާގެ ކެންޑިޑޭޓް މުހައްމަދު ރަޝީދު (ދޮންބެ) ދިއުން

ފުވައްމުލަކު މެދު ދާއިރާގެ ކެންޑިޑޭޓް ހުސޭން މުޙައްމަދު ދީދީ އާއި އެދާއިރާގެ ޕްރައިމަރީގައި އޭނާއާއި އެންމެ ބޮޑަށް ވާދަކުރި ކެންޑިޑޭޓް އާތިޔާ ނަސީރާއި އެދައިރާގެ ރައީސް އަދި ސަޕޯރޓަރުން ވެސް ފޯމު ހުށަހެޅުމުގެ ހިނގާލުމުގައި ބައިވެރިވެއެވެ.

މެދު ދާއިރާގެ ކެންޑިޑެޓް ހުސޭން މުހައްމަދު ދީދީ ކެންޑިޑޭޓް ފޯމު ހުށަހަޅަން ދިއުން

ފުވައްމުލަކު ދެކުނު ދާއިރާގެ ކެންޑިޑޭޓް މުހައްމަދު މުމްތާޒުއާއި އެދާއިރާގެ ރައީސް އަދި އޭނާގެ ސަޕޯރޓަރުން ވެސް މި ހިނގާލުމުގައި ފޯމު ހުށަހަޅަން އިލެކްޝަންސް ކޮމިޝަންސްއަށް އެކުގައި ދިޔައެވެ.

ދެކުނު ދާއިރާގެ ކެންޑިޑޭޓް މުހައްމަދު މުމްތާޒު ފޯމު ހުށަހަޅަން ސަޕޯރޓަރުންނާއެކު ދިއުން

އެމްޑީޕީގެ މިފަދަ ސިޔާސީ ހަރަކާތުން އެޕާޓީގެ ސަޕޯރޓަރުންނަށް ޚާއްސަ ހިތްހަމަޖެހުމެއް ލިއްބައިދޭކަމަށް ސަޕޯޓަރަކު ބުންނެވެ. އެހެނީ ވާދަވެރި ސިޔާސީ އެހެން ޕާޓީއަކުން މިފަދަ އިން ރާވައިގެން ހަރަކާތްތައް ހިންގާތަން ނުފެންނާތީއެވެ.

އެމްޑީޕީީގެ ސިސާސީ ހަރަކާތަކީ އެޕާޓީގެ ސަޕޯރޓް ބޮޑުވުމުގައި މުހިންމެ ދައުރެއް އަދާ ކުރާ ބައެއްކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !