A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކާއި ބޮޑެތި ރަށްތަކުގައި ބަހުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދަނީ

ފުވައްމުލަކުގައި ކުރިން ބޭނުންކުރީ ޓާޓާ ކުޑަ ބަސްތަކެކެވެ.

އާބާދީ ބޮޑެތި ރަށްތަކުގެ އާއްމުންނާއި ސްކޫލު ކުދިންނަށް ބަހުގެ ޚިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އިކޮނޮމިކް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްން އެދިފައި ވަނީ މާލީ އަދި ފަންނީ ޤާބިލުކަން ހުރި ފަރާތްތަކުން މާލެ، ހުޅުމާލެ، އައްޑޫ ގެ ގުޅިައިވާ ރަށްތައް ކުޅުދުއްފުށި، ލ.ގަމާއި ގުޅިފައިވާ ރަށްތަކަށް އަދި ފުވައްމުލަކުގައި ބަހުގެ ޚިދުމަތް ދިނުމަށް އެދޭ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރުމަށް އީ.އޯ.އައި ހުށަހެޅުއްވުމަށެވެ. އީއޯއައި ހުށަހެޅުމަށް މިހާރު ކަނޑައަޅުއްވާފައި ވަނީ 28 ޑިސެންބަރު 2015 ވާ ހޯމަ ދުވަހުގެ 14:00 އާ ހިސާބަށެވެ.

އައްޑުއާއި ފުވައްމުލަކުގައި ބަހާއި ފެރީގެ ޚިދުމަތް ދިނުމަށް ވަނީ އެމްޕީއެލް އާއި ހަވާލު ކުރެވިފައެވެ. މިހާރު ފުވައްމުލަކުން އައްޑުއަށް އަދި އައްޑޫއިން ފުވައްމުލަކަށް ދަތުރު ކުރަން ބޭނުންވާ މީހުން ފުރަތަމަ ދާން މިޖެހެނީ މާލެ އެވެ. އަދި މާލެއިން އައްޑުއަށް ނުވަތަ ފުވައްމުލަކަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !