މަޖުލިސް 19 އިންތިޚާބުގައި މުމްތާޒުގެ ފޯމު ހުށަހެޅުން ސާޕޯރޓަރުންނާއެކު
އެމްޑީޕީއާއެކު އަދާލަތު ޕާޓީން މަސައްކަތް ކުރުމަށް ހުށަހެޅި ފުވައްމުލަކު ދެކުނު ދާއިރާ ދޫކޮށްލެވެން ނެތްކަމަށް އެދާއިރާގެ އެމްޑީޕީ ސަޕޯރޓަރުން ބުނެފިއެވެ. އިއްޔެ ބޭއްވި އެމްޑީޕީ ގައުމީ މަޖުލީހުގެ ނުރަސްމީ ބައްދަލުވުމަށް ފަހު އެޕާޓީގެ ރައީސަށް އޮތީ ފުވައްމުލަކު ދެކުނު ދާއިރާގެ ކެންޑިޑެންސީ ދޫކޮށްލުމާއި މެދު އެދާއިރާގެ އެމްޑީޕީ މެމްބަރުންނާއި އެދާއިރާއަސް އިންތިޚާބުވެފައިވާ ކެނޑިޑޭޓާއި އެކު ވާހަކަ ދައްކައިގެން ގޮތެއް ހޯދުމުގެ ބާރުދީފައެވެ.
އެއާއެކު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރުންގެ ވިސްނުން ހުރި ގޮތް ބެލުމަށް އޮންލައިން ކޮށް ވޯޓަށް ވެސް އަހާފައި ވެއެވެ. އަދި އެދާއިރާގެ ހަރަކާތްތެރި ގިނަބައެއްގެ ވިސްނުން ހުރި ގޮތް ބެލުމުގެ ގޮތުން ވަނީ ތަފާތު މަރުހަލާތަކުގައި ވާހަކަ ދެއްކުން ތަކެއް ބާއްވައި ޚިޔާލު ފާޅުކުރެވިފައި ވެއެވެ.
އޮންލައިން ޕޮލް އަށް ޖަވާބުދިން 1100 އަށް ވުރުގެ ގިނަ މީހުންގެ %73 ތާއިދުކޮށްފައި ވަނީ އެދާއިރާގެ ގޮނޑި ޕްރަމަރީ ކާމިޔާބުކުރި މުހައްމަދު މުމްތާޒު ވާދަކުރާގޮތަށް ކުރިޔަށް ދިއުމަށެވެ.
އޮންލައިން ޕޮލް އިން އެމްޑީޕީ ކެންޑިޑޭޓަކު ނުކުތުމަށް %73 މީހުން ވޯޓްދީފައި ވޭ
ސީދާ ސިދާ ވާހަކަ ނުދެކެވޭ ފަރާތްތަކުން ވަނީ އެފަރާތްތަކުގެ ވިސްނުން އާއްމު ފޯރަމްތަކުގައި އާއި ސޯޝަލް މީޑީއާގައި ހިއްސާ ކޮށްފައެވެ. މިވަހަކަތަކަށް ބަލާއިރު ވެސް އެދާއިރާގެ ގިނަ މީހުން ބޭނުން ވަނީ ޕަރަމަރީ ކާމިޔާބުކުރި ފަރާތާއެކު ކުރިޔަށް ދިއުމަށެވެ.
އެއާއެކު އެދާއިރާގެ އެމްޑިޕީ ކެންޑިޑޭޓަކީ މުހައްމަދު މުމްތާޒު ކަމަށް ނިންމައި މިއަދު ވަނީ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓްގެ ގޮތުގައި އިލެކްޝަންސް ކަމިޝަނަށް ފޯމު ހުށަހަޅައިފައެވެ.
އެމްޑީޕީގެ ވިސްނުން ހުރީ ޕާޓީީއަށް އެންމެ ފައިދާ ހުރި ގޮތަކަށް މަޖުލިސް އިންތިޚާބުގައި ކެންޑިޑޭޓުން ނެރުމަށެވެ. އެކަމުގައި އެންމެ ފަހު ގޮތް ނިންމަނީ އެމްޑީޕީގެ އާއްމު މެންބަރުންނާއި ގައުމީ މަޖުލީހުންނެވެ. ގައުމީ މަޖުލީހުގައި ކޮންމެ އިންތިާޚބީ ދާއިރާއެއް ތަސީލު ކުރާނެ ރައީސަކު ހުރެއެވެ.
އާއްމު މެމްބަރުން ވޯޓުން ގޮތެއް ނިންމުމުން އެއީ ޕާޓީއަށް އެންމެ ފައިދާހުރި ގޮތް ކަމުގައި ބަލައިގަންނަން ޖެހެއެވެ. މަޖުލިސް އިންތިޚާބަށް ފަހު ގޮނޑި މަދުން ލިބުނަސް ޕާޓީގެ ލީޑަރޝިޕާއި މެދު ފާޑުކިޔުމަށް ދެވޭ ފުރުސަތު ކުޑަވެގެން ދާނެއެވެ.
ފުވައްމުލަކު ދެކުނު ދާއިރަގެ އެމްޑީޕީ ކެންޑިޑޭޓް ފޯމު ހުށަހެޅުން
ދެކުނު ދާއިރާގެ އެމްޑިޕީ ކެންޑިޑޭޓަކީ މުމްތާޒުކަން އިތުރަށް މިވަނީ ޔަގީން ވެފައެވެ.