23 މެއި 2019 ( ބުރާސްފަތި )

banner

ފުވައްމުލަކުގެ އުތުރު ސަރަހައްދު

ފުވައްމުލަކަށް ސިޓީގެ ދަރަޖަ ލިބެނީ ބާ؟

މިއަދު ރައީސުލް ޖުމްހޫރިއްޔާ ތަޝްދީގު ކުރެއްވި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު 2010/7 ގެ 6 ވަނަ އިސްލާހާއެކު ފުވައްމުލައް ސިޓީއަކަށް ބަދަލުވުމުގެ ފުރުސަތު ގާނޫނީ ގޮތުން ހުޅުވެގެން ދިޔައީ ބާވައެވެ؟

މިދިޔަ އަހަރުގެ (2014 ގެ) ބޯހިމެނުމުގެ ތަފާސް ހިސާބު ދައްކާ ގޮތުން ފުވައްމުލަކުގައި ދިރިއުޅޭ ދިވެހިންގެ އާބާދީ އަކީ ޖުމްލަ 7,984 އެވެ. އެއީ އަންހެން 4,372 އަދި ފިރިހެން 3,612 މީހުންނެވެ. ފުވައްމުލަކުގެ އާބާދީ އިތުރުވާ ނިސްބަތަކީ، %6 އެވެ. ފުވައްމުލަކުގެ ރަށްވެހިންގެ އަދަދު ލޯކަލް ގަވަރމެނޓް އޮތޯރިޓިން ލަފާކުރަނީ ގާތްގަޑަކަށް 13 ހާސް ވާނެ ކަމަށެވެ. އަދި ފުވައްމުލަކުގެ ރަށްވެހިންގެ އާބާދީ މިއަހަރުގެ އޮކްޓޯބަރު މަހާއި ހަމަޔަށް 12380 އަށް އަރާ ކަމަށްބައެއް ލިޔެކިޔުންތަކުން އެނގެއެވެ.

މިއަދުގެ އިސްލާހާއި އެކު އާބާދީގެ ގޮތުން ސިޓީއަކަށް ވުމަށް ފުވައްމުލަކަށް ކުރިމަތި ވެފައިވާ ހުރަސް ގިރާކުރެވުނީ ކަމުގައި ބެލެވެއެވެ. ދެން ކުރިއަށް އޮތީ ލޯކަލް ގަވަމަންޓް އޮތޯރިޓީއިން ކަނޑައަޅާ، އުފެއްދުންތެރިކަމާއި ލިބެން ހުރި ޚިދުމަތްތަކުގެ ފެންވަރެވެ.

ދިވެހިރއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ސިޓީއަކަށް ބަދަލުވުމަށްއެދި އެލްޖީއަށް ކަމާއިބެހޭ ކައުންސިލް ތަކުންވެސް ހުށަހެޅެއެވެ. ނަމަވެސް، ސިޓީއަކަށް ބަދަލުވެގެން ދާނީ އެ ސަރަހައްދެގައި އެލްޖީއިން ކަނޑައަޅާ އުފެއްދުންތެރިކަމާއި ޚިދުމަތްތައް ލިބޭކަމަށް ރައީސުލް ޖުމްހޫރިއްޔާ ނިންމަވާ އެސަރަހައްދަކީ ސިޓީއެއް ކަމަށް ކަނޑައެޅުމުންނެވެ. 

ފުވައްމުލައް ފިޔަވައި ދެން އެންމެ އަވަހަށް ސިޓީއަކަށް ވުމުގެ ފުރުސަތު އޮތީ އެންމެ ހަލުވި ކަމާއިއެކު އާބާދީ އިތުރު ވަމުން އަންނަ ކުޅުދުއްފުއްޓެވެ. ފުވައްމުލަކަށް ވުރެ މީހުން ދިރިއުޅޭ އބާދީ ބޮޑު ކުޅުދުއްފުށީގައި 8186 މީހުން ދިރިއުޅެއެވެ.

މިއަދު ގެޒެޓް ކުރެވުނު އިސްލާޙުގައި ވާގޮތުން ކުރިޔަށް އޮތް ދައުރުގައި ރަށު ކައުންސިލްތަކުގެ އަދަދު 3 އަދި 5 ށް ދަށް ވެގެން ދެއެވެ. އަދި އަތޮޅު ކައުންސިލްތަކުގެ މެންބަރުންގެ އަދަދު ވެސް މަދުވެގެން ދާނެއެވެ. އަދިކުރިން އޮތް ފުވައްމުލަކުގެ 8 އަވަށަށް ނިސްބަތްވާ 8 ކައުންސިލަށް މެންބަރުން އިންތިޚާބު ކުރަން ޖެހޭ މާއްދާ ވަނީ އުވާލާފައެވެ.

ވުމާއެކު ކުރިޔަށް އޮތް ކައުންސިލްތަކުގެ އިންތިޚާބާއި ހަމަޔަށް ފުވައްމުލަކުގައި ސިޓީ ކައުންސިލެއް ނުއުފެދިއްޖެ ނަމަ، ފުވައމްުލަކުގައި އޮންނާނީ އެއް ރަށު ކައުންސިލާއި އަތޮޅު ކައުންސިލެކެވެ. އަދި އަލުން ފުވައްމުލަކުގައި ރަށު ކައުންސިލެއް ގާއިމުކުރާނަމަ އެކައުންސިލުގައި ތިބޭނީ އިސްލާހުކުރި ގާނޫނުގައި ވާ ގޮތުން 5 ކައުންސިލަރުންނެވެ. އެގޮތުން ފުވައްމުލަކު އަތޮޅު ކައުންސިލްގައި މިހާރު 6 މެންބަރުން ތިއްބަސް ކުރިޔަށް އޮތް ދައުރުގައި އިންތިޚާބު ކުރާނަމަ ކުރެވޭނީ ޖުމްލަ 3 މެންބަރުންނެވެ.

އިސްލާހުކުރެވުނު މާއްދާގައި ވަނީ: ރަށު ކައުންސިލް އެކުލެވިގެން ވާ ގޮތް: 25 ވަނަ މާއްދާ: “ގާނޫނު އަސާސީގައި ވާ އިދާރީ ދާއިރާތަކުގެ ރަށް ރަށުގެ ރަށު ކައުންސިލްތައް އެކުލެވިގެން ވަނީ އެރަށަކުން އިންތިޚާބުކުރެވޭ މެންބަރުންގެ މައްޗަށެވެ. … 3000 (ތިންހާސް) އަށް ވުރެ ބޮޑު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބު ކުރާނީ 5 (ފަހެއް) މެންބަރުންނެވެ.”   

ދެން އަންނަ ދައުރަކުން ފެށިގެން ކައުންސިލްތަކުގެ ހިންގުމުގައި ބައިވެރިވާނީ ހަމައެކަނި ކައުންސިލްގެ ރައީސާއި ނާއިބު ރައީސް ކަމަށް ކުރިން ވަނީ ގާނޫނަށް އިސްލާޙެއް ގެނެސްފައެވެ. އަދި ކައުންސިލްތަކުގެ އިތުރު މެންބަރުން ބައިވެރިވާނީ ހަމައެކަނި ސިޔާސަތުތައް ނިންމާ ބައްދަލުވުންތަކުގައި އެކަންޏެވެ.

އިސްލާހު ކުރެވުނު ގާނޫނުގައި ވަނީ، މާއްދާ 11 ގެ ށ. “އަތޮޅު ކައުންސިލް ތަކަށް މެންބަރުން އިންތިޚާބު ކުރާއިރު، 2 އިން ތިޚާބީ ދާއިރާއަށްވުރެ ގިނައިން ހިމެނޭ އިދާރީ ދާއިރާތަކުން، އެއިދާރީ ދާއިރާގެ އަތޮޅު ކައުންސިލަކަށް އައްޔަން ކުރާނީ، ކޮންމެ އިންތިޚާބީ ދާރީ ދާއިރާއަކުން އެއް މެންބަރެވެ.” 

banner

ކިޔުންތެރިންގެ ޚިޔާލު