23 މާރިޗު 2019 ( ހޮނިހިރު )

banner

ބޭނުންނުކޮށް ގިނަދުވަސް ވަންދެން ބަދަރުގައި އަޅާފައިވާ އޮޑި ދޯނިފަހަރު ބަދަރުން ނެގުމަށް އިއުލާންކޮށްފި

ބޭނުންނުކޮށް ގިނަ ދުވަސްވަންދެން ބަދަރުގައި އަޅާފައިވާ އުޅަނދުފަހަރު ބަދަރުން ނެގުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ. ފުވައްމުލަކު ސިޓީ ކައުންސިލުން މިދިޔަ ހޮނިހިރު ދުވަހު ނެރުނު އިއުލާންގައި އެދިފައިވަނީ މިމަސް ނިމުމުގެ ކުރިން އެފަދަ އުޅަނދުފަހަރު ފުވައްމުލަކު ބަދަރުން ނެގުމަށެވެ.

ސިޓީ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ ދަތުރުނުކޮށް ގިނަ ޒަމާން ތަކެއް ވެފައިވާ އުޅަނދުފަހަރާއި އަދި މަހަށްނުފުރާ މަސްދޯނި ބޮއްކުރާ ފަދަ އުޅަނދުތައް ބަނދަރުގައި އަޅާފައި ތިބުމުގެ ސަބަބުން ދަތުރުފަތުރު ކުރާ އުޅަނދުފަހަރަށް ބަނދަރު ބޭނުންކުރުމުގައި ދަތިތަކާއި ކުރިމަތިވަމުން ދާތީ ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.

ފުވައްމުލަކު ބަދަރަކީ މީގެ 15 އަހަރު ކުރިން ޑެންމާކުގެ ހޯގާޑު ކުންފުނިން ތަރައްގީކޮށްފައިވާ ބަދަރެކެވެ.

banner


ކިޔުންތެރިންގެ ޚިޔާލު