19 ނޮވެމްބަރ 2018 ( ހޯމަ )

banner

ފުވައްމުލަކުން ގިރަމުންދާ ސަރަހައްދެއް - މިކަމަށް އަވަސް ހައްލަކަށް ފުވައްމުލަކުގެ ރައްޔިތުން ތިބީ އެދިއެދި.

ފުވައްމުލައް ގިރުން ހައްލުކުރުމަށް ފާއިތުވި އަހަރު ޑިސެމްބަރު 11ގައި ސޮއިކުރި 19.5 މިލިއަން ޔޫރޯގެ އެއްބަސްވުމުގެ ޑިޒައިން މަސައްކަތް ނިމިއްޖެބާ؟

ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީގެ ބައެއް ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށް ނެދަލޭންޑްސް ގެ ހިލޭ އެހީގެދަށުން 19.5 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގައި ސޮއިކުރީ ފާއިތުވި 2014 ވަނަ އަހަރު ޑިސެމްބަރު މަހު 11 ވަނަ ދުވަހުއެވެ. އެއެއްބަސްވުމުގެ ދަށުން މިއަހަރު ނިމެންވާ އިރަށް، ގިރާ ސަރަހައްދުތައް ދިރާސާކޮށް ހިމާޔަތަށް ޑިޒައިނެއް ތައްޔާރުކުރަން ޖެހެއެވެ. އަދި އަމަލީ މަސައްކަތް 2016 ވަނަ އަހަރު ފަށަން ވަނީ ނިންމާފައެވެ.

މިމަޝްރޫއުގައި ހިމެނެނީ ފުވައްމުލަކުގެ އިތުރުން އައްޑޫސިޓީގެ މަރަދުއާއި މަރަދޫފޭދުއާއި ފޭދޫއެވެ. މުޅި މަޝްރުޢުގެ ދެބައިކުޅައެއްބައި ހިލޭ އެހީގެ ގޮތުގަިއ ހިމެނޭ އިރު އަނެއްބައި ދިވެހި ސަރުކާރުން ހިމަނާގޮަތަށް ވަނީ އެއްބަސްވެފައެވެ.

ހަމަ އެދުވަހު ޑިސެމްބަރު 11، 2014 ގައި ވަނީ ޕްރޮޖެކްޓްްގެ ކޮންސަލްޓުންގެ ގޮތުގައި ރޯޔަލް ހަސްކޮނިން ޑީއެޗްވީ ކިޔާ ކުންފުންޏަކައެކު ވެސް އެއްވަސްވުމެއް ގާއިމު ކޮށްފައެވެ. ނަމަވެސް މިވީހާތަނަށް މަސައްކަތުގެ އެއްވެސް ކަމެއް ހިގާކަން އާއްމު ރައްޔިތުންނަށް އެގޭކަށް ނެތެވެ.

އެއެއްބަސްވުމުގަިއ ވާގޮތުން އެދުވަހުން ފެށިގެން މަސައްކަތުގެ ތައްޔާރީތައް ފެށޭނެއެވެ. އެގޮތުން ކުރަން ކަނޑައަޅާފައިވާ ކަންތައްތަކަކީ ގިރާ ސަރަހައްދުތައް ސާވޭކޮށް ދިރާސާކުރުމާއި، ގޮޑުދޮށްތައް ހިމާޔަތް ކުރުމަށް އެކަށީގެންވާ ޑިޒައިން މޮޑެލްތަކެއް ތައްޔާރުކުރުމެވެ. އަދި އަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށް ކަނޑައަޅާފައި ވެއެވެ.

ދައުލަތުން ކުރިޔަށް އޮތް 2016 ވަނަ އަހަރުގެ ބަޖެޓުގައި މިހަރުވެސް ކުރިޔަށް ދާ މަސައްކަތެއްގެ ގޮތުގައި މިކަން ހިމަނާފައި ވެއެވެ.

މިއަދާއި ހަމަޔަށް ބާކީ އޮތީ 20 ދުވަސް ކަމަށްވާއިރު، އަމަލީ މަސައްކަތް ފެށުމުގެ ތައްޔާރީގެ ގޮތުން އެއްވެސް ކަމެއް ފުވައްމުލަކުގައި ހިނގާކަން އެގޭކަށް ނެތެވެ. އަދި މިމަސައްކަތަށް ކަނޑައެޅުނު ޑިޒައިނެއް އާއްމު ރައްޔިތުންނާއި ހަމަޔަށް އައިސްފައެއް ނުވެއެވެ. އަދި އެފަދަ ކަމަކަށް އާއްމު ރައްޔިތުންގެ ޚިޔާލު ހޯދިކަން ވެސް އެގޭކަށް ނެތެވެ.

ގިރާ ސަރަހައްދުތައް ހިމާޔަތް ނުކުރެވި ފުވައްމުލަކުގެ ގޮދުދޮށުން ބޮޑު ބައެއް އަންނަނީ ރަށާއި ވަކިވެ ނެތެމުންނެވެ.

ސުވާލަކީ ސާވޭ އާއި ދިރާސާ އަދި ޑިޒައިން މަސައްކަތް ނިމިއްޖެ ބާއެވެ؟ ނުވަތަ އަމަލީ މަސައްކަތް ފެށޭނީ ކޮން އިރަކުން ބާވައެވެ. ފުވައްމުލަކު ރައްޔިތުންގެ ސުވާލަކީ މިއަދާއި ހަމަޔަށް ކުރެވުނީ ކޮން ކަމެއް ބާވައެވެ؟

މިމަޝްރޫއަކީ ވެސް އެތައް އަހަރެއް ވަންދެން ބަޖެޓުގައި ޖެހެމުން ޖެހެމުން އަންނަ އަމަލީ ސިފައެއް ނުފެންނަ މަޝްރޫއަކަށް ވަނީ ބާވައެވެ؟

banner

ކިޔުންތެރިންގެ ޚިޔާލު