16 ޑިސެމްބަރ 2018 ( އާދީއްތަ )

banner

މަލީހު ކުރީ ނާއިބުރައީސާއި ކުރީގެ ރައީސް އޮފީހުގެ މިނިސްޓަރ އަމީނާއިއެކު. ފޮޓޯ ފޭސްބުކު-މަލީހު

ހަތްދިހަހާސް ވަޒީފާ އުފެދިފައިވާ ކަމަށް ބުނާ ބުނުމަކީ ކަނޑައެޅިގެން ބުހުތާނު ދޮގެއް – މަލީހު

ހަތްދިހަހާސް ވަޒީފާ އުފެދިފައިވާ ކަމަށް ބުނާ ބުނުމަކީ ކަނޑައެޅިގެން ބުހުތާނު ދޮގެއް ކަމަށް ކުރީގެ ޔޫތު މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅު ވެއްޖެއެވެ. މަލީހި މިހެން ވިދާޅުވެފައިވަނީ އިއްޔެ ކުރި ޓްވީޓެއްގައެވެ.

” ހަތްދިހަހާސް ވަޒީފާ އުފައްދައިފިކަމަށް މި ސަރުކާރުން ބުނާ ބުނުމަކީ ކަނޑައެޅިގެން ބުހުތާން ދޮގެއް، ޒުވާނުން އޮޅުވާ ނުލެވޭނެ، ރައްޔިތުންގެ ކިބައިން މާފަށް އެދެންޖެހޭ” މަލީހު ކުރެއްވި ޓްވީޓްގައި ފާހަގަކުރެއްވިއެވެ.

މަލީހު މިނިސްޓަރު ކަމުން ވަކި ކޮށްފައިވަނީ މެއީ 20ވަނަ ދުވަހުއެވެ. އަދި ފަހުން ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ މަލީހު ވަޒީފާއިން ވަކި ކޮށްފައިވަނީ ސަރުކާރުން ތަހްގީގު ކުރަމުންދިޔަ ތަހްގީގަކަށް މާބޮޑަށް ބެހިވަޑައިގަތުމުގެ ސަބަބުން ކަމަށެވެ. މިކަމާއި ގުޅިގެން ތަފްސީލް ރައްޔިތުންނާއި ހިއްސާ ކުރުމަށް މަލީހު އެދިވަޑައިގެންފައިވީ ނަމަވެސް އެކަމުގެ ތަފުސީލެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު