18 ފެބުރުއަރީ 2019 ( ހޯމަ )

banner

އިނބްރާހިމް ރަޝީދު (ރައްޓޭ) ޚަދީޖާ އިބުރާހިމް އަދި ހަސަން އަބްދުﷲ: ފުވައްމުލަކު އުތުރު ދާއިރާއިން ޕީޕީއެމް ހަރަކާތތެރިްނގެ ތެރެއިން މިފަހަރުގެ މަޖުލިސް އިންތިޚާބުގައި ވާދަކުރާކަން ހާމަކުރި ބައެއް މީހުން

ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓަކު ފުވައްމުލަކު އުތުރު ދާއިރާއަށް މިފަހަރު ނުނިކުންނާނެ

ކުރިޔަށް އޮތް ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބުގައި ފުވައްމުލަކު އުތުރު ދާއިރާއިން ޕީޕީއެމް-ޕީއެންސީ ގެ ކެންޑިޑޭޓަކު ނުނިކުންނާނެ ކަމަށް، ކުއްލި ގޮތަކަށް ކެންސަލް ކުރި ޕްރަމައީގައި ވާދަކުރި އިބްރާހިމް ރަޝީދު (ރައްޓޭ) ހާމަކޮށްފިއެވެ. ރައްޓޭ އޭނާގެ ފޭސްބުކުގައި މީގެ ކުޑައިރުކޮޅެއް ކުރިން މިކަން ހާމަކޮށް ވަނީ ސްޓޭޓަސް އެއް ޝެއަރކޮށްފައެވެ.

އަދި ރައީސް ޔާމީނުގެ ފަރާތުން ވެސް މިފަހަރު ކެންޑިޑޭޓަކު އެދާއިރާއަށް ނުނިކުންނާނެ ކަމަށް ރައްޓޭ ހާމަކުރިއެވެ.

ކުރީގެ ރައީސް ޔާމީނާއއެކު ރައްޓޭ- ދެ ދޮރުދޭތެރޭ މުޒާހަރާގައި ވަރަށް ހަރަކާތްތެރިކޮށް ރައްޓޭ ބައިވެރިވެފައި ވޭ.

ޕްރައިމަރީ ކެންސަލް ކުރި ނަމަވެސް އޭނާ އަދިވެސް ހުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ފަހަތުގައި ކަމަށެވެ. މިފަހަރުގެ އިންތިާޚބުގައި ވާދަނުކުރެވުނު ކަމުގައި ވިޔަސް ދާއިރާގެ ސަޕޯޓަރުންނާއި ޒުވާނުންނާއި ދެމެދު އޮތް ގާތް ގުޅުން އަބަދުވެސް އޮންނާނެކަމަށް ބުނެފައި ވެއެވެ.

ކެންސަލް ކުރި ޕްރައިމަރީގައި ވާދަކުރި ހަސަން އަބްދުﷲ (ކޭ-ހަސަން)، ނުރުހުންވެ ހުރެ މިކަލް ނޫހާއި ވާހަކަ ދައްކަމުން ބުނެފައި ވަނީ މަޖުލިސް އިންތިޚާބަށް ވާދަކުރާ ޕީޕީއެމް-ޕީީއެންސީ ޓިކެޓް ވަނީ “ވާނުވާ ޖަހައި ގޮޅިއަށް ލާފައި” ކަމަށެވެ.

ޕްރައިމަރީ ކެންސަލް ކުރި ކުރުމަކީ ޕާޓީއަކުން ޖަހާ ސަކަރާތެއް ކަމަށް ކޭ-ހަސަން ބުނެ އެކަމަށް ފާޑުކިޔެވެ. އަދި ޕާޓީން ޓިކެޓު ނުދިނަސް ޕީޕީއެމް ޕީއެންސީގެ މިދާއިރާގެ މީހުން ވަނީ އޭނާ އެގޮނޑިއަށް ނިކުތުމަށް ނިންމާފައި ކަމަށް އޭނާ ބުންޏެވެ. އެދާއިރާގައި ތިބި ޕީޕީއެމް ޕީއެންސީ މީހުން އެމީހުންގެ ވޯޓު ލާނެ މީހަކު މިއިންތިޚާބުގައި ހުންނަން އެދޭކަމަށާއި، އެގޮތުން އޭނާ އަމިއްލަ ގޮތުން ކުރިމަތި ލަނީ އެހެންވެގެން ކަމަށް ބުނެޏެވެ.

އެދާއިރާގެ މެޖޯރިޓީ ވޯޓަކީީ އަބަދުވެސް ޕީޕީއެމް-ޕީއެންސީ އަށް ލިބޭ އެއްޗަކަށް ވާއިރު ޖޭޕީގެ ކެންޑިޑޭޓަކަށް ވޯޓު ދޭން އެމީހުން ބޭނުން ނުވާ ކަމަށެވެ.

ޕްރައިމަރީން ނަން އަނބުރާ ނެގި ހަމަދު ވެސް އިއްޔެ ބުނެފައި ވަނީ އޭނާ ތާއިދު ކުރާނީ ޕީޕީއެމް-ޕީއެންސީން ނުކުންނަ އެޕާޓީެގ މެންބަރަކަށް ކަމަށެވެ.

ހަމަދު ތާއިދު ކުރާނެ ކެންޑިޑޭޓަކު ނުނިކުންނާނެ ކަމަށް ޜާއްޓޭ ހާމަކުރޭ.

އެ ކޯލިޝަނު މެންބަރެއް ކަމަށްވާ ހޯދަޑު މާރަނގަ ޚާދީޖާ އިބުރާހިމް އިންޚާބުގައި އަމއްިލަގޮތުން ވާދަކުރަން ކުރިން ނިންމި ކަމުގައިވިޔަސް މިހާރު ވާދަ ނުކުރާނެ ކަމށް ކޭ-ހަސަން ބުންޏެވެ. ޕްރައިމަރީން ނަން އަނބުރާ ގެންދިޔަ ހަމަދުއާއި ވާދަކުރާނެ ކަމަށް ނަން ފެތުރުނު ޚާލިދުގެ ތާއިދުވެސް އޭނާއަށް ލިބޭނެކަމަށް ކޭ-ހަސަނު ހާމަކުރެއެވެ.

ކުރިން “ހޯދަޑު އަވަށުގެ” ނަމަގައި ކެމްޕޭންތަކުގައި އަޑު ގަދަ ކުރަމުން ދިޔަ ކޭ-ހަސަން ބުނީ “އަވަށެއް ނޯންނާނެ މިއަކު” ކަމަށާއި މިފަހަރު ކުރިމަތި ލާނީ ޕާޓީގެ މީހުންނަށް ވޯޓު ލާނެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ކަމަށެވެ. އެޕްލިކޭ ތައްޔާރު ކުރުމުގެ ހުރިޙާ ކަމެއްވެސް ނިމެމުން ދާކަމަށާއި 80 ވރަކަށް މީހުންގެ ތާއިދު ފޯމާއެކު މަޖުލީހު ގޮނޑިއަށް ވާދަކުރުމަށް ހުށަހަޅާނެ ކަމަށް ބުންޏެވެ.

މިހާރު “އަވަށު ރޫހެއް ނެތް ކަމަށާއި އޮތީ ޕާޓީ ރޫޙު ކަމަށާއި އެކަން ވަނީ އެންމެ ފަހުން ބޭއްވުނު އަންހެނުންގެ ކޮމެޓީގެ ވޯޓުން އޮތީ ހާމަވެފައި” ކަމަށް ކޭ-ހަސަން ހާމަކުރިއެވެ.

މީގެ ކުރިން ބޭއްވުނު ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބުގައި ވެސް އަމިއްލަގޮތުން ވާދަ ކުރަންވެސް ކޭ-ހަސަނު މަސައްކަތް ކުރިއެވެ. ނަމަވެސް އެފަހަރު ވާދަ ނުކުރެވުނީ ރައްޔިތުންގެ މަޖުލީހުގެ އިދާރާއަށް ހުށަހެޅި ލިސްޓުގައި ތާއިދުކުރާ ސައްޙަ މީހުންގެ އަދަދު ހަމަނުވެގެން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

banner


ކިޔުންތެރިންގެ ޚިޔާލު


  1. ޔާގުންޑާ 13 ފެބުރުއަރީ 2019 19:02

    ޙަސަނު އަންހެނުން ނުހޮވުނީމަތަ އަވަށު ރޫހެއް ނޯއްނާނެޔޭ ތިބުނީ.