22 ނޮވެމްބަރ 2018 ( ބުރާސްފަތި )

banner

މިއަދު އެއްކުރެވުނު ކުނި ގޯނިތަކާއެކު ސާފުކުރުމުގެ ބައެއް ބައިވެރިން. ފޮޓޯ: ރިވެތި ފުވައްމުލައް ޕޭޖް

“ރިވެތި ފުވައްމުލައް” – ސާފުކުރން މިއަދު ވެސް ކުރިޔަށް ގެންދެވުނު

ފުވަމުއްލަކު ޒުވާނުން އިސްނަގައިގެން “ރިވެތި ފުވައްމުލައް” ނަމުގައި ބާއްވަމުން އަންނަ ފުވައްމުލައް ސާފުކުރުމުގެ 2ވަނަ ހަރަކާތް މިއަދު ކުރިޔަށް ގެންގޮސްފިއެވެ.  

އަތިރިމަތި ސާފުކުރުމުގެ މިހަރަކާތް މިއަދު ވެސް ފަށާފައި ވަނީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނާއި ދިމާލުންނެވެ.  ދޮޅު ގަޑިއެއްހާ އިރަށް ކުރިޔަށް ދިޔަ މިއަދުގެ ސާފުކުރުމުގައި 30 ފަރާތަކުން ބައިވެރިވެ 50 އަށް ވުރެ ގިނަ ގޯނީގެ ކުނި އެއްކުރެވުނު ކަމަށް މިހަރަކާތުގައި އިސްކޮށް އުޅުއްވާ ޒުވާނެއް ކަމަށްވާ އުމަރު އަބްދުއްﷲ ހާމަކުރެވެ. 

ސާފުކޮށް ރީތިކޮށް ފުވައްމުލައް ބޭއްވުމުގެ ގޮތުން ކުރިޔަށް ގެންދެވޭ މިހަރަކާތް އޮރެންޖް ކައުންޓީ އަދި ޑި ސިގްނޭޗަރ އިން ވަނީ ސްޕޮންސަރ ކޮށްފައެވެ. 

ފުވައްމުލައް ސާފުކޮށް ބޭއްވުމުގެ މިހަރަކާތަކީ ވޮލަންޓްރީ ހަރަކާތެކެވެ. މިހަރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ އެންމެންނަށް ވެސް ވަނީ ހުޅުވާލެވިފައެވެ. 

ސާފުކުރުމުގެ ކޮންމެ ފަހަރަކު ވެސް އެމްއެންޑީއެފް – ފުވައްމުލަކުން ބައިވެރިވާކަން ފާހަނގަ ވެއެވެ.

ގުޅޭ ލިޔުން: “ރިވެތި ފުވައްމުލައް” އަތިރިމަތި ސާފުކުރުން

banner

ކިޔުންތެރިންގެ ޚިޔާލު