18 ފެބުރުއަރީ 2019 ( ހޯމަ )

banner

ޚާލިދު އަބްދުﷲ އެކައުންޓަށް 1.1 މިލިއަން ޑޮލަރު ވަން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފުގެ އެކައުންޓުން ފުވައްމުލަކު ނައިސް ޚާލިދު އަބްދުﷲ އަލީގެ އެކައުންޓަށް 1.148 މިލިއަން ޑޮލަރު ވަދެފައިވާ ކަމަށް އެންޓިކަރަޕްޝަން ކޮމިޝަނުން އާންމުކުރި ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން ޝޫ ލޭންޑް އިންޓާނޭޝަނަލްގެ އެކައުންޓަށް 2 ލައްކަ ޑޮލަރުވެސް ވަދެފައިވެއެވެ.

އެސްއޯއެފުގެ ނަމުގައި ބޭންކު އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެމެރިކާ ޑޮލަރު އެކައުންޓުން އެއްމިލިއަނަށްވުރެ މަތިން ފައިސާ ޖަމާކޮށްފައިވާ 15 އަމިއްލަ ފަރާތްތަކުގެ (ކުންފުނި ތަކާއި ފަރުދުން) ތެރޭގައިވެސް ޚާލިދު އަބްދުﷲ އަލީ ހިމެނިވަޑައިގަންނަވައެވެ.

އޭސީސީން ކުރި ތަހުގީގަށް ފަހު އެކުލަވާލި 779 ސޮފްހާގެ ރިޕޯޓުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ 1.3 ބިލިއަން ރުފިޔާ، ދީފައިވާ މީހުންނާއި ކުންފުނިތަކުގެ އެކައުންޓް ހާމަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ވިޔަފާރި ވެރިން ހިމެނެ އެވެ.

banner

ކިޔުންތެރިންގެ ޚިޔާލު


  1. ޣާދިރު 14 ފެބުރުއަރީ 2019 19:02

    ހާލިދު އަކީ ކާކުބާ..ހަބަރަކުންވެސް ނޭގުނު.. ހަބަރު ލިޔާއިރު 5 ކާފު އެގެން ޖެހެނޫންތޯ..

  2. މުލަކު މީހާ 16 ފެބުރުއަރީ 2019 16:02

    ޚަލިދު އަކީ ޔާމީނު އާއި އަދީބުގެ ގާތް ވިޔަފާރި ވެރިއެއް، ޝޫލޭންޑް، ޝޫ ކިންގް…
    ނަމާއި އެޑްރެސް ލިޔުމުގައި އެބައޮތް ދެން ނޭގެންޏާ އަހާ… މިވަރުން އެނގޭނެ ކަމަށް ހީކުރުން