22 ނޮވެމްބަރ 2018 ( ބުރާސްފަތި )

banner

ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރައަށް ފުރުސަތު ނުދެމާތޯ؟

ފަހުމީއަށް ބަދަލުދޭން އެންގި މައްސަލަ އިސްތިއުނާފަށް

އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަން މަދަނީ މިންގަނޑަކުން ރައްޔިތުންގެ މަޖުލީހަށް ސާބިތު ވާތީ އިތުބާރު ނެތްކަމުގެ ވޯޓުން، ރައްޔިތުންގެ މަޖުލީހުގެ ރައީސްކަމުން ވަކިކުރި މުހައްމަދު ފަހުމީ ހަސަން އަށް ބަދަލު ދޭން ކުރި ހުކުމް ރަނގަޅު ނޫން ކަމަށް ގަބޫލުކުރެވޭތީ ދައުލަތުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމައި ފިއެވެ.

ފަހުމީ ވަޒީފާއިން ވަކިކުރީ ގާނޫނާއި ޚިލާފަށް ކަމަށް ގަބޫލުކުރެވޭތީީ ބަދަލެއްގެ ގޮތުން 4 ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދަން ފަހުމީ ސިވިލް ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ ފަހުމީއަށް 421،733.33ރ. ދެމަސް ދުވަހުގެ ތެރޭގައި ދައުލަތުން ދޭން ޖެހޭނެ ކަމަށެވެ.

މިމައްސަލާގައި ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މީޑިއާއަށް ވިދާޅުވީ ސިވިލް ކޯޓުގެ ހުކުމުގައި ބައެއް ގާނޫނީ މައްސަލަތަކެއް ހުރި ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ވަނީ ހައި ކޯޓުގައި އިސްތިއުނާފްކުރަން ނިންމާފައި ކަމަށެވެ.

ފަހުމީގެ މައްސަ 2012 ވަނަ އަހަރު ކުރިމަތި ވެގެން އައި އިރު އެއިރުގެ އެޓާނީ ޖެނެރަލް ވިދާޅުވެފައި ވަނީ ފަހުމީއަށް ވަޒީފާއަށް ނިކުމެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ބަންޑާރަ ނާއިބު ވަނީ ފަހުމީ އޮފީހަށް ނުނިކުތުމަށް ސަރުކާރަށް ލަފާވެސް ދެއްވާ ފައެވެ. ނަމަވެސް ފަހުން ސްޕްރީމް ކޯޓުން ނިންމާފައި ވަނީ ފަހުމީ ވަޒީފާއިން ވަކިކުރީ މައްސަލަ އެކަށީގެންވާ ވަރަށް ނުބަލައި ކަމަށާއި އެއީ ގާނޫނާއި ޚިލާފު ނިންމުމެއް ކަމަށެވެ.

ފަހުމީގެ މައްސަލައަކީ، ކުށުގެ ތުހުމަތުގައި ހުށަހެޅި، ކުށުގެ ތުހުމަތުގައި ޙާޒިރުކުރެވި، ކުށަށް އިޢުތިރާފު ވެފައިވާ މައްސަލައެއް ކަމަށާއި އެމައްސަލާގައި ފަހުމީގެ މެންބަރު ކަމުގެ ގޮޑި ގެއްލިއްޖެ ކަމަށް މަޖިލީހުން ނިންމެވި ނިންމެވުން ބާޠިލު ކޮށްފައިވަނީ، ސާބިތުވެފައިވާ ޖިނާއީ ކުށަަށް އަަދަބު ދެއްވުމުގެ މަރްޙަލާ ކަޑައްތު ނުކޮށް ކަމަށާއި، މެންބަރުކަމުގެ ގޮޑި ގެއްލިއްޖެ ކަމަށް މަޖިލީހުން ނިންމެވި ނަމަވެސް އޭގެފަހުން ކަންތައް ހިނގަމުން މިދަނީ، އެއްވެސް ހަމައަކުން އިންޞާފުން ނޫން ކަމަށް އޮންލައިން ކިޔުންތެރިއަކު ޝުޢުރު ފާޅު ކުރިއެވެ. އޭނާ އެއީޝާރާތް ކުރަނީ ސްޕްރީމް ކޯޓުގެ ނިންމުނަށާއި މިހާރުގެ ސަރުކާރުން، ފަހުމީއަށް މެލެޝިއާގެ އެމްބެސެޑަރު ކަން ދިނުމުން ކަމަށް ބެލެވެއެވެ.

ފަހުމީ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރި މައްސަލަ 2012 ވަނަ އަހަރު ވެފައިވަނީ ވަރަށް ހޫނުވި މައްސަލައަކަށެވެ.

banner

ކިޔުންތެރިންގެ ޚިޔާލު