A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުގެ އެމްޑީޕީ ކެންޑިޑޭޓުންގެ މާލީ ބަޔާން ހާމަކުރަނީ

އެމްޑީޕީ މަޖުލިސް ކެންޑިޑޭޓުންގެ މާލީ ބަޔާން ހާމަކުރުމަށް ނިންމާއިފި

އަން އޭޕްރީލް 6 ގައި ބާއްވާ ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބުގައި ފުވައްމުލަކުގެ 3 ދާއިރާއިން ވާދަކުރާ އެމްޑީޕީގެ 3 ކެންޑިޑޭޓުންގެ ވެސް މާލީ ބާޔާން ހާމަކުރާ ގޮތަށް ހަމަ ޖެހިއްޖެއެވެ. މިއީ އެޕާޓީގެ ހުރިހާ ކެންޑިޑޭޓުންގެ މާލީބަޔާންތައް ވެސް ހާމަކުރުމުގެ ތެރެއިން ކުރިޔަށް ގެންދާ ކަމަކެވެ.

އެމްޑީޕީން މިކަމަށް ތައްޔާރުކޮށްފައިވާ މާލީ ބަޔާނުގެ ފޯމެޓަކީ ވަރަށް ތަފްސީލު ހިމެނޭ ބަޔާނެއް ކަމަށް އެޕާޓީން މިއަދު ހާމަކުރިއެވެ. ފަސް ޕޭޖުގެ ހިމެނޭ އެބަޔާނުގައި ކެންޑިޑޭޓުންގެ ވިޔަފާރިތަކާއި އެފަރާތްތަކުގެ އާމްދަނީ އާއި މިކަހަލަ ވަރަށް ގިނަ މައުލޫމާތުތަކެއް ހިމެނޭނެ ކަމަށް އެޕާޓީީން މަޖުލިސް އިންތިާޚބުގެ މީޑިއާ އޮފިސަރަކަށް ކަނޑައޅާފައިވާ އަފްޝަން ލަތީފް ވިދާޅުވި އެވެ.

މިކަލް ނޫހަށް އެނގިފައިވާ ގޮތުގައި ފުވައްމުލަކު އުތުރު ދާއިރާއަށް އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓު މުހައްމަދު ރަޝީދު (ދޮންބެ) އަކީ ކޮންސްޓްރަކްޝަން މަސައްކަތާއި، ރިއަލް އެސްޓޭޓް ވިޔަފާރީގެ އިތުރުން ގެސްޓް ހައުސް ވިޔަފާރީގައި އުޅުއްވާ ފަރާތެކެވެ. ވުމާއެކު އޭނާގެ މާލީ ބަޔާން އެހާ ލުއި ވެގެން ދާނެކަމަށް ނުބެލެވެއެވެ.

ފުވައްއްލަކު މެދު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ހުސައިން މުހައްމަދު އަކީ އާދައިގެ ވަޒީފާއެއްގައި އުޅެމުން އައި ފަރާތެކެވެ. ނަމަވެސް އޭނާގެ އާއިލާގެ ފިޔަފާރީގެ ގޮތުގައި އޯޑިޓިން ފާރމެއް ކަމައްވާ “ކްރޯހޯވަތު” ހިންގުމާއި ހޯމް ޔޫޒަބްލް ގުޑްސްގެ އިމްޕޯރޓް ކުރުމުގެ ވިޔަފާރި ފަރާތްތައް ހިމެނެއެވެ. ނަމަވެސް މިިއިން އެއްވެސް ވިޔަފާރިއެއްގައި ހުސެއިން މުހައްމަދުގެ ސީދާ ހިއްސާއެއް ވާކަން ނުވަތަ ނޫންކަން ބުނާކަށް ނޭނެގެއެވެ.

ފުވައްމުލަކު ދެކުނު ދާއިރާއަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރަން ހޮވިފަިއވާ މުހައްމަދު މުމްތާޒު އަކީ ދުންފަތުގެ ބާވަތްތައް އެތެރެކުރުމުގެ ވިޔަފާރީގައި އުޅުއްވާ ފަރާތެކެވެ. އެގޮތުން މިހާރު ފުޅާ ދާއިރާއެއްގައި ދުންފަތުގެ ބާވަތްތައް ސަޕްލައިކުރުމާއި ވިއްކުމުގެ ވިޔަފާރި ކުރެއެވެ. ކުރިން މުމްތާޒުއަކީ ރާއްޖެއަށް ފިޔާ އަލުއި ބިސް އިމްޕޯރޓު ކުރުމުގެ ވިޔަފާރި އަދި އެމްޕްލޮއިމެންޓް އޭޖެންސީގެ ވެސް ކުރިން ހިންގެވި ފަރާތެކެވެ.

ނަމަވެސް މިއިން އެއްވެސް ފަރާތެއްގެ މިލްކިއްޔާތުގައި ހުރީ ކިހާ މުދަލެއްކަމާއި ކިހާ ފައިސާއެއްކަން މީގެ ކުރިން އާއްމުކޮށް ހާމަކުރެވިފައެއް ނެތެވެ.

އެމްޑީޕީން ބުނާ ގޮތުގައި އެޕާޓީގެ ހުރިހާ ކެންޑިޑޭޓުންގެ ވެސް މާލީ ބަޔާން ހާމަކުރަނީ އެކެންޑިޑޭޓުންގެ އިތުބާރު ރައްޔިތުންގެ މެދުގައި ބޮޑުކުރުމަށެވެ. އަދި އެހުރިހާ ބޭފުޅުންގެ މާލީ ބަޔާންތައް އެމްޑީޕީގެ ވެބްސައިޓްގައި ހާމަކުރާނެ ކަމަށެވެ.

މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން އަމިއްލައަށް އިސްނަގައިގެން އެޕާޓީގެ ކެންޑިޑޭޓުންގެ މާލީ ބަޔާން ހާމަކުރަން ނިންމި ފުރަތަމަ ފަހަރެވެ. މަޖުލިސް މެންބަރުންނާއި މެދު ކުރެވޭ ތުހުމަތު ތަކަށް ޖަވާބުދާރީ ކުރުވުމަށް މިއީ އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

އެމްޑީޕީން ބޭނުންވަނީ “މި ކެމްޕެއިންގެ ހުރިހާ ކަމެއް އަދި ކެންޑިޑޭޓުންގެ ހުރިހާ ކަމެއް ވެސް ވީހާވެސް ދެ ފުށް ފެންނަ ސީދާ ގޮތަށް އަޅުގަނޑުމެން އާއްމުކުރަން” ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް، އަދި މަޖުލިސް އިންތިާޚބުގެ މީޑިއާ އޮފިސަރ އަފްޝަން ލަތީފް ވިދާޅުވި އެވެ.

އެމްޑީޕީގެ އާއްމު މެންބަރުން ވެސް އެދެނީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އިސްވަޒީރުން ހާމަކުރެއްވެ މާލީ ބަޔާނަށް ވުރެ އިތުބާރު ހިފޭ އެއަށްވުރެ ފުރިހަމަ މާލީ ބަޔާނެއް އެމްޑީޕީގެ ކެންޑިޑޭޓުްނ ހާމަކުރައްވާނެ ކަމަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • އަވަ

    ރަގަޅު ނިންމުމެއް. އުއްމީދުކުރަން ހޮވޭ މެމްބަރުން ހޮވުމަށްފަހުވެސް ކޮންމެ އަހަރަކު އެއްފަހަރު މާލީ ބަޔާން އާންމު ކުރައްވާނެ ކަމަށް.

  • ރެރެއރ

    އޮޅުވާ ނުލައްވާ މަލީބަޔާން ހުށައޅުވަނީ ހަމައެކަނި ފުވައްމުލަކު މެމްބަރުންނެއް ނޫން