A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު އުތުރު ދާއިރާގެ ޕީޕީއެމް-ޕީއެންސީ ޕްރައިމަރީ ކެންސަލްކުރީ ކީއްވެބާ؟

ޕީއެންސީ އުފެއްދުމަށް ހިސްޓޯ ފޯމު ހަވާލުކުރަނީ - ފޮޓޯ ފައިލް

ޕީޕީއެމް–ޕީއެންސީ އިން އިއްޔެ ފުވައްމުލަކުގެ އުތުރު ދާއިރާގައި ޕްރައިމަރީއެއް ބޭއްވުމަށް އިއުލާން ކުރި ނަމަވެސް ފަހު ވަގުތު އެޕްރައިމަރީ ނުބާވާގޮތަށް އެޕާޓީން ކަނޑައެލީ ކީއްވެގެން ކަމާއި މެދު ގިނަ ބަޔަކު ސުވާލުތަކެއް އުފައްދައެވެ.

ޕްރައިމަރީ ކެންސަލް ކުރީ ގިނަ ކެންޑިޑޭޓުން ޕްރައިމަރީއަށް ތައްޔާރުވެގެން ރަށަށް ގޮސް ތިއްބައި ކަމަށް މައުލޫމާތު ލިބެއެވެ.

ކުއްލި ގޮތަކަށް އެދާއިރާގެ ޕްރައިމަރީ ކެންސަލް ކުރިގޮތަކާއި މެދު ބައެއް ކެންޑިޑޭޓުން ވެސް ތިބީ ވީނުނީއެއް ނޭނެގިފައި ކަމަށް ވެއެވެ.

އެއްބަޔަކު ތުހުމަތު ކުރާ ގޮތުގައި އެދާއިރާއަށް ކުރިމަތިލާން ބޭނުންވާ ޕީޕީއެމްގެ ނުފޫޒު ގަދަ މެމްބަރަކު ބޭނުންވަނީ ޕްރައިމަރީއަކާއި ނުލައި އޭނާއަށް ޕާޓީގެ ޓިކެޓް ދިނުމަށެވެ. އޭނާއަށް ތާއިދުކުރާ މީހަކު ބުނިގޮތުގައި ޕީޕީއެމް-ޕީއެންސީގެ މަޖުލިސް ޓިކެޓް 63 ފަރާތަކަށް ޕްރައިމަރީއަކާއި ނުލައި ކުރިން ދީފައިވާތީ، “އޭނާ” އަށްވެސް ޓިކެޓް ދޭންޖެހނީ ޕްރައމަރީ އަކާއި ނުލައެވެ. އޭނާ ހާ ސީނަިއަރކޮށް ޕީޕީއެމްގައި މަސައްކަތްކުރާ މެންބަރަކު ފުވައްމުލަކު ގައި ނުހުންނާނެކަމަށް އެސަޕޯޓަރު ދައުވާކުރެއެވެ.

ބައެއް މީހުންނާއީ ޕްރައިމަރީގައި ވާދަކޮށް ކެމްޕޭނަށް ރަށަށް އައިސްފައި ވަނިކޮށް ޕްރައިމަރީ ކެންސަލް ކުރުމަށް އެޕާޓީން ވަކި ސަބަބެއް ނުބުނެއެވެ. ބައެއް ކެންޑިޑޭޓުންގެ ސަޕޯރޓަރުން ތުހުމަތު ކުރާ ގޮތުގައި ޕްރައިމަރީ ނުބޭއްވީ “އެ މެންބަރުގެ” ނުފޫޒުންނެވެ.

ޕީޕީއެމް-ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރޭގައި:

ހަމަދު އަބްދުﷲ ހޯދަޑު ވާރުތަ

ހަސަން އަބްދުﷲ ހޯދަޑު ކާމިނީގެ

އިބްރާހިމް ރަޝީދު ހޯދަޑު، ސަނީސައިޑް

ޝަރަފުއްދީން، ދަޑިމަގު، އަނޯނާގެ ހިމެނެއެވެ.

ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ޕްރައިމަރީއަށް ރަށަށް ދިޔަ އެއް ކެންޑިޑޭޓް – ރައްޓޭ

މީގެ އިތުރުން މިޕްރައިމަރީގައި ވާދަކުރާ ކަމަށް ކުރިން އަޑުފެތުރުނު އަނެއް ކެންޑިޑޭޓަކީ ޚާލިދު އަބްދުﷲ، ދަޑިމަގު ރޫސީޔާރުއްގަނޑު އެވެ.

ޕްރައިމަރީ ބާއްވާނެ ކަމަށް އިއުލާން ކޮށްފައި ވަނިކޮށް ހަމަދު އަބްދުﷲ ވަނީ ނަން އަނބުރާ ގެންގޮސް ޕްރައިމަރީގައި ވާދަ ނުކުރުމަށް ނިންމާފައެވެ.

ރަށުތެރޭގެ ޚަބަރުތަކުން އެނގޭ ގޮތުގައި ޕީޕީއެމް-ޕީއެންސީ ޕްރައިމަރީ ފުވައްމުލަކު އުތުރު ދާއިރާގައި ނުބާއްވާ ގޮތަށް އަނެއްކާވެސް ވަނީ ނިންމާފައެވެ. އެ ޓިކެޓް ފަހަރެއްގައި އެހެން މީހަކަށް ނުދީ، އެދާއިރާގެ ގޮނޑިއަށް ޖޭޕީން ކުރިމަތިލާ އަލީ ޝާހުއަށް ޕީޕީއެމް-ޕީއެންސީ އިން ތާއިދުކުރާ ގޮތަށް ވަނީ ނިންމާފައި ކަމަށް ވެސް ބުނެވެއެވެ.

ބައެއް ފާރާތްތަކުން ބުނާ ގޮތުގައި ހަމަދު ވަނީ އަލީ ޝާހުއަށް ތާއިދުކުރުމަށް ނިންމާފައެވެ. އެހެންވެއްޖެނަމަ މިހާރުގެ ސިޓީ ކައުންސިލްގެ އެދާއިރާގެ މެންބަރު ހަމަދު ދެން ފެނިގެންދާނީ އެދާއިރާގެ މިހާރުގެ މަޖުލިސް މެންބަރު އަލީ ޝާހުގެ ކެމްޕޭނުން ކަމަށް ވެސް ކިޔައެވެ. ނަމަވެސް އިއްޔެ ރޭ ހަމަދު ވަނީ އޭނާގެ  އާއިލީ ބޭކަނބަލެއްކަމަށްވާ ޚާދީޖާ އިބްރާހިމް އަމިއްލަ ގޮތުން މަޖުލީސް އިންތިާޚބުގައި އުތުރު ދާއިރާއިން ވާދަކުރާނެ ކަމަށް ބުނާ ފޭސްބުކް ސްޓޭޓަސްއެއް ޝެއަރ ކޮށްފައެވެ.

ނަމަވެސް އެހެން ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެ ދާއިރާގެ ޓިކެޓް ޕްރައިމަރީއަކާއި ނުލައި ޚާލިދު އަބްދުﷲ އަށް ދިނުމަށް ވަނީ ނިންމާފައެވެ. އެހެނީ ޚާލިދު އަކީ ޕީއެންސީ އުފެއްދުމުގެ މަސައްކަތަށް ނެގި އިސް ކޮމެޓީގައި ވެސް ހިމެނޭ ހަމައެކަނި ފުވައްމުލަކު މެންބަރު ކަމަށް ވުމެއެވެ.

ޕީޕީއެމުން މިދާއިރާއަށް ކެންޑިޑޭޓަކުން ނުނެރެފިނަމަ މިދާއިރާއަށް ވާދަކުރާނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރަޝީދު (ދޮންބެ) އާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަދި މިހާރުވެސް މިދާއިރާގެ މަޖުލިސް މެންބަރު އަލީ ޝާހުއެވެ. މީގެ އިތުރުން ޕީޕީއެމްގެ ހަރަކާތްތަކުން އިސްކޮށް ފެންނަ މެޑަމްއާއި ޚާއްސަ ގާތް ގުޅުމެއް އޮންނަ ކަމަށް ބުނެވޭ ހޯދަޑު މާރަނގަ ޚަދީޖާ އިބްރާހިމް ވަނީ އަމިއްލަ ގޮތުން މިދާއިރާގެ މަޖުލިސް އިންތިޚާބުގައި ވާދަކުރާން ނިންމާފައިވާކަން އޭނާގެ ފޭށްބުކު ޕޭޖް މެދުވަރިކޮށް އިއުލާންކޮށްފައެވެ.

ޚަދީޖާ އިބްރާހިމް އަމިއްލަ ގޮތުން ވާދަކުރާ ކަން އިއުލާން

 

 

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !