18 އޯގަސްޓް 2019 ( އާދީއްތަ )

އުރީދޫގެ ބިޒްނަސް ޕާޓްނަރުންނަށް އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ އުރީދޫ

އުރީދޫގެ ބިޒްނަސް ޕާޓްނަރުންގެ ތެރެއިން އެންމެ ވިޔަފާރި ރަނގަޅު އެއް ފަރާތަކަށް ސިތާނާ ސްޓޯރ ހޮވައިފި

އުރީދޫ ބިޒްނަސް ޕާޓްނަރުންގެ ތެރެއިން އެންމެ ވިޔަފާރި ރަނގަޅު ޕާޓްނަރުންގެ ތެރޭގައި ފުވައްމުލަކު ސިތާނާ ސްޓޯރ ހޮވައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހަފްލާއެއްގައި އުރީދޫ ބިޒްނަސް ޕާޓްނަރުންގެ ތެރެއިން ވިޔަފާރީގެ ގޮތުން އެންމެ ބޮޑު ކުރިއެރުމެއް ހޯދި އަށް ޕާޓްނަރުންނަށް ވަނީ އެވޯޑްދީފައެވެ. އެގޮތުން ހިމެނެނީ ފުވައްމުލަކު ސިތާނާ ސްޓޯރ އާއި ލ. ފޮނަދޫ މެއިން ޕޮއިންޓް އާއި ގދ. ތިނަދޫ އީޒީ މޯބައިލްސް އާއި ބ. އޭދަފުށި އެޓޯލް ކިއުޓް އެވެ. މީގެ އިތުރުން ސ. މީދޫ ހަވަރުން އާއި ހދ. ކުޅުދުއްފުށި ގާޑިއާ 1 އެވެ. މީގެ އިތުރުން މާލެ، މެޖިސްޓިކްސް މޯބައިލްސް އަދި ބެލް ސެލް އިން ވަނީ އުރީދޫގެ މިދިޔަ އަހަރުގެ އެންމެ ރަނގަޅު ބިޒްނަސް ޕާޓްނަރ އެވޯޑް ހާސިލްކޮށްފައި ވެއެވެ.

ސިތާނާ ސްޓޯރގެ ފަރާތުން އެވޯޑާއި ހަވާލުވީ އެފިހާރައިގެ ޖެނެރަލް މެނޭޖަރ ހަސަން އަބްދުﷲ އެވެ.


ކިޔުންތެރިންގެ ޚިޔާލު