A wide advertisement which will be shown on all devices. (700 x 100)

14 އަހަރުގެ ކުއްޖަކު ޔުނިވަރސިޓީ ހިސާބު ޕްރޮފެސަރަކަށް

އެންމެ ހަނގު ހިސާބު ޕްރޮފެސަރ - 14 އަހަރުގެ މުސްލިމު ކުއްޖެއް

އުމުރުން 14 އަހަރުގެ މުސްލިމް ފިރިހެން ކުއްޖެއް ކަމުގައިވާ ޔާޝާ އެސްލޭ އަށް އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ލެސްޓަރ ގެ ހިސާބު ޕްރޮފެސަރ އެއްގެ މަގާމު އެ ޔުނިވަރސިޓީން ދީފި ކަމަށް ދަ އިސްލާމިކް އިންފޮރމޭޝަން ޑޮޓް ކޮމް އިން ހާމަކުރެއެވެ.

މިީ މިހާތަނަށް ދުނިޔޭގެ އެންމެ ހަނގު، ޕްރޮފެސަރަސް ވެގެން ދާނެކަމަށް އެ ވެބްސައިޓުގައި ވެއެވެ.

ޔުނިވަރސިޓީ އޮފް ލެސްޓަރގެ ޓީމަކުން ފުރަތަމަ އޭނާއާއި ބައްދަލު ކުރީ އުމުރުން 13 އަހަރުގައި، ފާއިތު ވިއަހަރުއެވެ. ހިސާބުގެ އުނދަގޫ ދިގު ސުވާލުތައް ކުޅަދާނަކަމާއެކު އޭނާ ހަދާލާ ފަސޭހަކަން ފެނިފައި އެޓީމަށް އެކުއްޖާގެ ހިސާބު އިލްމުގެ ހުނަރު އާދަޔާ ޚިލާފަށް މޮޅު ކަމަށް ފާހަގަ ކުރެވުނު ކަމަށް ވެއެވެ.

އެހާ ހިސާބުން ޔުނިވަރސިޓީގެ ޓީމުން އޭނާ ދޫކޮށްލާކަށް ބޭނުން ނުވިއެވެ. އެމީހުންނަށް ވެސް ގަބޫލުކުރެވުނީ އެއީ ގުދުރަތީ ގޮތުން ވެސް މި ކިިޔާ “ގިފްޓެޑް” ކުއްޖެއް ކަމަށެވެ.

އާއްމު ގޮތެއްގައި 14 އަހަރުގެ ކުދިން ސްކޫލަށް ދާނީ ހިސާބު ކިޔަވާށެވެ. ނަމަވެސް ޔާޝާ އެސްލޭ ޔުނިވަރސިޓީ އޮފް ލެސްޓަރއަށް ދާނީ އޭނާގެ ކިޔެވުމުގެ އިތުރުން، އޭނާއަށް ވުރެ އެތައް ގުނައެއް ދޮށީ ކުދިންނަށް ހިސާބު ކިޔަވައިދޭށެވެ. ޔާޝާ ޔުނިވަރސިޓީ އޮފް ލެސްޓަރގައި ޑިގްރީ ހާސިލުކުރާނެ ކަމަށް ވެއެވެ.

ޔާޝާ އާދަޔާ ޚިލާފަށް ހިސާބު އިލްމަށް މޮޅުވެފައި ފަރިތަ ކަމުން އޭނާގެ އާއިލާ މީހުން ކިޔަނީ އެއީ އިންސާނީ ކަލްކިއުލޭޓަރެއް ކަމަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !