24 މެއި 2019 ( ހުކުރު )

banner

ރޭ ދަންޖެހިގެން މައރުވި މުހައްމަދު ރުޝްދީ (40އ.) ރުއްކޮށީގެ، ދޫނޑީގަމު

ފުވައްމުލައް ސިޓީގައި މީހަކު ދަންޖެހިގެން މަރުވެއްޖެ

ފުވައްމުލައް ސިޓީގައި ޒުވާން ދިވެހި ފިރިހެނަކު ރޭ ދަންޖެހިގެން މަރުވެއްޖެއެވެ. ފުވައްމުލަކު ދޫނޑިގަމު އަވަށުގައި ހުންން ރޯޔަލް ރެސްޓޯރެންޓްގެ ހަޓެއްގެ ތެރޭގައި އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ މިއަދު ހެނދުނު ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުންނަށް ރިޕޯރޓު ކުރުމާއި ގުޅިގެން އެ ރެސްޓޯރެންޓަށް ފުލުހުންގޮސް ވާގަނޑު ކަނޑާލައިގެން އޭނާ ވަނީ ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް މިކަލް ނޫޙާއި ވާހަކަ ދެއްކި ފުވައްމުލަކު މީހަކު ކިޔައިދިނެއެވެ. ފުލުހުން އެތަނަށް ދިޔައިރު ވެސް އޭނާ ހުރީ ދަންމަޅީގައި މަރުވެފައި ކަމަށް ވެއެވެ.

ރޭގައި ދަންޖެހިފައި ވަނީ ފުވައްމުލަކު ދޫނޑިގަމު އަވަށު ރުއްކޮށީގެ މުހައްމަދު ރުޝްދީ (40 އަހަރު) އެވެ. އޭނާއަކީ އެ ރެސްޓޯރެންޓްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަމުން އައި މީހެކެވެ. އޭނާއަކީ ގިނަ ބަޔަކާއި ގުޅޭ މިޒާޖެއްގެ މީހެކެވެ.

އޭނާގެ މައުލޫމާތު އެނގޭ މީހަކު މިކަލް ނޫހަށް ކިޔައިދިން ގޮތުގައި އާއިލީ މައްސަލައެއްގެ އޭނާ އުޅޭތާ ދުވަސްގަނޑެއް ވެއްޖެއެވެ. އޭނާގެ އަންހެނުންނާއި ދެމެދު ގުޅުން ގޯސްވެފައި ވަނީ އެހެން އަންހެންކުއްޖެއްގެ މައްސަލާގައި ކަމަށް ވެއެވެ.

އޭނާ މަރުވިއިިރު އަންބަކާއި ދެ ކުދިން ދުނިޔޭގައި އެބަތިއްބެއެވެ. އެއކުއްޖަކު ވަނީ ސްކޫލް ނިމިފައެވެ. ނަމަވެސް އަނެއް ކުއްޖާއަކީ ސްކޫލަށްދާ އުމުރުގެ ކުޑަކުއްޖެކެވެ.

 

banner


ކިޔުންތެރިންގެ ޚިޔާލު