18 ފެބުރުއަރީ 2019 ( ހޯމަ )

banner

ފުވައްމުލަކު ފުޓްބޯޅަ ކުރިއެރުމަށް ޕްރްޖެކްޓް އޮފިސަރުންނާއި ކޯޗުންނާއިއެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

ފުވައްމުލަކު ސިޓީގެ ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ޕްރޮޖެކްޓްގެ ޑެވެލޮޕްމަންޓް އޮފިސަރުންނާއި ކޯޗުންގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ފުޓްބޯޅަ ކުރިއެރުވުމަށް ފީފާގެ ހިލޭ އެހީގެ ދަށުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އެފްއޭއެމުން އާއި ފުވައްމުލަކު ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްދާ މިޕްރޮޖެކްޓަގައި ފުވައްމުލަކުގެ ސިޓީގެ ފަސް ކޯޗަކާއި ޑިވެލޮޕްމަންޓް އޮފިސަރާއެކު ތިންމަސް ދުވަހުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މިޕްރޮޖެކްޓް މިހާރުވަނީ ދެއަތޮޅެއްގައި ފަށާފައެވެ.

އެފްއޭއެމުން ބުނީ އެއްބަސްވުން ދާއިމީ ކުރާނީ ކުރިއަށް އޮތް ތިން މަހުގެ މަސައްކަތަށް ބެލުމަށްފަހުކަމަށެވެ. ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެފްއޭމްގެ ފަރާތުން ބައިވެރިވީ ޓެކްނިކަލް ޑިރެކްޓަރ އިހުސާން އަބްދުލް ޣަނީ (ސާންތި) އާއި ހެޑް އޮފް ގްރާސްރޫޓް، އަހުމަދު ޝަރީފެވެ.

އެފްއޭމްގެ ޓެކްނިކަލް ޑައިރެކްޓަރ އިހުސާން އަބްދުލް ޣަނީ ބުނީ ފުވައްމުލަކުގައި ގާއިމުކުރާ ޑިވެލޮޕްމަންޓް އޮފީސް މެދުވެރިކޮށް ގްރާސްރޫޓުން ފެށިގެން އިންޓަރ ސްކޫލް ލެވެލްގެ ފުޓްބޯޅައިގެ ތަމްރީންތަކާއި މުބާރާތްތައް ކުރިއަށް ގެންދާނީ ސީޓީ ކައުންސިލާއި ގުޅިގެން ކަމަށާއި މި ޕްރްޖެކްޓް ތެރެއިން ހާސިލުކުރަން ބޭނުންވާ އަނެއްކަމަކީ ފުވައްމުލައް ސިޓީގައި އަންހެން ފުޓްބޯޅަ ތަރައްގީކުރުން ކަމަށެވެ.

ރާއްޖޭގެ އަށް ޒޯނެއްގައި ފުޓްބޯޅައިގެ ޑިވެލޮޕްމަންޓް އޮފީސްތަކެއް ގާއިމުކޮށް ފުޓްބޯޅަ ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ފީފާއިން މި ޕްރްޖެކްޓްގެ ކަންތައް ކުރިއަށްދާގޮތް މޮނިޓާކުރާނެއެވެ.

banner


ކިޔުންތެރިންގެ ޚިޔާލު