22 ނޮވެމްބަރ 2018 ( ބުރާސްފަތި )

banner

ސީއެސްސީގެ އިމްތިހާނު މިއަދު މާލޭގައި ކުރިޔަށްދަނީ. ފޮޓޯ ސީއެސްސީ

ސީއެސީގެ ފުރަތަމަ އެންޓްރެންސް އިންމިތާހުނު މިއަދު ޏ.އޭއީސީގައި ބާއްވައިފި

ސިވިލް ސާވިސް ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ފުރަތަމަ އިމްތިހާނު މިއަދު ފުވައްމުލަކާއި އައްޑޫ އަދި މާލޭގައި ބާއްވައިފިއެވެ. ފުވައްމުލަކު ތައުލީމީ މަރުކަޒާއި އައްޑޫ ހައިސްކޫލް އަދި މާލެއިން ކުރިން މަންދު ކޮލެޖުގެ ހޯލުގައި ބޭއްވުނު އިމްތިހާނުގައި ބައިވެރިވެފައި ވަނީ ޖުމްލަ 144 މީހުން ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން ހާމަކުރެއެވެ.

މިއަދު ބޭއްވުނު އިމްތިހާނު ކަރުދާހުގައި ހިމެނޭ ބައިތަކެއްގެ ގޮތުގައި އެކޮމިޝަނުން ހާމަކޮށްފައި ވަނީ ދިވެހި ސިވިލް ސަރވިސްގައި މަސައްކަތް ކުރުމަށް ބޭނުންވާ އާއްމު މައުލޫމާތާއި، މުއާމަލާތް ކުރުމުގެ ހުނަރާއި މުވާސަލާތު ކުރުމުގެ ހުނަރުގެ އިތުރުން އިދާރީ މަސައްކަތްތައް ކުރުމަށް ބޭނުންވާނެ ލިޔުންތެރިކަމުގެ ހުނަރު ކަމަށެވެ.

ސިވިލް ސަރވިސް ސަޕޯޓް ސްޓާފް އިން ފެށިގެން އެގްޒެކެޓިވް ލެވެލްއާއި ދޭތެރޭގެ ކޮންމެ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ހުނަރުތައް ޓެސްޓް ކުރުމަށް ދެވޭ މިޓެސްޓަށް އިލްމީ ދާއިރާގެ ގިނަ ބައްގެ ފާޑުކިޔުން ވަނީ އަމާޒު ވެފައެވެ.

ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނާއި (ޑީޕީއީ) ގުޅިގެން ބާއްވާ ބާއްވާ މިއިމްތިހާނު އަހަރަކު ދެ ފަހަރު ބާއްވާނެ ކަމަށް ޑީޕީއީ އިން ވަނީ ކުރިން ހާމަކޮށްފައެވެ. ނަމަވެސް މިހާރު ސީއެސްސީން ހާމަކުރައްވަނީ މި އިމްއިހާނު ބާއްވާނީ އަހަރަކު އެއް ފަހަރު ކަމަށެވެ. މި އިމްތިހާނުގެ ފީއަކީ 150 ރުފިޔާއެވެ. އިމްތިހާނު މާކްކުރާއްވާ ބޭފުޅުންނަށް ކޮންމެ ޕޭޕަރަކަށް 40ރ. އަދި މޮޑަރޭޓަރަށް 1000ރ. ގެ އިތުރުން ކޮންމެ ޕޭޕަރަކަށް 40ރ. ކަނޑައަޅުވާފައި ވެއެވެ.

ފުރަތަމަ ފަހަރަށް ބޭއްވުނު މިޓެސްޓަށް އެކޮމިޝަނުން އުއްމީދު ކުރިވަރުގެ ތަރުހީބެއް ލިބުނުކަމަކަށް ނުބެލެވެއެވެ. އެހެނީ އެކޮމިޝަނުން ވަނީ މިޓެސްޓް ޕޭޕަރު މާކު ކުރުމަށް 2 ހަފުތާގެ މުއްދަތެއް ކަނޑައަޅާފައެވެ. ނަމަވެސް 144 ޓެސްޓް ޕޭޕަރު މާކު ކުރުމަށް އެއީ ވަރަށް ދިގު މުއްދަތެއްކަމަށް ބެލެވެއެވެ. 

ސީއެސީގެ ރައީސް އަލީ ޝަމީމް މިއަދު މީޑިއާއަށް ވިދާޅުވީ މިއިމްތިހާނަށް އެކަށީގެންވާވަރުގެ ބޮޑު ތަރުހީބު ލިބޭ ނަމަ، ސަރުކާރު ވަޒީފާތަކަށް މި އިމްތިހާނު ހެދުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި ނިންމާނެ ކަމަށެވެ. އަދި އިމްތިހާނުން ރަނގަޅު ނަތީޖާ ލިބޭ ފަރާތްތައް ސަރުކާރު ވަޒީފާތަކަށް ވަނުމަށް އިންޓަވިޔު ކުރާއިރު އެކަމަށް ވަރަށް ބޮޑަށް ބަލާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ނަމަވެސް ސިވިލް ސާވިސް ކަމިޝަނުން ނިންމާފައި ވަނީ މިއިމްތިހާނު ފުރިހަމަ ކުރާ ފަރާތްތަކަށް އެކޮމިޝަނުގެ ވަޒީފާއަށް ވަނުމުގައި އިތުރު ޕޮއިންޓް ދެގޮތަށެވެ. އިންޓަވިއުގައި ބަލާނެކަމަށާއި އިންޓަވިއުއިން އިތުރު ޕޮއިންޓް ދޭގޮތަކަށް ނިންމާފައިވާ ކަން އެގޭކަށްނެތެވެ.

ރާއްޖޭގެ އެންމެ ގިނަ މީހުން ވަޒީފާ އަދާކުރާ ދިވެހި ސިވިލް ސާވިސް އިން އަންނަނީ އެސާވިސްގެ ވަޒީފާއާއި ގުޅޭ ދާއިރާއިން މީހުން ތަމްރީނު ކުރުމަށް ޓްރެއިނިން އިންސްޓިޓިއުޓެއް ވެސް ހިންގަމުންނެވެ.

ގުޅޭ ލިޔުން: ގާބިލުކަމާއި ހުނަރު ޓެސްޓްކުރަން އެންމެ ރަނގަޅީ ޓެސްޓް ޕޭޕަރުން ބާ؟

banner

ކިޔުންތެރިންގެ ޚިޔާލު