A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ އާއި ފަރެސް މާތޮޑާއާއި ދެމެދު ލޯނޗު ފެރީގެ ޚިދުމަތް އިފްތިތާޙުކޮށްފި

ނައިބު ރައިސް ފައިސަލް ނަސީމު ފުވައްމުލައް- ފަރެސް މާތޮޑާ ފެރީ ޚިދުމަތް އިފްތިތާޙުކޮށް ދެއްވަނީ

ފުވައްމުލައް ސިޓީ އާއި ގދ. ފަރެސް މަތޮޑާ އާއި ދެމެދު ލޯންޗު ފެރީގެ ޚިދުމަތް ދިނުން މިއަދު އިފުތިތާހުކޮށްފިއެވެ. ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގެ ފެރީގެ ޚިދުމަތް ދެމުން އަންނަ މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފަށާ މިދަތުރުތައް އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން ކުރިޔަށް ގެންދެވޭނެ ކަމަށް އެމްޕީއެލް އިން ހާމަކުރެއެވެ.

ފެރީގެ މި ލިންކް އިފްތިތާޙު ކޮށްްދެއްވީ ފަރެސް މާތޮޑާގައި މިއަދު އެކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ނާއިބު ރައީސް ފައިސަލް ނަސީމެވެ.

ފެރީގެ ޚިދުމަތް އިފްތިތާޙު ކުުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނާއިބު ރައީސް ވިދާޅުވީ މިގުޅުމުގެ ސަބަބުން ސްކޫލް ދަރިވަރުންނާއި، މަސްވެރިންނާއި، ވިޔަފާރިވެރިންނަށް އަދި ފަތުރު ވެރިންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. މީގެ އިތުރުން ގާއިމް މިކުރެވުނު ނެޓްވޯކު މެދުވެރިކޮށް އާއްމު ރައްޔިތުންނަށް ލުއިފަސޭހަ ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމު ވިދާޅުވިއެވެ.

“އަޅުގަނޑު އެދެނީ މިގާއިމު ވެގެންދިޔަ ނެޓްވޯކުގެ ސަބަބުން ރައްޔިތުންނަށް ލުއި ފަސޭހަ ވެގެން ދިއުން.” ނައިބް ރައީސް ފައިސަލް ވިދާޅުވިއެވެ.

މިއަދު، ހުކުރު ދުވަހު ފެރީގެ ޚިދުމަތް އިފްތިތާހު ކުރެވުނުކަމުގައި ވިއަސް، ކުރިޔަށް އޮތް ބުރާސްފަތި ދުވަހުން ފެށިގެން ޚިދުމަތް ދޭނީ ހަފްތާއަކު ދެފަހަރު ކަމަށް މި ރަސްމިއްޔާތުގައި ވާހަކަދެއްކެވި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ހާމަކުރެއްވިއެވެ.

ސީއީއޯ ޝާހިދު ވިދާޅުވީ އެމްޕީއެލްގެ އަމާޒަކީ ވީހާވެސް ކައިރިން ރައްޔިތުންނަށް ޚިދުމަތް ދިނުންކަމަށާއި ޑިމާންޑްތައް އޮތްވަރަކުން ޚިދުމަތް ފުޅާކުރުމަށް ވިސްނަވާ ކަމަށެެވެ.

ފަރެސް މާތޮޑާއަކީ ޒާމާނުއްސުރެ ފުވައްމުަލކާއި ގަތް ގުޅުމެއް އޮންނަ ރަށެކެވެ. ކުރިން ދެރަށެއްގެ ގޮތުގައި އޮތަސް މިހާރު ގުޅުވައި އެއްރަށެއްގެ ގޮތުގައި ބެލެވޭ ފަރެސް މާތޮޑާގެ ގިނަ ދަރިވަރުން ފުވައްމުލަކު ތައުލީމީ މަރުކަޒުން ސެކަންޑަރީ ތައުލިމު ހާސިލުކޮށްފައި ވެއެވެ.  އަދި މިހާރުވެސް ފަރެސް މާތޮޑާގެ އާއިލާތަކުން ފުވައްމުލަކުަގއި އެކި ބޭނުންބޭނުމަށް ދިރިއުޅެމުން އާދެއެވެ.

ފަރެސްމާތޮޑާގެ ރައްޔިތުން ބުނާ ގޮތުގައި އެރަށް ނިސްބަތްވާ ގދ. އަތޮޅު ތިނަދޫއަށް ވުރެ ދަތުރު ފަތުރުކުރުމަށް އެމީހުން ފުވައްމުލައް އިސްކުރެއެވެ. އެއީ އެރަށުން އެމީހުންނަށް ލިބޭ ޚިދުމަތްތަކާއި ގާތް ރަހުމަތްތެރިން ގިނަވުމުންވެ.

ވުމާއެކު މިގާއިމުކުރެވުނު ދަތުރުފަތުރުގެ ރޮނގުން ފުވައްމުލައް ސިޓީގެ މީހުންނަށް ހުވަދޫ ކޮޅަށް ދަތުރުކޮށް ގުޅުން ގާއިމުކުރުމަށް އޮތް ހުރަސްތައް ކުދަވެގެން ދާނެއެވެ. ހަމަ އެގޮތުްނ ފަރެސް މާތޮޑާގެ ގިނަ ބަޔަކަށް ވެސް ފުވައްމުލަކަށް އައިސް ގޮސް ވުމަށް ފަސޭހަވެގެން ދާނެއެވެ. ކުރިން މިދޭތެރޭގައި މުޅިންހެން ވެސް ދަތުރުކޮށް އުޅުނީ މަސްދޯނިތަކުގައި ކަމުން އެދަތުރުތަކަށް ހުސް ކުރެވެނީ މަސްވެރިންގެ ބަންދު ދުވަސް ކަމަށްވާ ހުކުރު ދުވަސް އެކަންޏެވެ.

fލޯންޗު ފެރީގެ މިޚިދުމަތަކީ މިދެރަށުގެ މީހުންގެ ވެސް ވަރަށް ބޮޑު އުއްމިދެކެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !