A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުގެ ދެޓީމާއިއެކު ރެޑްބުލް ވިނިން ފައިވްގެ ނެޝަނަލް ފައިނަލް އަންނަ ހުކުރު ދުވަހު

ރެޑްބުލް ވިނިންގ ފައިވުގެ ނެޝަނަލް ފައިނަލް ބުރަށް ދިޔަ ދެ ޓީމް. ފޮޓޯ: ރެޑްބުލް

ޗެމްޕިއަން ޓީމަށް ބުރެޒިލްގެ ސަންތޯޝްގައި ބޭއްވޭ ދުނިޔޭގެ މުބާރާތުން ޖާގަލިބޭ ގޮތަށް ރެޑްބުލް ވިނިންގ ފައިވުގެ ނެޝަނަލް ފައިނަލް އަންނަ ހުކުރު ދުވަހު އޮންނާނެއެވެ. މިބުރުގައި ވާދަކުރަނީ ފުވައްމުލަކު ދެޓީމަކާއި، އަތޮޅު ތެރެއިން ހޮވުނު އިތުރު  8 ޓީމަކާއި މާލެއިން ހޮވުނު 8 ޓީމާއި އެކު ޖުމްލަ 18 ޓީމެވެ. ނެޝަނަލް ފައިނަލް ބުރަށް ފުވައްމުލަކުން ދަތުރު ކޮށްފައި ވަނީ  އަރާކެޓީފޭބީ ޓީމް އާއި އެފްސީ ޖޯކަރސް އެވެ.

ރާއްޖޭގެ ޗެމްޕިއަން ޓީމަށް ދުނިޔޭގެ މުބާރާތު ގައި ވާދަކުރުމަށް ބްރެޒިލްގެ ސަންޓޯސް އަށް ދިއުމުގެ ފުރުސަތު ދޭނެ އެވެ. ސަންތޯސް އަކީ ބްރެޒިލްގެ މަޝްހޫރު ސަންތޯސް އެފްސީ ނިސްބަތްވާ ކްލަބެވެ. އެއީ ބްރެޒިލްގެ ނޭމާ އާއި ރޮބީނިއޯ އަދި ޕެލޭ ވެސް ވިދާލި ކްލަބެވެ. 

މިއީ ފުޓްސަލް ސްޓައިލުގެ މުބާރާތަކަށް ވިޔަސް އާއްމުކޮށް ކުޅޭ ފުޓްސަލް ނުވަތަ ފައިވް އޮން ފައިވްގެ ގަވާއިދުތަކާ މި މުބާރާތުގެ ގަވާއިދު ތަފާތެވެ. އެގޮތުން އެއްވެސް ޓީމެއްގައި ގޯލްކީޕަރެއް ނުހުންނާނެ އެވެ. އަދި އެއް ޓީމުން ލަނޑެއް ޖަހައިފި ނަމަ އަނެއް ޓީމުގެ ކުޅުންތެރިއަކު ވަގުތުން ފައިބަން ޖެހޭނެ އެވެ. ކޮންމެ މެޗަކަށް 10 މިނިޓު ކަނޑައަޅާފައި އޮތް ނަމަވެސް، ޓީމެއްގެ ކުޅުންތެރިން ހުސްވެއްޖެ ނަމަ އެ ވަގުތު ހަމަވުމުގެ ކުރިން މެޗު ނިމޭނެ އެވެ. ދެ ޓީމު އެއްވަރުވެގެން މެޗު ނިމިއްޖެ ނަމަ، ނަތީޖާ ކަނޑައަޅާނީ ޕެނަލްޓީ ޖަހައިގެންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !