18 އޯގަސްޓް 2019 ( އާދީއްތަ )

ޕީއެންސީގެ ކެންޑިޑޭޓް ހަސަން ޚާލިދު ކެންޑިޑޭޓުގެ ފޯމު ހުށަހަޅަނީ

މެދު ދާއިރާގެ ޕީއެންސީ ކެންޑިޑޭޓް ފޯމު ހުށަހަޅައިފި

ކުރިޔަށް އޮތް ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބުގައި ފުވައްމުލަކު މެދު ދާއިރާއަށް ޕީޕީއެމް-ޕީއެންސީ އިން ވާދަކުރާ ކެންޑިޑޭޓް ހަސަން ޚާލިދު (ސޭންޑޭ) މިއަދު އިލެކްޝަންސް ކަމިޝަނަށް ފޯމު ހުށަހަޅާއިފިއެވެ. ސޭންޑޭގެ ފޯމާއި ހަވާލުވެވަޑައިގަތީ އިލެކްޝަންސް ކަމިޝަނުގެ ރައީސް އަހުމަދު ޝަރީފެއެވެ.

މިއަދު ކުރިޔަށް ގެންދިޔަށް ފޯމު ހުށަހެޅުމުގެ ހަރަކާތުގައިމާލޭގައި ތިބި ސޭންޑޭ ގިނަ ސަޕޯރޓަރުން ބައިވެރިވެފައި ވެއެވެ. އެގޮތުން ކުރިން މެދު ދާއިރާގެ މަޖުލިސް މެންބަރުކަން ކޮށްފައިވާ ޝިފާގު މުފީދު (ހިސްޓޯ) ގެ އިތުރުން ސޭންޑޭގެ އާއިލާގެ ބައެއް މީހުނާއި ގާތް ރައްޓެހިން ބައިވެރިވެފައި ވެއެވެ. ހަސަން ޚާލިދު (ސޭންޑޭ) އަކީ ހިސްޓޯ ޅިޔަނެކެވެ. ޝިފާގު މުފީދުގެ ދައްތަ ޝާމިލާ މުފީދު އަކީ ސޭންޑޭ އަނބި މީހާއެވެ.

ނަމަވެސް މިހަރަކާތުގައި ޕީޕީއެމް-ޕީއެންސީގެ އިސްފަރާތަކުން ބައިވެރިވެފައިވާ ކަން އެނގޭކަށް ނެތެވެ.

މެދު ދާއިރާގެ ސިޔާސީ މަސްރަހާއި މެދު ބަހުސުކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިފަހަރުގެ މަޖުލިސް ގޮނޑި ވަރަށް ވާދަވެރިވެގެން ދާނެއެވެ. އެއީ މި ދާއިރާއަށް ވާދަކުރަނީ ޖުމްލަ ދެ ކެންޑިޑޭޓުންނަށް ވެފައި އެ ދެ ކެންޑިޑޭޓުންނަނކީ ވެސް ތާއިދު ބޮޑު ދެ ކެންޑިޑޭޓުން ކަމަށް ވުމެވެ.

ސޭންޑޭ ނިސްބަތް ވަނީ މިދާއިރާގެ އެންމެ އާބާދީ ބޮޑު އަވަށް ކަމުގައި ވާ މިސްކިތްމަގަށެވެ. ސޭންޑޭގެ އަންހެނުން ނިސްބަތް ވަނީ މިދާއިރާގެ މާދަޑު އަވަށަށެވެ. ސޭންޑޭގެ އެންމެ ބޮޑު ކާމިޔާބީއަކަށް ވާނެކަމަށް ބެލެވެނީ ކުރިން އޭނާ މިސްކިތްމަގު އަވަށުގައި އިޖުތިމާއީ ގޮތުން ހިންގާފައިވާ ހަރަކާތްތަކެވެ. އެގޮތުން މުޅި ރާއްޖެއަށް މަޝްހޫރުވެގެން ދިޔަ ޑަންޑަނާ ބޭންޑާއި މިސްކިތްމަގު ފުޓުބޯޅަ، ވޯލީ ފަދަ ކުޅިވަރުގެ ހަރާކާތްތަކުގައި އިސްރޯލެއް އަދާކުރުން ހިމެނެއެވެ.

ދެން މިދާއިރާއަށް ވާދަކުރަނީ މާލެގަމު އަވަށު ހުނުބޮލި ހުސޭން މުހައްމަދު ދީދީއެވެ. އޭނާ ވަނީ އެމްޑީޕީ ވާދަވެރި ޕްރައިމަރީ ފަސޭހަކަމާއެކު ކާމިޔާބުކޮށް ފައެވެ. އޭނާއަށް ވެސް މިސްކިތްމަގު އަވަށުން ވޯޓުގެ ބައެއް ލިބޭނެކެމަށް ބެލެވެނީ އޭނާގެ އަންހެނުންނަކީ މިސްކިތްމަގު އަވަށަށް ނިސްބަތްވާ މީހަކަށް ވެ އެ އާއިލާގެ ޒުވާނުންނަކީ މިސްކިތްމަގު ހަރަކާތްތަކުގައި ޚާއްސަކޮށް ޒުވާނުންގެ ކަންކަމުގައި އަޑުއުފުލާ ބަޔަކަށް ވާތީއެވެ. އައިލެންޑް ޕޮލިޓިކްސް އަށް ބަލާއިރު އޭނާއަށް މާލެގަމު ވޯޓުލާމީހުންގެ ވަރަށް ބޮޑު އިންސައްތައެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މެދު ދާއިރާގައި ހިމެނޭ 3 އަވަށުގެ ތެރެއިން މާދަޑު އަވަށަކީ ފާއިތުވި ހުރިހާ އިންތިޚާބެއްގައި ވެސް ބޮޑު ތަފާތަކުން އެމްޑީޕީން ކާމިޔާބު ހޯދާ އަވަށެކެވެ. އެދެން އޮތް މިސްކިތްމަގު އަވަށުގައި ވެސް ގިނަފަހަރަށް ކައުންސިލް އިންތިޚާބުތައް ބުރަވަނީ އެމްޑީޕީ ކޮޅަށެވެ. އަދި މާލެގަމު އަވަށުގައި ހަމަހަމަ ގޮތަކަށް ފެނިގެން ދެއެވެ.

މެދުދާއިރާގެ ވޯޓު ލުމުގެ ހައްގު ލިބިގެން ވާ މީހުންގެ އަދަދު

ފާއިތުވި ރައްޔިތުންގެ މަޖުލީހުގެ މިދާއިރާގެ ގޮނޑި ޕީޕިއެމުން ކާމިޔާބު ކުރިިއިރު އެއިގެ ކުރީ މަޖުލިސް ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓެވެ.

މެދު ދާއިރާގައި މިފަހަރު ވޯޓުލުމުގެ ހައްގު ލިބިގެންވާ ތިބީ 2827 މީހުންނެވެ. އެއިގެ ތެރެއިން %90 ވަރުގެ މީހުން މި އިންތިޚާބުގައި ވޯޓު ލާނެކަމަށް ބެލެވެއެވެ. އަދި 1270 ވޯޓ ހޯދައިގެން އިންތިޚާބު ކާމިޔާބު ކުރެވޭނެއެވެ.

ދެފރާތުގެ ސަޕޯޓަރުން ވެސް ބުނަނީ އިންތިޚާބު ކާމިޔާބުވުމުގެ ފުރުސަތު އެމީހުންނަށް ބޮޑުކަމަށެވެ.

ފުވައްމުލަކުގެ ދާއިރާތަކުން ޕީއެންސީން މިފަހަރުގެ އިންތިޚާބުގައި ވާދަކުރާނީ ހަމައެކަނި މެދު ދާއިރާއަށެވެ. އަނެއް ދެ ދާއިރާއިން ޖޭޕީގެ ކެންޑިޑޭޓެއް ހުރެއްޖެ ނަމަ ތާއިދު ކުރާނެ ކަން އެޕާޓީން ވަނީ ހާމަކޮށްފައެވެ.

ދެކުނު ދާއިރާއިން އަދި ޖޭޕީގެ ކެންޑިޑޭޓެއްގެ އަޑެއް ނީވެއެވެ. ނަމަވެސް އުތުރު ދާއިރާއިން މިހާރުގެ ވެސް މެންބަރު އަލީ ޝާހު ނުކުންނާނީ ޖޭޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށް ވެސް ބުނެއެވެ. ނަމަވެސް ބައެއް މީހުން ބުނާ ގޮތުން ޝާހު ނުކުންނާނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައެއެވެ.ކިޔުންތެރިންގެ ޚިޔާލު